Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދޭން ނިންމިން، މަޑު ޖައްސާލީ ގަލްފުގެ ވެރިން އެދިގެން: ޓްރަމްޕް

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އަންގާރަ ދުވަހު އީރާން އަށް ދިނުމަށް ނިންމާފައި އޮތް ވަރުގަދަ ހަމަލާތައް މަޑު ޖައްސާލުމަށް އެދިވަޑައިގަތީ ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ އާއި، ސައުދީ އަރަބިއްޔާގެ ވަަލީ އަހުދު މުޙައްމަދު ބިން ސަލްމާާން އާއި، ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 01:45
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާން އަށް ހަމަލާ ދިނުމަށް އޭނާ ނިންމާފައި ވަނިކޮށް، ގަލްފުގެ ޤައުމު ތަކުގެ ވެރިން އެދިވަޑައިގެންނެެވުމުން އެ ހަމަލާ ނުދޭން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އަންގާރަ ދުވަހު އީރާން އަށް ދިނުމަށް ނިންމާފައިވާ ވަރުގަދަ ހަމަލާތައް މަޑު ޖައްސާލުމަށް އެދިވަޑައިގަތީ ޤަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީ އާއި، ސައުދީ އަރަބިއްޔާގެ ވަަލީ އަހުދު މުޙައްމަދު ބިން ސަލްމާާން އާއި، ޔުނައިޓެޑު އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން ކަމަށެވެ. 

މި ތިން ޤައުމުގެ ވެރިންނަކީ ވެސް އެމެރިކާގެ ގާތް އެކުވެރިކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު މިހާރު ކުރިއަށްދާ މަޝްވަރާ ތަކުން އެމެރިކާ އާ މެދު އިރުމަތީގެ ޤައުމު ތަކަށް ބަލައި ގަނެވޭނެ ފަދަ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އެ ޤައުމު ތަކުގެ ވެރިން ޤަބޫލު ކުރައްވާ ކަމަށެވެ. 

އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދިނުމަށް ރާވާފައިވާކަން މީގެ ކުރިން ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ. ނަމަވެސް، ނިމިދިޔަ ހަފްތާ ބަންދުގައި އޭނާ ވަނީ އީރާން އަށް ވަގުތު ކުޑަތަން ވަމުން އަންނަ ކަމަށާއި، އަވަހަށް އެއްބަސްވުމަކަށް ނައިސްފި ނަމަ، އެ ޤައުމުން ސަލާމަތް ވާނެ އެއްވެސް އެއްޗެއް ނޯންނާާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފަ އެވެ. 

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޤާއިމު ކުރި ވަގުތީ އެއްބަސްވުމަށް ފަހު، އީރާން އަށް އައު އެއްބަސްވުމަކަށް ނައިސްފި ނަމަ، އަލުން ހަމަލާ ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާތާ ދުވަސް ތަކެއް ވެއްޖެ އެވެ. 

އީރާން އަށް ދޭން ރޭވި ހަމަލާގެ އެއްވެސް ތަފްސީލެއް ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ. އެހެން ނަމަވެސް، އެކަށީގެންވާ އެއްބަސްވުމަކަށް ނާދެވިއްޖެ ޙާލަތެއްގައި، ކުއްލި ސުންގަޑިއެއްގައި އީރާން އަށް ވަރުގަދަ އަދި ފުޅާ ދާއިރާއެއްގައި ހަމަލާއެއް ދިނުމަށް ތައްޔާރަށް ތިބުމަށް އެެމެރިކާގެ އަސްކަރިއްޔާ އަށް އަމުރު ކުރައްވާފައި ވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

މި މައްސަލައިގައި ފާއިތުވި ދުވަސް ތަކުގައި ޓްރަމްޕް ވަނީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ. 

މަސްދަރު: އޭޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގަލްފް

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް އޮންނާނެ: ރަޝިޔާގެ ފޮރިން މިނިސްޓަރު

ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް އޮންނާނެ: ރަޝިޔާގެ ފޮރިން މިނިސްޓަރު

19 މެއި 2026
2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ

2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ

18 މެއި 2026
އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން  ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި

އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި

18 މެއި 2026
އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި

އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި

18 މެއި 2026
ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

18 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު