Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ޔޫނިއަން ބާލިން ބަލިކޮށް، ބަޔާން އިން ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި

މޮޅާ އެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 27 މެޗުން 70 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2026 | އާދީއްތަ 03:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބަޔާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޖަރުމަނު ލީގުގައި ޔޫނިއަން ބާލިންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް އިން އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި އެވެ.

ބަޔާންގެ އަމިއްލަ ދަަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ދެ ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ބަޔާން އަށް ލީޑު ނަގައިދިނީ މައިކަލް އޮލައިސޭ އެވެ. އެއީ ލިއޯ ގޮރެޓްޒްކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބަޔާންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ސާޖް ގްނަބްރީ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން ވަނީ ބަޔާންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މިއީ ބަޔާންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކޭން މި ސީޒަންގައި ޖެހި 54 ވަނަ ލަނޑެވެ. މެޗުގެ 67 ވަނަ މިނެޓުގައި ގްނަބްރީ ވަނީ ބަޔާންގެ ހަތަރު ވަނަ ލަނޑު ޖަަހައިފަ އެވެ.

މޮޅާ އެކު ބަޔާން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 27 މެޗުން 70 ޕޮއިންޓާ އެކު އެވެ.

ޖަރުމަން ލީގުބުންޑެސްލީގާބަޔާން މިއުނިކްޔޫނިއަން ބާލިން

އިތުރަށް ކިޔާލަން

19 މާރިޗު 2026

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

19 މާރިޗު 2026
ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް
11 މާރިޗު 2026

އެޓަލަންޓާ ބަލިކޮށް، ބަޔާން އިން ކުއާޓާ ފައިނަަލްގެ ފުރުސަތު ބޮޑު ކޮށްފި

11 މާރިޗު 2026
އެޓަލަންޓާ ބަލިކޮށް، ބަޔާން އިން ކުއާޓާ ފައިނަަލްގެ ފުރުސަތު ބޮޑު ކޮށްފި
22 ފެބުރުއަރީ 2026

އުނދަގޫ މޮޅާ އެކު، ބަޔާން އިން އަށް ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި

22 ފެބުރުއަރީ 2026
އުނދަގޫ މޮޅާ އެކު، ބަޔާން އިން އަށް ޕޮއިންޓަށް ލީޑު ފުޅާ ކޮށްފި
22 ޖެނުއަރީ 2026

ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި

22 ޖެނުއަރީ 2026
ކޭންގެ މޮޅު ކުޅުމާ އެކު މޮޅުވެ، ބަޔާން އިން ދެ ވަނަ އަށް ޖެހިލައިފި
12 ޖެނުއަރީ 2026

އަށް ލަނޑުގެ މޮޅާއެކު، ބަޔާން އިން ލީޑު ފުޅާ ކޮށްފި

12 ޖެނުއަރީ 2026
އަށް ލަނޑުގެ މޮޅާއެކު، ބަޔާން އިން ލީޑު ފުޅާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު