Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާ އާއި ނައިޖީރިއާގެ ސިފައިން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، އައިއިސްގެ ދެވަނައަށް އެންމެ އިސްވެރިޔާ އަބޫ ބިލާލް އަލް މިނުކީ މަރާލާފައިވާކަން ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވައިފިއެވެ. އެފްރިކާގައި ހިންގި މި ކާމިޔާބު މިޝަނަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި، މިކަމުގައި ނައިޖީރިއާ ސަރުކާރުން ދިން އެއްބާރުލުމަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި އޮޕަރޭޝަނާއެކު ދެ ޤައުމުގެ ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ތަޖުރިބާކާރުން ފާހަގަކުރެއެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މެއި 2026 | ހޮނިހިރު 07:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

ދުނިޔޭގެ އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތް، އައިސިސްގެ ދެ ވަނަ އަށް އެންމެ އިސްވެރިޔާ އަބޫ ބިލާލް އަލް މިނުކީ މަރާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވީ، އެމެރިކާ އާއި ނައިޖީރިއާގެ ސިފައިލން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އަބޫ ބިލާލް އަލް މިނުކީ މަރާލާފައިވާ ކަމަށެވެ. 

ޓްރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އަބޫ ބިލާލް އަލް މިނުކީ އެފްރިކާގައި ފިލައިގެން އުޅޭނެ ކަމަށް ހީކުރި ނަމަވެސް، އޭނާ ކުރަމުން ދިޔަ ކަންތައްތަކުގެ މައުލޫމާތު އެމެރިކާ އަށް ލިބެމުން ދިޔަ ކަމަށެވެ. 

ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް ސާފުކޮށް ރާވައި، ވަރަށް ފުރިހަމަ ގޮތުގައި ހިންގި ވަރަށް ކޮމްޕްލެކްސް މިޝަނެއް ކަމަށާއި، ދުނިޔޭގެ އެންމެ އެކްޓިވް ޓެރަރިސްޓް ހަނގުރާމައިގެ މައިދާނުން ނައްތާލުމަށް ހިންގި އެ އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށެވެ.

ޓްރަމްޕް ވަނީ އެ އޮޕަރޭޝަންގައި ބައިވެރިވެ، އެއްބާރުލުން ދިން ނައިޖީރިއާ ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، އެމެރިކާގެ ދިފާއީ ބާރު ތަކާއި، ނަައިޖީރިއާގެ ސިފައިން މި މިޝަން ވަރަށް ހުނަރުވެރިކަމާ އެކު ފުރިހަމަ ކުރި ކަމަށެވެ. 

ނަމަވެސް، މީގެ ކުރިން ޓްރަމްޕް ވަނީ ނައިޖީރިއާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ނައިޖީރިއާގައި މަސީހީން ނިކަމެތި ވަމުންދާ ކަމަށެވެ. ނަމަވެސް، ނައިޖީރިއާގެ ސަރުކާރުން ވަނީ އެ ތުހުމަތުތައް ދޮގު ކޮށްފަ އެވެ. 

މި އޮޕަރޭޝަން ހިންގުމުގައި އެމެރިކާ އާއި ނައިޖީރިއާއާ ގުޅިގެން މަސައްކަތް ކުރި ކަަމަށް ޓްރަމްޕް ފާހަގަ ކުރެއްވިއިރު، މިއީ ދެ ޤައުމުގެ ސަލާމަތީ ބަރު ތަކުގެ ގުޅުން ވަރުގަދަވެފައިވާކަން ދައްކައިދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. 

އައިސިސް އަކީ ދުނިޔޭގއ އެކި ހިސާބު ތަކުގައި ޙަރަކާތްތެރިވާ، ބައިނަލްއަޤުވާމީ ޓެރަރިސްޓް ޖަމާއަތެކެވެ. މި ޖަމާއަތުގެ ދެ ވަނަ އެންމެ އިސްވެރިޔާ މަރާލުމަކީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ޙަރަކާތް ތަކުގައި ވަރަށް މުހިންމު ކާާމިޔާބެއް ކަމަށް ސަލާމަތީ ތަޖުރިބާކަރުން ދެކެ އެވެ. 

އައިސިސް އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ، ބައިނަލްއަގުވާމީ ޓެރަރިސްޓް ޖަމާއަތެކެވެ. މި ޖަމާއަތުގެ ދެވަނަ އަށް އެންމެ އިސް ވެރިޔާ މަރާލުމަކީ، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަރަކާތްތަކުގައި ވަރަށް މުހިއްމު ކާމިޔާބެއް ކަމަށް ސަލާމަތީ ތަޖުރިބާކާރުން ދެކެއެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާނައިޖީރިއާއައިސިސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

16 މެއި 2026

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

16 މެއި 2026
އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
14 މެއި 2026

ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް

14 މެއި 2026
ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް
14 މެއި 2026

އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް

14 މެއި 2026
އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް
14 މެއި 2026

ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް

14 މެއި 2026
ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް
13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު