Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026 | އަންގާރަ 04:14

ފްލިކް ބުނީ ކުޅުންތެރިންނާ އެ ވާހަކަ ހިއްސާ ކުރުމުން، ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު ލޯތްބަކާއި، ކުލުނެއް ކަމަށް. އޭނާ ބުނީ ބާސެލޯނާގެ ކުޅުންތެރިން އޭނާ އަށް އިޙުސާސް ކޮށްދިނީ، އަމިއްލަ ގޭގައި ހުރެވުނު ކަމުގެ އިޙުސާސް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މެއި 2026 | އަންގާރަ 04:14
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް. | ރޮއިޓާސް

އޭނާގެ ބައްޕަ މަރުވި ވާހަކަ ހިއްސާ ކުރުމާ އެކު، ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ އިންތިހާ އަށް ލޯތްބާއި އަޅާލުން ކަމަށާއި، އެކަމުން ކުރެވުނީ ތަފާތު އިޙުސާސެއް ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ސްޕެނިޝް ލީގުގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ނިކުތް މެޗުގެ ކުރިން، ފްލިކްގެ ބައްޕަ ވަނީ މަރުވެފަ އެވެ. ފްލިކް ބުނީ، މެޗުގެ ކުރިން އެ ޚަބަރު ލިބުމާ އެކު، އޭނާ އަށް ހަދާނެ ގޮތެއް ނޭނގުނު ކަމަށެވެ. އެގޮތުން ޓީމުގެ ކުޅުންތެރިންނާ އެ ވާހަކަ ހިއްސާ ކުރާނީތޯ، ނުވަތަ ނޫންތޯ ނިންމަން އުނދަގޫވި ކަމަށް ފްލިކް ބުންޏެވެ. 

ނަމަވެސް އެންމެ ފަހުން ނިންމީ ބާސެލޯނާގެ ކުޅުންތެރިންނާ އެ ވާހަކަ ހިއްސާ ކުރަން ކަމަށް ފްލިކް ބުންޏެވެ. ފްލިކް ބުނީ ކުޅުންތެރިންނާ އެ ވާހަކަ ހިއްސާ ކުރުމުން، ކުޅުންތެރިންގެ ފަރާތުން ފެނުނީ އާދަޔާ ޚިލާފު ލޯތްބަކާއި، ކުލުނެއް ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގެ ކުޅުންތެރިން އޭނާ އަށް އިޙުސާސް ކޮށްދިނީ، އަމިއްލަ ގޭގައި ހުރެވުނު ކަމުގެ އިޙުސާސް ކަމަށެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ، އެއީ ދުވަހަކު ވެސް އޭނާ ހަނދާން ނެތޭނެ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ފްލިކް ބުނީ، ބާސެލޯނާ އަށް ޖެހި ޖެހިގެން ދެ ވަނަ ސީޒަންގައި ސްޕެނިޝް ލީގު ކާމިޔާބު ކުރެވިފައިވާ ކަމަށާއި، އެއީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަނީ ވަރަށް ގަޔާވެގެން ކަމަށާއި، ބާސެލޯނާގައި ގިނަ ކާމިޔާބީ ތަކެއް ހޯދަން ބޭނުންވާ ކަމަށެވެ. ބާސެލޯނާާ އާއި، އެކުލަބުގެ ބެޖަށްޓަކައި ބާސެލޯނާ އިން ކޮންމެ މެޗެއްގެ 90 މިނެޓުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ފްލިކް ބުންޏެވެ.

ފްލިކް ބުނީ ބާސެލޯނާގައި އަދި ވެސް ގިނަ މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށާއި، ބާސެލޯނާ މިހާރު ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި ކަަމަށެވެ. އެގޮތުން ބާސެލޯނާ އިން އަދި ވެސް މަސައްކަތް ކުރާނީ އިތުރު ކާާމިޔާބުތައް ހޯދުމަށް ކަމަށާއި، ބާސެލޯނާގައި މިހާރު އޮތް ޓީމަކީ އެ ފެންވަރުގެ ޓީމެއް ކަަމަށް ފްލިކް ބުންޏެވެ. 

ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ މިހާތަނަށް ފަސް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭނާގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ރަނގަޅު ނަތީޖާ ތަކެއް ނެރެމުން އަންނައިރު، ބާސެލޯނާ އިން އޮތީ ފްލިކްގެ އެއްބަސްވުން އައު ކުރަން ވެސް ބޭނުންވެފަ އެވެ. އަދި ފްލިކް ހުރީ ބާސެލޯނާގެ އެއްބަސްވުން އައު ކުރަން ޤަބޫލު ވެގެން ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފަ އެެވެ.

ބާސެލޯނާހަންސީ ފްލިކް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 އޯގަސްޓު 2026

ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ

19 އޯގަސްޓު 2026
ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ރޮޑްރީ ބާސެލޯނާ އަށް ބަދަލުވެއްޖެ
18 އޯގަސްޓު 2026

ރޮޑްރީ ހުރީ ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގު ހިމެނޭހެން ހުރިހާ ތައްޓެއް ކާމިޔާބު ކުރުމުގެ އުންމީދުގައި

18 އޯގަސްޓު 2026
ރޮޑްރީ ހުރީ ބާސެލޯނާ އާއެކު ޗެމްޕިއަންސް ލީގު ހިމެނޭހެން ހުރިހާ ތައްޓެއް ކާމިޔާބު ކުރުމުގެ އުންމީދުގައި
17 އޯގަސްޓު 2026

އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި

17 އޯގަސްޓު 2026
އެންމެ ފަހުން ރޮޑްރީ ހޯދުމުގެ ޑީލް ބާސެލޯނާ އިން ކާމިޔާބުކޮށްފި
16 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވެއްޖެ
14 އޯގަސްޓު 2026

ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް

14 އޯގަސްޓު 2026
ލަލީގާ: ބާސެލޯނާ ތިންވަނަ ތަށި ހޯދުމަށް ދެކޭ ހުވަފެން ހަގީގަތަކަށް ވުމަށް ކުރެވޭ މުހިންމު ސުވާލުތައް
09 އޯގަސްޓު 2026

ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ

09 އޯގަސްޓު 2026
ބާސެލޯނާ ދޫކޮށް، ފެރާން ޓޮރޭސް ޕީއެސްޖީ އަށް ބަދަލުވަނީ
08 އޯގަސްޓު 2026

ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި

08 އޯގަސްޓު 2026
ރޮޑްރީ ހޯދުމަށް ބާސެލޯނާ އިން ހުށަހެޅި 38.5 މިލިއަން ޕައުންޑުގެ ބިޑު ސިޓީ އިން ރިޖެކްޓުކޮށްފި
26 ޖުލައި 2026

ބާސެލޯނާގެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކު މަރުވެއްޖެ

26 ޖުލައި 2026
ބާސެލޯނާގެ ދަނޑު މަރާމާތުކުރުމުގެ މަސައްކަތުގައި އުޅުނު މުވައްޒަފަކު މަރުވެއްޖެ
20 ޖުލައި 2026

ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ

20 ޖުލައި 2026
ފީފާ ވޯލްޑް ކަޕް 2026 - ސްޕެއިންގެ ކުބާސީ އަށް ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ލިބިއްޖެ
22 ޖޫން 2026

ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި

22 ޖޫން 2026
ހުޝިޔާރު، ބިރުކުޑަ އަދި އިތުބާރުން ފުރިގެންވާ ލަމީން ޔަމާލް އެތައް ރެކޯޑެއް މުގުރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް