Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

އެމެރިކާގެ އަސްކަރިއްޔާ އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، މިއީ ވިއެޓްނާމް ހަނގުރާމަ އަށް ފަހު އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަކުން މިހާ ދިގު މުއްދަތަކަށް ހިންގި ފުރަތަމަ އޮޕަރޭޝަން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2026 | އާދީއްތަ 09:51
މެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް.

މެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ތެރޭގައި މެދު އިރުމައްޗަށް ފޮނުވި އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް، 326 ދުވަހުގެ ދިގު މިޝަން އަކަށް ފަހު އެނބުރި އެމެރިކާ އަށް ގޮސްފި އެވެ.

އެމެރިކާގެ ޕެންޓަގަން އިން ހާމަ ކުރި ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު މަތިންދާ ބޯޓު އުފުލާ މަނަވަރު އެނބުރި އެމެރިކާ އަށް ގޮސްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. 

އެމެރިކާގެ ވާޖިނިއާނެގެ ނޯފޯކަށް މި މަނަވަރު ބަނދަރު ކުރުމުން، އެމެރިކާގެ ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތު ވަނީ އެ ސަރަހައްދަށް ވަޑައިގެން މަނަވަރަށް މަރުޙަބާ ދަންނަވައިފަ އެވެ. އެމެރިކާގެ އަސްކަރިއްޔާ އިން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، މިއީ ވިއެޓްނާމް ހަނގުރާމަ އަށް ފަހު އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރަކުން މިހާ ދިގު މުއްދަތަކަށް ހިންގި ފުރަތަމަ އޮޕަރޭޝަން އެވެ. 

މި ދިގު ދަތުރުގައި ޖެރަލްޑް ފޯޑް ވަނީ ކެރީބިއަން ކަނޑުގެ ސަރަހައްދުގައި އެމެރިކާ އިން ހިންގި އެކި އޮޕަރޭޝަން ތަކުގައި ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި މަސްތުވާ ތަކެތި އުފުލާ ބޯޓު ތަކަށް ހަމަލާ ދިނުމާއި، ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ތެޔޮ ބޯޓުތައް ހުއްޓުވުމުގެ އިތުރުން، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި ވެސް މި މަނަވަރު ބައިވެރިވެފައިވެ އެވެ. ކެރީބިއަންގެ އޮޕަރޭޝަން ތަކަށް ފަހު، އީރާންއާ ދެކޮޅަށް ހިންގި އަސްކަރީ ޙަރަކާތްތަކުގައި ބައިވެރިވުމަށް މި މަނަވަރު މެދުއިރުމައްޗަށް ފޮނުވާފައިވެ އެވެ. 

މި މިޝަންގެ ތެރޭގައި ބައެއް ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ. އެގޮތުން މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު މަނަވަރުގެ ލޯންޑްރީ ރޫމުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދެ ފަޅުވެރިޔަކަށް އަނިޔާވެ، ނިދާ ކޮޓަރި ތަކުގެ 100 އެނދަކަށް ބޮޑެތި ގެއްލުން ތަކެއް ލިބުނު ކަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފަ އެވެ. މީގެ އިތުުރުން ކަނޑު މަތީގައި އުޅުނު ދުވަސްވަރު، މަނަވަރުގެ ފާޚާނާ ނިޒާމަށް ވެސް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވި ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް އަކީ އެމެރިކާގެ ކަނޑުގެ ސިފައިންގެ އެންމެ ޒަމާނީ އަދި އެންމެ ބޮޑު މަނަވަރެވެ. ގާތް ގަނޑަކަށް އަހަރެއްހާ ދުވަހު ކަނޑު މަތީގައި ހޭދަ ކުރުމަށް ފަހު، މަނަވަރު އެނބުރި ޤައުމަށް ގޮސްފައި ވަނީ މެދު އިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގަ އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫއެސްއެސް ޖެރަލްޑް އާރް. ފޯޑް

އިތުރަށް ކިޔާލަން

17 މެއި 2026

ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި

17 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި
17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
17 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި

17 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި
17 މެއި 2026

ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް

17 މެއި 2026
ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް
16 މެއި 2026

އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

16 މެއި 2026
އައިސިސްގެ ދެވަނަ އިސްވެރިޔާ މަރާލާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު