Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

މޮޅާއެކު ބަޔާން އިން ވަނީ އެގްރިގޭޓް ނަތީޖާ 10-2 އިން ކުއަޓަރ ފައިނަލްގެ ޖާގަ ހޯދާފައި. އަދި ކުއަޓަރ ފައިނަލްގައި ނިކުންނަން ޖެހޭނީ އެންމެ ގިނަ ފަަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލްއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މާރިޗު 2026 | ބުރާސްފަތި 06:47
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކޭން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކޭން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއަޓަރ ފައިނަލްގެ ދެ ވަނަ ލެގުގައި ވެސް އެޓަލަންޓާ ބަލިކޮށް ބަޔާން މިއުނިކް އިން މުބާރާތުގެ ކުއަޓަރ ފައިނަލްގެ ފުރުސަތު ހޯދިއިރު، ކުއަޓަރ ފައިނަލްގައި ރެއާލް މެޑްރިޑްއާ ވާދަ ކުރަން ޖެހިއްޖެ އެވެ.

މިދިޔަ ހަފުތާގައި އެޓަލަންޓާގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ބަޔާން އިން ކާމިޔާބު ކުރީ 6-1 އިންނެވެ. އެހެންވެ ބަޔާން އަށް އޮތީ ކުއާޓާ ފައިނަލްގެ އުންމީދު ބޮޑުވެފަ އެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު ދެ ވަނަ ލެގު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ބަޔާން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ނަގައިދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ. އޭގެ ފަހުން ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ކޭން ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އޭގެ ދެ މިނެޓު ފަހުން ބަޔާންގެ ތިން ވަނަ ލަނޑު ލެނާޓް ކާލް ޖެހިއިރު، އެ ޓީމުގެ ފަހު ލަނޑު ޖެހީ ލުއިސް ޑިއާޒް އެވެ. މެޗުގައި އެޓަލަންޓާގެ ހަމައެކަނި ލަނޑު ޖެހީ ލަޒާ ސަމާޑްޒިކް އެވެ. 

މޮޅާއެކު ބަޔާން އިން ވަނީ އެގްރިގޭޓް ނަތީޖާ 10-2 އިން ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. އަދި ކުއާޓާ ފައިނަލްގައި ނިކުންނަން ޖެހޭނީ އެންމެ ގިނަ ފަަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައިވާ ރެއާލްއާ ދެކޮޅަށެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުބަޔާން މިއުނިކްރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

19 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

19 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ
19 މާރިޗު 2026

ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް

19 މާރިޗު 2026
ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް
18 މާރިޗު 2026

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް
18 މާރިޗު 2026

ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.

18 މާރިޗު 2026
ޗެލްސީގެ ދަނޑުގައި ވެސް ކުރި ހޯދައި، ޗެމްޕިއަން ޕީއެސްޖީ ކުއާޓާ ފައިނަލަށް.
18 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

18 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު