Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ދެ ވަނަ ލެގުން މޮޅުވެ، ފައިނަލަށް ދާން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ކޮމްޕެނީ

ބަޔާން އަށް އޮތީ މޮޅުވުން ކަމަށާއި، އެހެންކަމުން ދެ ވަނަ ލެގު ކާމިޔާބު ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ބަޔާން އިން ކުރާނެ ކަމަށް ކޮމްޕެނީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2026 | ބުދަ 07:13
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ.

ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ. | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުން މޮޅުވެ، މުބާރާތުގެ ފައިނަލް އަށް ދިޔުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް، ޖަރުމަނުގެ ބަޔާން މިއުނިކް އަށް އިރުޝާދު ދެމުން އަންނަ ވިންސެންޓް ކޮމްޕެނީ ބުނެފި އެވެ. 

ކޮމްޕެނީ މިހެން ބުނެފައި ވަނީ، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަޔާން ބަލިވި މެޗަށް ފަހު އެވެ. 

އެ މެޗަށް ފަހު ވާހަކަ ދައްކަމުން ކޮމްޕެނީ ބުނީ، އާންމު ގޮތެއްގައިި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި އިދިކޮޅު ޓީމުން ފަސް ލަނޑު ޖަހައިފި ނަމަ، އެ ޓީމެއް ދެން މުބާރާތުން ބޭރުވީ ކަމަށެވެ. ނަމަވެސް، އެ މެޗުގައި ބަޔާން އިން ހަތަރު ލަނޑު ޖަހާފައިވާ ކަމަށާއި، ފަސް ވަނަ ލަނޑެއް ޖަހާނެ ފުރުސަތު ވެސް ލިބުނު ކަމަށް ކޮމްޕެނީ ބުންޏެވެ. 

އެއާ އެކު ކޮމްޕެނީ ބުނީ ޕީއެސްޖީ މޮޅުވެފައި ވަނީ 5-4 އިން ކަމަށްވާއިރު، ދެ ވަަނަ ލެގަށް ނިކުންނައިރު އެއީ 1-0ގެ ނަތީޖާއެއް ކަމަށެވެ. އޭނާ ބުނީ ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު ވެގެން ދާނީ ތަފާތު މެޗަކަށް ކަމަށެވެ. އެ މެޗަކީ ފޯރި ގަދަ އަދި ވާދަވެރި މެޗަކަށް ވާނެ ކަމަށް ވެސް ކޮމްޕެނީ ބުންޏެވެ. 

ދެ ވަނަ ލެގަށް އިޝާރާތް ކުރަމުން ކޮމްޕެނީ ބުނީ، ބަޔާން އިން ދެ ވަނަ ލެގުގައި ކުރަން ޖެހޭ ކަންކަން އެ ޓީމަށް ސާފުވާ ކަމަށެވެ. ބަޔާން އަށް އޮތީ މޮޅުވުން ކަމަށާއި، އެހެންކަމުން ދެ ވަނަ ލެގު ކާމިޔާބު ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ބަޔާން އިން ކުރާނެ ކަމަށް ކޮމްޕެނީ ބުންޏެވެ. އެކަން ފާހަގަކޮށް ކޮމްޕެނީ ބުނީ، ދަނޑު މަތީގައި "މަރުވާން" ޖެހުނު ކަމަށް ވާ ނަމަ، އެކަން ވެސް ކުރާނެ ކަމަށެވެ. 

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅޭ ސެމީ ފައިނަލްގެ ދެ ވަނަ ލެގަށް ނިކުންނައިރު، ފައިނަލްގެ ފުރުސަތު ބަޔާން އަށް އޮތީ އެ މެޗުގައި ޕީއެސްޖީ ބަލިކޮށްގެންނެވެ.

ބަޔާން މިއުނިކްކޮމްޕެނީ

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި

29 އެޕްރީލު 2026
ވާދަވެރި ކުޅުމަކަށް ފަހު، ފުރަތަމަ ލެގުގައި ޕީއެސްޖީ އިން ބަޔާން ބަލިކޮށްފި
08 އެޕްރީލު 2026

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި
30 މާރިޗު 2026

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

30 މާރިޗު 2026
އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ
22 މާރިޗު 2026

ޔޫނިއަން ބާލިން ބަލިކޮށް، ބަޔާން އިން ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި

22 މާރިޗު 2026
ޔޫނިއަން ބާލިން ބަލިކޮށް، ބަޔާން އިން ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި
19 މާރިޗު 2026

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

19 މާރިޗު 2026
ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު