Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

ޖަރުމަނު ލީގުގައި އެ ޓީމުން އެކަން ސާބިތު ކޮށްދެމުން އަންނައިރު، އެ ޓީމުގެ ކުޅުމުން ވެސް އެކަން ފާހަގަވާން އޮތް ކަމަށް އެމްބާޕޭ ބުނި. ނަމަވެސް، މިވަގުތު ބަޔާން ބަލި ކުރެވޭނެ ޓީމެއް އޮތް ނަމަ، އެ ޓީމަކީ ހަމައެކަނި ރެއާލް ކަމަށް ވެސް އެމްބާޕޭ ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މާރިޗު 2026 | ހޯމަ 05:00
ރެއާލް އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އެމްބާޕޭ

ރެއާލް އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން އެމްބާޕޭ | ރޮއިޓާސް

މިވަގުތު ޔޫރަޕުގައި އެންމެ ފޯމުގައި އޮތް ޓީމަކީ ޖަރުމަނުގެ ބަޔާން މިއުނިކް ކަމަށާއި، ނަމަވެސް ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް މެޑްރިޑް ކަމަށް، ރެއާލް އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ބުނެފި އެވެ.

މިފަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ރެއާލް ވާދަ ކުރަން ޖެހިފައި ވަނީ ބަޔާންއާ އެވެ. މި ދެ ޓީމު ބައްދަލު ކުރާ ފުރަތަމަ ލެގު އޮތީ އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ. އޭގެ ފަހުން ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮތީ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު އެވެ.

އެ މެޗާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެމްބާޕޭ ބުނެފައި ވަނީ، މިވަގުތު ޔޫރަޕުގައި އެންމެ ފޯމުގައި އޮތް ޓީމަކީ ބަޔާން ކަމަށެވެ. ޖަރުމަނު ލީގުގައި އެ ޓީމުން އެކަން ސާބިތު ކޮށްދެމުން އަންނައިރު، އެ ޓީމުގެ ކުޅުމުން ވެސް އެކަން ފާހަގަވާން އޮތް ކަމަށް އެމްބާޕޭ ބުންޏެވެ. ނަމަވެސް، މިވަގުތު ބަޔާން ބަލި ކުރެވޭނެ ޓީމެއް އޮތް ނަމަ، އެ ޓީމަކީ ހަމައެކަނި ރެއާލް ކަމަށް ވެސް އެމްބާޕޭ ބުނެފައިވެ އެވެ.

މީގެ އިތުރުން އެމްބާޕޭ ބުނީ ރެއާލް އާއެކު ކާމިޔާބީ ހޯދަން އޭނާ ބޭނުންވާ ކަމަށެވެ. އޭނާގެ ފޯކަސް އޮތީ ހަމައެކަނި ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ނޫން ކަމަށް ވެސް އެމްބާޕޭ ބުންޏެވެ. އެގޮތުން އޭނާ ބުނީ ރެއާލް އަަށް އަދިވެސް ސްޕެނިޝް ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެމްބާޕޭ ބުނީ ޗެމްޕިއަންސް ލީގުގައި ބަޔާންއާ ދެކޮޅަށް ނިކުންނައިރު، އެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.

މީގެ ކުރިން ވެސް ރެއާލް އާއި ބަޔާން ވަނީ ވާދަކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި މީގެ ކުރިން މި ދެ ޓީމު ބައްދަލު ކުރިއިރު، ކުރި ހޯދީ ރެއާލް އެވެ. ބަޔާން އަމިއްލަ ދަނޑުގައި ކުޅުނު ލެގު އެއްވަރުވީއިރު، ރެއާލްގެ ދަނޑުގައި ކުޅުނު ލެގު އެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުރެއާލް މެޑްރިޑްބަޔާން މިއުނިކްކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

25 މާރިޗު 2026

ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި

25 މާރިޗު 2026
ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި
23 މާރިޗު 2026

އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

23 މާރިޗު 2026
އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
22 މާރިޗު 2026

ޔޫނިއަން ބާލިން ބަލިކޮށް، ބަޔާން އިން ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި

22 މާރިޗު 2026
ޔޫނިއަން ބާލިން ބަލިކޮށް، ބަޔާން އިން ނުވަ ޕޮއިންޓުގެ ލީޑު ހިފަހައްޓައިފި
19 މާރިޗު 2026

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

19 މާރިޗު 2026
ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް
19 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ

19 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް ލިވަޕޫލް ކުއާޓާ ފައިނަލް އަށް، ވާދަ ކުރަން ޖެހެނީ ޕީއެސްޖީއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު