Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޗައިނާ

ޗައިނާގެ ރައީސް އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު: ޓްރަމްޕް

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޗައިނާގެ ރައީސް އާއެކު ބޭއްވި ބައްދަލުވުން ދިޔައީ ކިހިނެއްތޯ ނޫސްވެެރިން ސުވާލު ކުރުމުން، ޓްރަމްޕް ވަނީ އެ ބައްދަލުވުންތައް ވަރަށް ރަނގަޅު ނުވަތަ ވަރަށް ކާމިޔާބު ކަމަށް ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 މެއި 2026 | ބުރާސްފަތި 10:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ޗައިނާގެ ރައީސް ޝީ ޖިންޕިން. | ގެޓީ އިމޭޖަސް

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިން އާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު އެވެ. އެގޮތުން ޗައިނާގެ ތާރީޚީ ބިނާއެއް ކަމަށްވާ ޓެމްޕަލް އޮފް ހެވަން އަށް ވަޑައިގެންނެވި ވަގުތު، ޓްރަމްޕް ވަނީ ނޫސްވެރިންނާ ވާހަކަ ދައްކަަވައިފަ އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޗައިނާގެ ރައީސް އާއެކު ބޭއްވި ބައްދަލުވުން ދިޔައީ ކިހިނެއްތޯ ނޫސްވެެރިން ސުވާލު ކުރުމުން، ޓްރަމްޕް ވަނީ އެ ބައްދަލުވުންތައް ވަރަށް ރަނގަޅު ނުވަތަ ވަރަށް ކާމިޔާބު ކަމަށް ވިދާޅުވެފަ އެވެ. ދެ ޤައުމުގެ އިސްވެރިންގެ މެދުގައި ކުރިއަށް ދިޔަ މި މަޝްވަރާ ތަކަކީ، ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމަށާއި، މުހިންމު ދާއިރާ ތަކުން އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ބޭއްވުނު ބައްދަލުވުން ތަކެކެވެ. 

މި ބައްދަލުވުމާ ގުޅޭ ގޮތުން ޓްރަމްޕް ކުރު ޖަވާބެއް ދެއްވި ނަމަވެސް، ނޫސްވެރިންގެ އިތުރު ސުވާލު ތަކަށް ޓްރަމްޕް ޖަވާބު ދެއްވާފައި ނުވެ އެވެ. ވަކިން ޚާއްސަކޮށް ޗައިނާ އާއި އެމެރިކާއާ ދެމެދު އަބަދު ވެސް ޚިޔާލު ތަފާތުވުން އުފެދިފައިވާ ޓައިވާންގެ މައްސަލައާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިތޯ ނޫސްވެރިން ސުވާލު ކުރި ނަމަވެސް، ޓްރަމްޕް އެ ސުވާލަަށް އެއްޗެސް އެއްޗެއް ވިދާޅުވެފައި ނުވެ އެވެ. 

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އޮންނަ ގުޅުމަކީ މުޅި ދުނިޔޭގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށް ވާއިރު، ރައީސް ޓްރަމްޕް ޗައިނާ އަށް ކުރައްވަމުންދާ މި ދަތުރުފުޅަކީ ބައިނަލްއަގުވާމީ މައިދާނުގައި ވަރަށް ބޮޑު ސަމާލު ކަމެއް ހުއްޓިފައިވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ހުރި ވިޔަފާރީގެ މައްސަލަ ތަކާއި، ސަރަހައްދީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ޗައިނާ ގުޅުންއެމެރިކާޗައިނާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

14 މެއި 2026

އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް

14 މެއި 2026
އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް
14 މެއި 2026

ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް

14 މެއި 2026
ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް
13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
13 މެއި 2026

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް
12 މެއި 2026

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
12 މެއި 2026

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026
އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި
11 މެއި 2026

އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން

11 މެއި 2026
އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން
11 މެއި 2026

އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ

11 މެއި 2026
އީރާން އިން ހުށަހެޅީ ވަރަށް އިންސާފުވެރި ހުށަހެޅުމެއް: ބަޣާއީ
11 މެއި 2026

އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

11 މެއި 2026
އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ބަރޯސާވުން ކުޑަ ކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު