Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ސެން ޑިއޭގޯގެ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް، ފަސް މީހަކު މަރުވެއްޖެެ

މި ހަމަލާ ދިން ދެ ކުދިން ވެސް ފަހުން ވަނީ މަރުވެފައި. ސެންޓަރުގެ ގޯތި ތެރެއިން އެ ކުދިން ފެނިފައިވާއިރު، ބެލެވޭ ގޮތުގައި އެ ކުދިން ވަނީ އަމިއްލަ އަށް މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މެއި 2026 | އަންގާރަ 08:04
ހަމަލާ ދިން ސަރަހައްދުގައި ޕޮލިސް ކާރަކާއި، އާންމުންގެ ކާރެއް.

ހަމަލާ ދިން ސަރަހައްދުގައި ޕޮލިސް ކާރަކާއި، އާންމުންގެ ކާރެއް. | ގެޓީ އިމޭޖަސް

އެމެރިކާގެ ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރުގައި ބަޑީގެ ހަމަލާ ތަކެއް ދީފައިވާއިރު، އެ ހަމަލާ ތަކުގައި ފަސް މީހަކު މަރުވެއްޖެ އެވެ.

ހޯމަ ދުވަހު މި ހަމަލާތައް ދީފައިވާއިރު، ފުލުހުން މައުލޫމާާތު ދޭ ގޮތުގައި މިއީ ފުރާވަރުގެ ދެ ފިރިހެން ކުދިން ވެެގެން ދީފައިވާ ހަަމަލާ ތަކެކެވެ. 

މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ އިސްލާމިކް ސެންޓަރުގެ ސެކިއުރިޓީ ގާޑަކާއި، ސެންޓަރުގެ ބޭރުގައި ތިބި އިތުރު ދެ ފިރިހެނަކު ވެސް ހިމެނެ އެވެ. މި ހަމަލާ ދިން ދެ ކުދިން ވެސް ފަހުން ވަނީ މަރުވެފަ އެވެ. ސެންޓަރުގެ ގޯތި ތެރެއިން އެ ކުދިން ފެނިފައިވާއިރު، ބެލެވޭ ގޮތުގައި އެ ކުދިން ވަނީ އަމިއްލަ އަށް މަރުވެފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ސެން ޑިއޭގޯގެ ޕޮލިސް ޗީފް ސްކޮޓް ވޯލް ވިދާޅުވީ، ސެން ޑިއޭގޯ ކައުންޓީ ގައި ހުރި އެންމެ ބޮޑު މިސްކިތަށް ދިން މި ހަމަލާ އަކީ ނަފުރަތުގެ އަމަލެއް ނުވަތަ "ހޭޓް ކްރައިމް" އެއްގެ ގޮތުގައި ބަލައިގެން ފުލުހުންނާއި، އެފްބީއައި އިން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ހަމަލާ ދޭން މެދުވެރިވި ސީދާ ސަބަބެއް ނުވަތަ މަގުސަދެއް ކަމާ ބެހޭ އިދާރާ ތަކުން މިހާތަނަށް ހާމަކޮށްފައި ނުވެ އެވެ.

މި ހަމަލާ ދީފައި ވަނީ އެ ގައުމުގެ ގަޑިން ހޯމަ ދުވަހުގެ ހެނދުނު 11:40 ހާއިރު އެވެ. އެ ވަގުތަކީ މިސްކިތުގެ ކޮމްޕްލެކްސްގައި ހިންގާ ޑޭ-ސްކޫލްގައި ގިނަ އަދަދެއްގެ ކުދިން ތިބި ވަގުތެއް ނަމަވެސް، ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށާއި، އެއްވެސް ކުއްޖަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އޮފިޝަލުން ކަށަވަރު ކޮށްދީފައިވެ އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕޮލިސް ޗީފް ވޯލް ހާމަ ކުރެއްވި ގޮތުގައި، ހަމަލާ ދިނުމުގެ ދެ ގަޑިއިރު ކުރިން ހަމަލާ ދިން އެއް ކުއްޖެއްގެ މަންމަ ފުލުހުންނަށް ގުޅާފައިވެ އެވެ. އެ އަންހެން މީހާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ، އަމިއްލަ އަށް މަރުވާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އޭނާގެ ދަރިފުޅު ގެއިން ފިލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާ ދިޔައީ މަންމަގެ ބެލުމުގެ ދަށުގައި އޮތް ތިން ބަޑި އާއި އޭނާގެ ކާރު ހިފައިގެން ކަމަށް ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަ ކޮށްފަ އެވެ. އަދި މިއީ މުސްލިމް މުޖުތަމަ އަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ބަލައި، އެމެރިކާގެ ތަންފީޒީ އިދާރާ ތަކުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާކެލިފޯނިއާސެން ޑިއޭގޯއެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން

އިތުރަށް ކިޔާލަން

18 މެއި 2026

2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ

18 މެއި 2026
2028 ގައި ވޭންސް ވާދަ ކުރައްވާ ނަމަ، އޭނާ އަށް އެންމެ ފުރަތަމަ ތާާއީދު ކުރާނީ އަހަރެން: ރޫބިއޯ
17 މެއި 2026

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

17 މެއި 2026
326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް
16 މެއި 2026

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މެއި 2026
އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
14 މެއި 2026

ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް

14 މެއި 2026
ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް
14 މެއި 2026

އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް

14 މެއި 2026
އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު