Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

އެތުލެޓިކޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

މޮޅާ އެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 29 މެޗުން 69 ޕޮއިންޓާ އެކު. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އަށް ލިބެނީ 74 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2026 | ހޯމަ 02:14
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ވިނީޝިއުސް އުފާ ފާޅު ކުރަނީ | ރޮއިޓާސް

ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ރެއާލް މެޑްރިޑް އިން ހަތަރު ޕޮއިންޓަށް ކުޑަ ކޮށްފި އެވެ. 

ރެއާލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި އެތުލެޓިކޯ އިން ލީޑު ނަގާފައި ވަނިކޮށް، ރެއާލް އިން ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ނެގި އެވެ. އޭގެ ފަހުން އެތުލެޓިކޯ އިން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ތިން ވަނަ ލަނޑެއް ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި އެތުލެޓިކޯ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ެ ޓީމަށް ޖަހައިދިނީ އަޑެމޮލާ ލުކްމަން އެވެ. އެއީ ޖިއުލިއާނޯ ސިމިއޯނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އެއާ އެކު، އެތުލެޓިކޯ އިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ރެއާލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ވިނީޝިއުސް ޖޫނިއާ އެވެ. އޭގެ ތިން މިނެޓު ފަހުން ފެޑެރިކޯ ވަލްވާޑޭ ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ނަހުއެލް މޮލީނާ އެވެ. 

މެޗުން ރެއާލް މޮޅުވެފައި ވަނީ 72 ވަނަ މިނެޓުގައި ވިނީޝިއުސް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން ވިނީޝިއުސް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އެވެ.

މޮޅާ އެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 29 މެޗުން 69 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި ބާސެލޯނާ އަށް ލިބެނީ 74 ޕޮއިންޓެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްއެތުލެޓިކޯ މެޑްރިޑް

އިތުރަށް ކިޔާލަން

23 މާރިޗު 2026

ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި

23 މާރިޗު 2026
ވަޔެކާނޯ ބަލިކޮށް، ބާސެލޯނާ އިން އެއް ވަނައިގައި ފޯމު ދަމަހައްޓައިފި
19 މާރިޗު 2026

ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް

19 މާރިޗު 2026
ކުއަޓަރ ފައިނަލްގައި ބަޔާން އާއި ރެއާލްގެ ކުރިމަތިލުމެއް
18 މާރިޗު 2026

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް
16 މާރިޗު 2026

ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި

16 މާރިޗު 2026
ރަފީނިއާގެ ހެޓްރިކާ އެކު ސެވިއްޔާ ބަލިކޮށް، ބާސެލޯނާ އިން ލީޑުގައި
15 މާރިޗު 2026

އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި

15 މާރިޗު 2026
އެލްޗޭ އަތުން މޮޅުވެ، ރެއާލް ލީގު ރޭހުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު