Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ މަޝްވަރާތައް އެންމެ ފަހުގެ މަރުޙަލާ އަށް ގޮސްފި: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ އީރާންގެ މައްސަލައިގައި މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާ އަށް އާދެވިފައި ކަމަށާއި، ކަންތައް ވާ ގޮތް ބަލަން ޖެހޭ ކަމަށް. ޓްރަމްޕް ވިދާޅުވީ އެއް ގޮތަކީ އެއްބަސްވުމަކަށް އައުން ކަމަށް. ނުވަތަ ނުރައްކާތެރި ކަންތައްތަކެއް ހިނގުން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މެއި 2026 | ބުރާސްފަތި 06:26
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތައް އެންމެ ފަހުގެ މަރުހަލާ އަށް ގޮސްފައިވާ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުން ޤާއިމު ކުރި ފަހުން ވެސް، އިތުރު ކުރިއެރުން ތަކެއް ލިބިފައި ނުވެ އެވެ. މި ހަފުތާގެ ތެރޭގައި ޓްރަމްޕް ވިދާޅުވީ، އީރާން އަށް ހަމަލާ ދިނުމަށް ނިންމުމަށް ފަހު ވެސް، ގަލްފުގެ ޤައުމު ތަކުގެ ވެރިން އެދިވަޑައިގެންނެވުމުން އެ ހަމަލާ ދިނުން ފަސް ކުރެއްވި ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ އީރާންގެ މައްސަލައިގައި މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާ އަށް އާދެވިފައި ކަމަށާއި، ކަންތައް ވާ ގޮތް ބަލަން ޖެހޭ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެއް ގޮތަކީ އެއްބަސްވުމަކަށް އައުން ކަމަށެވެ. ނުވަތަ ނުރައްކާތެރި ކަންތައްތަކެއް ހިނގުން ކަމަށެވެ. ނަމަވެސް، އޭނާ އުންމީދު ކުރައްވަނީ ނުރައްކާތެރި ކަންތައްތަކެއް ނުވުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

ނަމަވެސް ޓްރަމްޕް ވަނީ، އީރާންއާ ދެކޮޅަށް ހަމަލާ ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ އަސްކަރިއްޔާ އަށް އަންގަވާފައި ވަނީ، އީރާންއާ ދެކޮޅަށް ބާރު ގަދަ ހަމަލާ ތަކެއް ދޭން ޖެހި ދާނެ ކަމަށެވެ. މި ވާހަކަ ތަކުގެ ސަބަބުން ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެފައިވެ އެވެ.

އީރާންގެ ފަރާތުން މަޝްވަރާ ތަކުގައި އިސްކޮށް އުޅުއްވާ، އަދި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގަލިބާފް ސޯޝަލް މީޑިއާގައި ނެރުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ "ފާޅުގަ އާއި ފޮރުވިގެން ތިބެ ދުޝްމިނުން ހިންގާ ހަރަކާތް ތަކުން" އެމެރިކާ އިން އައު ހަމަލާ ތަކަކަށް ތައްޔާރުވަމުން އަންނަ ކަމަށް ފެންނަ ކަމަށެެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

އެމެރިކާގެ ފަހުގެ ހުށަހެޅުން އީރާން އިން ދިރާސާ ކުރަނީ

21 މެއި 2026
ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

ފްރާންސްގައި ޖޫން މަހު އޮންނަ ޖީ7 ސަމިޓުގައި ޓްރަމްޕް ބައިވެރިވާ ކަމަށް ހާމަ ކޮށްފި

20 މެއި 2026
އީރާން އަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު ދީފި

އީރާން އަށް ހަމަލާ ދީފި ނަމަ، މުޅި ސަރަހައްދަށް ހަނގުރާމަ ފެތުރޭނެ ކަމުގެ އިންޒާރު ދީފި

20 މެއި 2026
އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން

އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން

20 މެއި 2026
އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

އީރާންގެ އެއްބާރުލުމާ އެކު، ދެކުނު ކޮރެއާގެ ތެޔޮ ބޯޓެއް ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަނީ

20 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު