Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލް އާއި އެތުލެޓިކޯއާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި

ކްލޮޕް ބުނީ ރެއާލް އާއި އެތުލެޓިކޯ އިން އެންމެ ފަހަރަކު ވެސް އޭނާ އަށް ގުޅާފައި، ނުވަތަ ވާހަކަ ދައްކާފައި ނުވާ ކަމަށް. އަދި އޭނާގެ އެޖެންޓާ ވެސް ގުޅާފައި ނެތް ކަމަށް ކްލޮޕް ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 މާރިޗު 2026 | ބުދަ 05:36
ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕް

ލިވަޕޫލްގެ ކުރީގެ ކޯޗު ކްލޮޕް | ރޮއިޓާސް

ލިވަޕޫލް އަށް އިރުޝާދު ދިން ޖަރުމަނުގެ ކާމިޔާބު ކޯޗު ޔާގަލް ކްލޮޕް ގެނައުމަށް، ސްޕެއިންގެ ރެއާލް މެޑްރިޑް އާއި އެތުލެޓިކޯ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ކްލޮޕް ދޮގު ކޮށްފި އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައި ވަނީ ސްޕެއިންގެ މި ދެ ކުލަބުން ވެސް ކްލޮޕް އަށް ޝައުޤުވެރިކަން އޮތް ކަމަށެވެ. އަދި އޭނާ ހޯދުމަށް ދެ ކުލަބުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން އެ ކުލަބު ތަކުން އޭނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް ބުނެފައިވެ އެވެ. 

ނަމަވެސް ކްލޮޕް މިވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. ދާދި ފަހުން ކްލޮޕް ދިން އިންޓަވިޔުއެއްގައި އޭނާ ބުނެފައި ވަނީ، އެކަމާ ގުޅޭ ގޮތުން ފަތުރެމުން އަންނަ ހުރިހާ ޚަބަރު ތަކަކީ ވެސް ބޭކާރު ޚަބަރު ތަކެއް ކަމަށެވެ. އަދި އެއީ އެއްވެސް ޞައްޙަ ޚަބަރު ތަކެއް ނޫން ކަމަށް އޭނާ ބުންޏެވެ. އެގޮތުން ކްލޮޕް ބުނީ ރެއާލް އާއި އެތުލެޓިކޯ އިން އެންމެ ފަހަރަކު ވެސް އޭނާ އަށް ގުޅާފައި، ނުވަތަ ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އަދި އޭނާގެ އެޖެންޓާ ވެސް ގުޅާފައި ނެތް ކަމަށް ކްލޮޕް ބުންޏެވެ.

އުމުރުން މިހާރު 58 އަހަރުވެފައިވާ ކްލޮޕް ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލީ 2024 ވަނަ އަހަރު އެވެ. ލިވަޕޫލް އާއެކު ހޭދަ ކުރި ނުވަ އަހަރުގެ ތެރޭގައި ކްލޮޕް ވަނީ އެ ޓީމާ އެކު ގިނަ ކާމިޔާބީ ތަކެއް ހޯދައިފަ އެވެ. އެގޮތުން ލިވަޕޫލް އާއެކު ކްލޮޕް ވަނީ އަށް ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕާއި، ކަރަބޯ ކަޕާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ. 

ލިވަޕޫލް ދޫކޮށްލުމަށް ފަހު، މިހާރު ކްލޮޕް މަސައްކަތް ކުރަމުން އަންނަނީ ރެޑްބުލް ފުޓުބޯޅަ ގުރޫޕްގެ ގްލޯބަލް ހެޑްގެ ގޮތުގަ އެވެ. މި ފާއިތުވި މުއްދަތުގެ ތެރޭގައި ގިނަ ކުލަބު ތަކަކުން ވަނީ ކްލޮޕް އަށް ހުށަހެޅުން ހުށަހަޅައިފަ އެވެ. ނަމަވެސް، އޭނާ ވަނީ އެ ހުށަހެޅުންތައް ޤަބޫލު ނުކުރަން ނިންމައިފަ އެވެ.

ރެއާލް މެޑްރިޑްއެތުލެޓިކޯ މެޑްރިޑްޔާގެން ކްލޮޕް

އިތުރަށް ކިޔާލަން

23 މާރިޗު 2026

އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

23 މާރިޗު 2026
އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
19 މާރިޗު 2026

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

19 މާރިޗު 2026
ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް
18 މާރިޗު 2026

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް
15 މާރިޗު 2026

އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި

15 މާރިޗު 2026
އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި
12 މާރިޗު 2026

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު