Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރުމަށް ފަހު އުފާ ފާޅު ކުރަން ބޭއްވި ޕެރޭޑުގައި ލެވަންޑޯސްކީ ވަނީ ވާހަކަ ދައްކާފައި. ބާސެލޯނާގެ ސަޕޯޓަރުންނަަށް މުޚާތަބުކޮށް ލެވަންޑޯސްކީ ބުނީ، އޭނާގެ މުސްތަޤުބަލުގައި ކަންތައް ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ. އެހެންވެ، ބާސެލޯނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަަމަށް ލެވަންޑޯސްކީ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2026 | އަންގާރަ 06:23
ބާސެލޯނާ އިން ބޭއްވި ޕެރޭޑުގައި ލެވަންޑޯސްކީ.

ބާސެލޯނާ އިން ބޭއްވި ޕެރޭޑުގައި ލެވަންޑޯސްކީ. | ރޮއިޓާސް

މުސްތަޤުބަލުގައި ކަންތައް ވާނެ ގޮތެއް ނޭނގޭ ކަމަށާއި، ބާސެލޯނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބުނެފި އެވެ.

ބަޔާން މިއުނިކް ދޫކޮށްލުމަށް ފަހު، ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ ހަތަރު އަހަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް، ބާސެލޯނާގެ މުސްތަޤުބަލާ މެދު މިހާތަނަށް ލެވަންޑޯސްކީ ވަކި ނިންމުމެއް ނިންމާފައި ނުވެ އެވެ. 

ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރުމަށް ފަހު އުފާ ފާޅު ކުރަން ބޭއްވި ޕެރޭޑުގައި ލެވަންޑޯސްކީ ވަނީ ވާހަކަ ދައްކައިފަ އެވެ. ބާސެލޯނާގެ ސަޕޯޓަރުންނަަށް މުޚާތަބުކޮށް ލެވަންޑޯސްކީ ބުނީ، އޭނާގެ މުސްތަޤުބަލުގައި ކަންތައް ވާނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ. އެހެންވެ، ބާސެލޯނާގެ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރަން ބޭނުންވާ ކަަމަށް ލެވަންޑޯސްކީ ބުންޏެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އިތުރު އެެއް ސީޒަނަށް ލެވަންޑޯސްކީ ބާސެލޯނާގައި މަޑު ކުރުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ އޭނާ ބަހައްޓަން ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބޭނުންވާތީ އެވެ. ނަމަވެސް، އެކަމުގައި ބާސެލޯނާ އާއި ލެވަންޑޯސްކީއާ ދެމެދު މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ ކުރިން ވެސް ލެވަންޑޯސްކީ ބުނެފައި ވަނީ، އޭނާގެ މުސްތަޤުބަލާ މެދު ނިންމާ ނިންމުމެއް ނޭނގޭ ކަމަށެވެ. އޭރު އޭނާ ބުނެފައި ވަނީ، ވަގުތު އެބަ އޮތް ކަމަށާއި، ފޯކަސް އޮތީ ބާސެލޯނާ އާއެކު ކާމިޔާބު ހޯދަން ކަމަށެވެ. އަދި ބާސެލޯނާ އިން އައު އެއްބަސްވުމެއްގެ ވާހަކަ ދައްކައި، މަޝްވަރާ ކުރަން ބޭނުންވާ ނަމަ، އެކަމަށް ތައްޔާރަށް ހުރި ކަމަށް ވެސް ލެވަންޑޯސްކީ ވަނީ ބުނެފަ އެވެ.

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ޔޫރަޕުގެ ބައެއް ކުލަބު ތަކުގެ އިތުރުން، ސައުދީ ޕްރޯ ލީގުގެ ބައެއް ކުލަބު ތަކުން ވެސް އަންނަނީ ލެވަންްޑޯސްކީ އަށް ޝައުޤުވެރިކަން ފާޅު ކުރަމުންނެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ލެވަންޑޯސްކީ އޭނާގެ މުސްތަޤުަބަލާ މެދު ނިންމުމެއް ނިންމާނެ އެވެ.

ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ކުޅެދިން 190 މެޗުގައި 119 ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން ސްޕެނިޝް ލީގު ތިން ފަހަރު، ކޮޕާ ޑެލް ރޭ އެއް ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ވަނީ ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

12 މެއި 2026

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026
ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް
11 މެއި 2026

ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

11 މެއި 2026
ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި
11 މެއި 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި
09 މެއި 2026

ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި

09 މެއި 2026
ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި
03 މެއި 2026

އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި

03 މެއި 2026
އޮސަސޫނާ ބަލިކޮށް، ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ހޯދުމާ ގާތަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު