Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި

9 މެއި 2026 | ހޮނިހިރު 05:37

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބާސެލޯނާ އިން ފްލިކް އަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހަށް އެއްބަސްވުން އައު ކުރުމަށް. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަަނަ އަހަރު ކަމަށް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 މެއި 2026 | ހޮނިހިރު 05:37
ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ހަންސީ ފްލިކް.

ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ހަންސީ ފްލިކް. | ރޮއިޓާސް


ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީ ފްލިކް، އެ ކުލަބުގެ އެއްބަސްވުން އައު ކުރާނެކަން ކުލަބަށް އަންގައިފި އެވެ. 

އުމުރުން 61 އަހަރުގެ ފްލިކް، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. ބާސެލޯނާ އާއެކު އޭރު ފްލިކް ސޮއި ކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، 2025 ވަނަ އަހަރު ފްލިކް ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ނަމަވެސް، ބާސެލޯނާ އިން ބޭނުން ވަނީ ފްލިކްގެ އެއްބަސްވުން އައު ކުރުމަށެވެ. އެގޮތުން އޭނާއާ މަަޝްވަރާ ކުރުމަށް ފަހު، ބާސެލޯނާ އިން އައު އެއްބަސްވުމެއް ހުށަހަޅާފައިވާ ކަމަށް މީގެ ކުރިން ވެސް މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ. ސްޕެއިންގެ މީޑިއާ ތަކުގައި މި ފަހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެއްބަސްވުން އައު ކުރާނެކަން ފްލިކް މިހާރު ވަނީ ބާސެލޯނާ އަށް އަންގައިފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ބާސެލޯނާ އިން ފްލިކް އަށް ހުށަހަޅާފައި ވަނީ ދެ އަހަރު ދުވަހަށް އެއްބަސްވުން އައު ކުރުމަށެވެ. އެހެންކަމުން އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަަނަ އަހަރު ކަމަށް ބުނެފައިވެ އެވެ. ހަމަ އެހެންމެ، އައު އެއްބަސްވުމުގެ އެންމެ ފަހުގެ ކަންކަމާ ގުޅޭ ގޮތުން މި ހަފުތާގައި ބާސެލޯނާ އިން ފްލިކްގެ އެޖެންޓާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ. 

ބާސެލޯނާ އިން ފްލިކްގެ އެއްބަސްވުން އައު ކުރުމަށް ބޭނުންވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ މިހާތަނަށް ހަތަރު ތަށްޓެއް ކާމިޔާބު ކޮށްފަ އެވެ. މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ވެސް ބާސެލޯނާ އަށް އެބަ އޮތެވެ. އެގޮތުން އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުން ބަލި ނުވެ ފަރުޖައްސާލައިގެން ބާސެލޯނާ އަށް ލީގު ކާމިޔާބު ކުރެވޭނެ އެވެ.

ބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

03 މެއި 2026

އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި

03 މެއި 2026
އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި
02 މެއި 2026

ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް

02 މެއި 2026
ފޯކަސް އޮތީ މެޗަކަށް ފަހު މެޗަކަށް، ކުޅުމުގެ ފެންވަރު އެއްވަރެއްގައި ހުންނަން ޖެހޭ: ފްލިކް
14 އެޕްރީލު 2026

ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް

14 އެޕްރީލު 2026
ޓީމާ މެދު އިތުބާރު އެބަ އޮތް، ނަތީޖާ އަނބުރާ ލެވޭނެ: ފްލިކް
09 އެޕްރީލު 2026

އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން

09 އެޕްރީލު 2026
އަމިއްލަ ދަނޑުގައި އެތުލެޓިކޯ އަތް ދަށުވެ، ބާސެލޯނާ އަށް ހާސްކަން
05 އެޕްރީލު 2026

ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި

05 އެޕްރީލު 2026
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އިން ލީޑު ފުޅާ ކޮށްފި
29 މާރިޗު 2026

އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ

29 މާރިޗު 2026
އަނިޔާގެ ސަބަބުން ރަފީނިއާ އަށް ގިނަ މެޗު ތަކެއް ގެއްލޭނެ
25 މާރިޗު 2026

މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ

25 މާރިޗު 2026
މުސްތަޤުބަލާ މެދު ވިސްނަން ވަގުތު އެބަ އޮތް: ލެވަންޑޯސްކީ
23 މާރިޗު 2026

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި

23 މާރިޗު 2026
ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި
19 މާރިޗު 2026

ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް

19 މާރިޗު 2026
ނިއުކާސަލް ކޮޅަށް ހަތް ލަނޑު ޖަހައި، ބާސެލޯނާ ކުއާޓާ ފައިނަލް އަށް
17 މާރިޗު 2026

ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި

17 މާރިޗު 2026
ބާސެލޯނާގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ލަޕޯޓާ އިންތިޚާބު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް