Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޗައިނާ

އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް، ހަތުރުންނަކަށް ނޫން: ޗައިނާގެ ރައީސް

ޓްރަމްޕްއާ އެކު އޮތް ބައްދަލުވުން ފައްޓަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ދުނިޔެ އަށް ތާރީޚީ ގޮތުން ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ އަދި ދުނިޔެ އައު ހަތަރު އަނގޮޅިއެއްގެ މަތީގައި އޮތް ދަނޑިވަޅެއްގައި ޗައިނާގައި ޓްރަމްޕްއާ ބައްދަލުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 05:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން. | ގެޓީ އިމޭޖަސް

އެމެރިކާ އާއި ޗައިނާ ވާން ޖެހޭނީ މިތުރުންނަށް ކަމަށާއި، ހަތުރުންނަށް ވެގެން ނުވާނެ ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން މިހެން ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގަ އެވެ. ބުދަ ދުވަހު ޓްރަމްޕް ވަނީ ޗައިނާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފަ އެވެ. ބުރާސްފަތި ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ، ޓްރަމްޕް އަށް ރަސްމީކޮށް މަރުޙަބާ ދަންނަވައިފަ އެވެ. 

ޓްރަމްޕްއާ އެކު އޮތް ބައްދަލުވުން ފައްޓަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ، ދުނިޔެ އަށް ތާރީޚީ ގޮތުން ބޮޑެތި ބަދަލު ތަކެއް އަންނަމުންދާ އަދި ދުނިޔެ އައު ހަތަރު އަނގޮޅިއެއްގެ މަތީގައި އޮތް ދަނޑިވަޅެއްގައި ޗައިނާގައި ޓްރަމްޕްއާ ބައްދަލުވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. މި ބައްދަލުވުމުގައި ޝީ ވަނީ ދެ ޤައުމުގެ ގުޅުމާ ގުޅޭ ގޮތުން މުހިންމު ސުވާލު ތަކެއް ޓްރަމްޕް އަށް އަމާޒު ކުރައްވައިފަ އެވެ. 

ޗައިނާގެ ރައީސް ޝީ ކުރެއްވި ސުވާލު ތަކުގެ ތެރޭގައި، ބޮޑެތި ބާރު ތަކުގެ މެދުގައި އޮންނަ ހަމަ ނުޖެހުން ތަކުން އަރައި ގަނެ، ގުޅުން ތަކުގެ އައު ނަމޫނާއެއް ދެ ޤައުމަށް ބިނާ ކުރެވިދާނެތޯ އެވެ. އަދި ދުނިޔެ އަށް ކުރިމަތިވެފއިވާ ގޮންޖެހުން ތަކުން އަރައި ގަތުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކޮށް، ދުނިޔެ އަށް ހަމަޖެހުން ގެނެސްދެވިދާނެތޯ ވެސް ވަނީ އައްސަވައިފަ އެވެ. 

މީގެ އިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މުޅި އިންސާނިއްޔަތުގެ ކުރިމަގަށްޓަކައި، ދެ ޤައުމުގެ ދެ މެދުގައި އޮތް ގުޅުން އުޖާލާ ކުރުމަށް އެކުގައި މަސައްކަތް ކުރެވިދާނެތޯ ވެސް ޗައިނާގެ ރައީސް ސުވާލު ކުރެއްވި އެވެ. ޗައިނާގެ ރައީސް ޝީ ވިދާޅުވީ މިއީ ތާރީޚާއި، ދުނިޔެ އާއި، އަދި ރައްޔިތުން ކުރަމުންދާ ސުވާލު ތަކެއް ކަމަށެވެ. އަދި ބޮޑެތި ޤައުމު ތަކުގެ ލީޑަރުންގެ ހައިސިއްޔަތުން، މި ސުވާލު ތަކުގެ ޖަވާބު ލިޔަން ޖެހޭނީ ދެ ބޭފުޅުން ގުޅިގެން ކަމަށް ވެސް ޝީ ވިދާޅުވި އެވެ. 

ޗައިނާގެ ރައީސް ޝީގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޗައިނާ އާއި އެމެރިކާ އަކީ ވާދަވެރިންގެ ބަދަލުގައި، ބައިވެރިންނަށް ވާން ޖެހޭ ކަމަށެވެ. އަދި ދެ ޤައުމުގެ ދެ މެދުގައި އޮންނަ ހަމަޖެހޭ ގުޅުމަކީ މުޅި ދުނިޔެ އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް، ނުވަތަ ނިއުމަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވި އެވެ. 

މި ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، ކުރި މަގުގައި މަސައްކަތް ކުރާނެ ގޮތް ތަކެއް ކަނޑަ އެޅުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ. ދެ ޤައުމުގެ ލީޑަރުންގެ މި މަޝްވަރާ ތަަކަށް މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-ޗައިނާ ގުޅުންއެމެރިކާޗައިނާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް

ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް

14 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު