Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

އެޓަލަންޓާ ބަލިކޮށް، ބަޔާން އިން ކުއާޓާ ފައިނަަލްގެ ފުރުސަތު ބޮޑު ކޮށްފި

11 މާރިޗު 2026 | ބުދަ 05:46

އެޓަލަންޓާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ބޮޑު ތަފާތަކުން ބަޔާން މޮޅުވެފައިވާއިރު، ދެ ވަނަ ލެގު އޮތީ ބަޔާންގެ އަމިއްލަ ދަނޑުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މާރިޗު 2026 | ބުދަ 05:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެޓަލަންޓާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި އެވެ.

އެޓަލަންޓާގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ބަޔާން އިން ކާމިޔާބު ކުރީ 6-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ތިން ލަނޑު ޖެހިއިރު، އަނެއް ތިން ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ. އެޓަލަންޓާ އިން އެ ޓީމުގެ ހަމައެކަނި ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 12 ވަނަ މިނެޓުގައި ބަޔާން އަށް ލީޑު ނަގައިދިނީ ޖޮސިޕް ސްޓަނިސިޗް އެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި މައިކަލް އޮލައިސޭ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ތިން މިނެޓު ފަހުން ބަޔާންގެ ތިން ވަނަ ލަނޑު ޖެހީ ސާޖް ގްނަބްރީ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ނިކޮލަސް ޖެކްސަން އެވެ. އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި އޮލައިސޭ ބަޔާންގެ ފަސް ވަނަ ލަނޑު ޖެހިއިރު، ބަޔާންގެ ހަ ވަނަ ލަނޑު ޖެހީ ޖަމާލް މުސިއާލާ އެވެ. މެޗުގައި އެޓަލަންޓާގެ ހަަމައެކަނި ލަނޑު ޖެހީ މާރިއޯ ޕަސަލިޗް އެވެ.

އެޓަލަންޓާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގައި ބޮޑު ތަފާތަކުން ބަޔާން މޮޅުވެފައިވާއިރު، ދެ ވަނަ ލެގު އޮތީ ބަޔާންގެ އަމިއްލަ ދަނޑުގަ އެވެ. އެއާ އެކު ބަޔާން އިން މި ވަނީ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްއެޓަލަންޓާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 މާރިޗު 2026

ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

11 މާރިޗު 2026
ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ
11 މާރިޗު 2026

ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

11 މާރިޗު 2026
ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް
10 މާރިޗު 2026

މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް

10 މާރިޗު 2026
މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް
10 މާރިޗު 2026

ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި

10 މާރިޗު 2026
ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި
28 ފެބުރުއަރީ 2026

ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.

28 ފެބުރުއަރީ 2026
ސިޓީ އާއި ރެއާލް ވާދަކުރަން ޖެހުނުއިރު، ޗެމްޕިއަން ޕީއެސްޖީ އާއި ޗެލްސީގެ ކުރިމަތިލުމެއް.
26 ފެބުރުއަރީ 2026

ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް

26 ފެބުރުއަރީ 2026
ދެ ވަނަ ލެގު އެއްވަރުވެ، އެގްރިގޭޓް އިން ކުރި ހޯދައި ޕީއެސްޖީ ގަދަ 16 އަަށް
26 ފެބުރުއަރީ 2026

ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް

26 ފެބުރުއަރީ 2026
ދެ ވަނަ ލެގުގައި ވެސް ބެންފީކާ ބަލިކޮށް، ރެއާލް ގަދަ 16 އަށް
25 ފެބުރުއަރީ 2026

އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް

25 ފެބުރުއަރީ 2026
އިންޓަރ މިލާން ކަޓުވާލައި، ބޯޑޯ ގްލިމް ގަދަ 16 އަށް
25 ފެބުރުއަރީ 2026

އަމިއްލަ ދަނޑުގައި މޮޅުވެ، އެތުލެޓިކޯ ގަދަ 16 އަށް

25 ފެބުރުއަރީ 2026
އަމިއްލަ ދަނޑުގައި މޮޅުވެ، އެތުލެޓިކޯ ގަދަ 16 އަށް
22 ފެބުރުއަރީ 2026

އުނދަގޫ މޮޅާ އެކު، ބަޔާން އިން އަށް ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި

22 ފެބުރުއަރީ 2026
އުނދަގޫ މޮޅާ އެކު، ބަޔާން އިން އަށް ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް