Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

މިހުރީ އުފަލުން، އެއްބަސްވުން އައު ކުރާނަން: ފްލިކް

ބާސެލޯނާާ އިން ފްލިކްގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، ފްލިކް ވަނީ އެކަން ޔަޤީން ކޮށްދީފައި. ފްލިކް ބުނީ އޭނާ ބާސެލޯނާގައި ހުރީ ވަރަށް އުފަލުން ކަމަށާއި، ބާސެލޯނާ އާއެކު އޭނާ އައު އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2026 | ބުދަ 05:28
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް.

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް. | ރޮއިޓާސް

ބާސެލޯނާގައި އޭނާ މަސައްކަތް ކުރަނީ ވަރަށް އުފަލުން ކަމަށާއި، އެ ކުލަބުގެ އެއްބަސްވުން އައު ކުރަން ތައްޔާރު ކަމަށް ހަންސީ ފްލިކް ބުނެފި އެވެ. 

އުމުރުން 61 އަހަރުގެ ފްލިކް، ބާސެލޯނާގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. ބާސެލޯނާ އާއެކު އޭރު ފްލިކް ސޮއި ކުރީ ދެ އަހަރުގެ އެއްބަސްވުމެއްގަ އެވެ. ނަމަވެސް، 2025 ވަނަ އަހަރު ފްލިކް ވަނީ ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބާސެލޯނާާ އިން ފްލިކްގެ އެއްބަސްވުން އައު ކުރަން ބޭނުންވާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، ފްލިކް ވަނީ އެކަން ޔަޤީން ކޮށްދީފަ އެވެ. ފްލިކް ބުނީ އޭނާ ބާސެލޯނާގައި ހުރީ ވަރަށް އުފަލުން ކަމަށާއި، ބާސެލޯނާ އާއެކު އޭނާ އައު އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށެވެ. 

އައު އެއްބަސްވުމުގެ ތަފްސީލުތައް ހިއްސާ ކުރަމުން ފްލިކް ބުނީ، 2028 ވަނަ އަހަރާ ހަމައަށް ބާސެލޯނާގައި އޭނާ ދެމި ހުންނާނެ ކަމަށެެވެ. އެހެންކަމުން ބާސެލޯނާގެ އެއްބަސްވުން ފްލިކް އައު ކުރާނީ އިތުރު އެއް ސީޒަންގެ ނިޔަލަށެވެ. އެކަން ފާހަގަކޮށް ފްލިކް ބުނީ ކަންކަން ރަނގަޅަށް ގޮސްފި ނަމަ، އިތުރު އެއް އަަހަރަށް އަދިވެސް މަޑު ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. 

ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ މިހާތަނަށް 114 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 87 މެޗުން މޮޅުވެފަ އެވެ. 10 މެޗު އެއްވަރުވެފައިވާއިރު، 17 މެޗަކުން ވަނީ ބަލިވެފަ އެވެ. ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ވަނީ ފަސް ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގާއި، ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ކޮޕާ ޑެލް ރޭ ކާމިޔާބު ކުރުން ހިމެނެ އެވެ.

ބާސެލޯނާހަންސީ ފްލިކް

ކޮމެންޓް

އިތުރަށް ކިޔާލަން

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

މުސްތަޤުބަލަށް ވާނެ ގޮތެއް ނޭނގޭ، ލެވަންޑޯސްކީގެ ޝުކުރު ބާސެލޯނާގެ ސަޕޯޓަރުންނަށް

12 މެއި 2026
ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

ބާސެލޯނާގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އޯގާތެރިކަމުން ފްލިކް އަށް ކުރެވުނީ ތަފާތު އިޙުސާސެއް

12 މެއި 2026
ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

ރަފީނިއާ އަށް އޭނާގެ މުސްތަޤުބަލު ފެންނަނީ ބާސެލޯނާގައި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި

ބާސެލޯނާގެ އެއްބަސްވުން އައު ކުރާނެ ކަމަށް ފްލިކް އަންގައިފި

09 މެއި 2026

އަހަރުތަކުން މިއަދު

12 މެއި
ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު
20251 އަހަރު ކުރިން
ރާއްޖެ

ބިދޭސީއެއްގެ އަތުން ފައިސާ ހޯދިގޮތް ފުލުހުން ކިޔައިދީފި، ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔައީ ލައްސާނު އާއި އިބްރާހިމް އަހުމަދު

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި ތުރުކީގެ އަސްކަރީ ސިފައިން ބައިތިއްބަން ޖެހޭކަމަށް އެ ޤައުމުގެ އަސްކަރީ ތަޖުރިބާކާރަކު ވިދާޅުވެއްޖެ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި
20233 އަހަރު ކުރިން
ކުޅިވަރު

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި
20224 އަހަރު ކުރިން
ރާއްޖެ

ޗެއަރޕާސަން ބަހުސަށްފަހު ރާއްޖެޓީވީން ހުޅުވާލި ޕޯލް ފައްޔާޒު ކާމިޔާބު ކުރައްވައިފި

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތުއްތު ދަރިފުޅުގެ މަތީތަލިން ކުއްލިއަކަށް ފެނުނީ ބޮޑު ބާގަނޑެއް

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!
20197 އަހަރު ކުރިން
ދުނިޔެ

އަންހެނުން މަރުވި މައްސަލާގައި ފިރިހެން މީހާ ލަންކާ އިން ފުރުން މަނާ!

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!
20188 އަހަރު ކުރިން
ރިޕޯޓު

ފަރެސްމާތޮޑާގައި އޮށެއް ނެތް ރަތް ކަދުރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު