Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

11 މެއި 2026 | ހޯމަ 08:38

ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ރަފީނިއާ އަށް ފާރަލަމުން އަންނަ ކަމަށް ވަނީ ރިޕޯޓު ކޮށްފައި. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރަފީނިއާ ބުނެފައި ވަނީ، އޭނާ އަށް މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 މެއި 2026 | ހޯމަ 08:38
ބާސެލޯނާ އަށް ކުޅެމުން އަންނަ ރަފީނިއާ.

ބާސެލޯނާ އަށް ކުޅެމުން އަންނަ ރަފީނިއާ. | ރޮއިޓާސް

އޭނާ އަށް ފެންނަނީ މުސްތަޤުބަލުގައި ގިނަ ދުވަސް ތަކެއް ވަންދެން ބާސެލޯނާގައި ހުރެވޭ މަންޒަރު ކަމަށް ބުނެ، އެހެން ކުލަބަކަށް ބަދަލުވުމުގެ ޝައުޤުވެރިކަން ނެތް ކަަމަށް ރަފީނިއާ ބުނެފި އެވެ.

ލީޑްސް ޔުނައިޓެޑު ދޫކޮށްލުމަށް ފަހު ރަފީނިއާ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެންމެ ފަހުން، 2025 ވަނަ އަހަރު އޭނާ ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބާސެލޯނާގައި ރަފީނިއާ މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، ބައެއް ކުލަބު ތަކުން އޭނާ ހޯދަން ޝައުޤުވެރިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ރަފީނިއާ އަށް ފާރަލަމުން އަންނަ ކަމަށް ވަނީ ރިޕޯޓު ކޮށްފަ އެވެ. އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރަފީނިއާ ބުނެފައި ވަނީ، އޭނާ އަށް މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި ކަމަށެވެ. އެގޮތުން އެތައް އަހަރެއް ވަންދެން އޭނާ ބާސެލޯނާގައި ހުރެވޭ މަންޒަރު ފެންނަ ކަމަށް ރަފީނިއާ ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ރަފީނިއާ ބުނީ، ބާސެލޯނާ އާއެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމެއް އޮތް ކަމަށާއި، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރު ކަމަށެވެ. އެހެން ނަމަވެސް، ބާސެލޯނާ އިން އެއްބަސްވުން އައު ކުރުމާ ގުޅޭ ގޮތުން އޭނާއާ ވާހަކަ ދައްކަން ބޭނުންވާ ނަމަ، އެކަމަށް ފުރިހަމަ އަށް ތައްޔާރަށް ހުރި ކަމަށް ވެސް ރަފީނިއާ ބުންޏެވެ. ރަފީނިއާ ބުނީ، ބާސެލޯނާ އާއެކު ގިނަ ކާމިޔާބީ ތަކެއް ހޯދުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ރަފީނިއާ އަކީ މިވަގުތު ބާސެލޯނާގައި ތިބި ކުޅުންތެރިންގެ ތެރެއިން، އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަދި ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އިސްކަން ދެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ވެސް ރަފީނިއާ ހިމެނެ އެވެ. ރަފީނިއާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 176 މެޗުގައި 73 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާ އާއެކު އޭނާ ވަނީ މިހާތަނަށް ހަތް ތައްްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާރަފީނިއާ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

11 މެއި 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި
09 މެއި 2026

ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި

09 މެއި 2026
ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި
03 މެއި 2026

އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި

03 މެއި 2026
އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި
02 މެއި 2026

ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް

02 މެއި 2026
ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް
14 އެޕްރީލު 2026

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް
09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
05 އެޕްރީލު 2026

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

05 އެޕްރީލު 2026
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
29 މާރިޗު 2026

އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ

29 މާރިޗު 2026
އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ
25 މާރިޗު 2026

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

25 މާރިޗު 2026
މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
23 މާރިޗު 2026

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި

23 މާރިޗު 2026
ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް