Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން ރައްކާ ކޮށްފައިވާ ޔުރޭނިއަމް ޤައުމުން ބޭރަށް ނުފޮނުވުމަށް ރޫހީ ލީޑަރު އަމުރު ކުރައްވައިފި

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މި ނިންމުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އިތުރު ގޮންޖެހުން ތަކެއް ކުރިމަތިވެ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާ ތަކަށް ބޮޑެތި ހުރަސް ތަކެއް އެޅޭނެ ކަމަށް ބެލެވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މެއި 2026 | ހުކުރު 07:18
އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ.

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ. | ރޮއިޓާސް

އީރާން އިން އުފައްދާފައިވާ ޔުރޭނިއަމް، އެ ޤައުމުން ބޭރަށް ނުފޮނުވުމަށް އެ ޤައުމުގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަމުރު ކުރައްވައިފި އެވެ.

އީރާންގެ ސަރުކާރުގެ އިސް ދެ މަސްދަރުން މިކަން ކަށަވަރު ކޮށްދީފައިވާއިރު، މިއީ ސުލްޙައިގެ މަޝްވަރާ ތަކުގައި އެމެރިކާ އިން ހުށަހަޅާފައިވާ އެންމެ މުހިންމު އެއް ޝަރުތާ ދެކޮޅަށް އީރާން އިން ނިންމި ހަރުކަށި ނިންމުމެކެވެ. 

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީގެ މި ނިންމުމުގެ ސަބަބުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އިތުރު ގޮންޖެހުން ތަކެއް ކުރިމަތިވެ، އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާ ތަކަށް ބޮޑެތި ހުރަސް ތަކެއް އެޅޭނެ ކަމަށް ބެލެވެ އެވެ. 

އިޒްރޭލްގެ އޮފިޝަލުން ރޮއިޓާސް އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މަތީ ދަރަޖައިގެ ޔުރޭނިއަމް އީރާން އިން ބޭރަށް ފޮނުވާލުމަކީ ސުލްޙައިގެ ކޮންމެ އެއްބަސްވުމެއްގައި ހިމަނަން ޖެހޭނެ ކަމެއް ކަމަށް ޓްރަމްޕް ވަނީ އިޒްރޭލް އަށް ޔަޤީންކަން ދެއްވައިފަ އެވެ. 

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފަިއ ވަނީ، އީރާން އިން ޔުރޭނިއަމް ބޭރުކޮށް، އެ ޤައުމުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތް ތަކަށް ދޭ އެހީތެރިކަން ހުއްޓާލައި، ބެލިސްޓިކް މިސައިލް އުފެއްދުމުގެ ޤާބިލުކަން ނައްތާލުނީސް ހަނގުރާމަ ނިމުނު ކަމަށް ޤަބޫލު ނުކުރައްވާނެ ކަމަށެވެ. 

ނަމަވެސް އީރާންގެ މަސްދަރު ތަކުން ބުނާ ގޮތުގައި، ޔުރޭނިއަމްގެ ރައްކާ އެ ޤައުމުން ބޭރު ނުކުރުމަކީ އެ ޤައުމުގެ އެންމެ މަތީ ވެރިޔާގެ އިތުރުން، މުޅި ދައުލަތުގެ އިސްވެރިންގެ މެދުގައި އޮތް އިއްތިފާގެކެވެ. 

މި މައްސަލައިގެ ނާޒުކު ކަމުން ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން އީރާންގެ އޮފިޝަލަކު ބުނީ، ޔުރޭނިއަން ޤައުމުން ބޭރަށް ފޮނުވާލައިފި ނަމަ ކުރި މަގުގައި އެމެރިކާ އާއި އިޒްރޭލް އިން ދީފާނެ ހަމަލާ ތަކުން ދިފާއުވުމަށް އީރާން އަށް އޮތް ބާރު ކުޑަ ވެގެންދާނެ ކަމަށް އެ ޤައުމުގެ އިސްވެރިން ޤަބޫލު ކުރައްވާ ކަމަށެވެ. އީރާންގެ ދައުލަތުގެ އެންމެ މުހިންމު ކަންކަމުގައި އެންމެ ފަހުގެ ނިންމުން ނިންމަވާ ފަރާތަކީ ރޫހީ ލީޑަރު ޚާމަނާއީ އެވެ. 

މި ރިޕޯޓުތަކާ ގުޅިގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އިންނާއި، ސްޓޭޓް ޑިޕާޓްމަންޓް އިން މިހާތަނަށް އެއްޗެސް ބުނެފައި ނުވެ އެވެ. އީރާންގެ މި ނިންމުމާ އެކު، މެދު އިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެ، ސުލްޙައިގެ މަޝްވަރާ ތަކުގެ މުސްތަޤުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތުގައި އީރާން އިން ޑްރޯން އުފައްދާ ކަަމަށް ބުނެފި

ސުލްޙައިގެ އެއްބަސްވުމުގެ މުއްދަތުގައި އީރާން އިން ޑްރޯން އުފައްދާ ކަަމަށް ބުނެފި

21 މެއި 2026
ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އީރާން އަށް ވަޑައިގަންނަވަނީ

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އީރާން އަށް ވަޑައިގަންނަވަނީ

21 މެއި 2026
އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

21 މެއި 2026
އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

21 މެއި 2026
ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

20 މެއި 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު