Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

ހެޔޮކަމެއް ކުރެވުމުން އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ނަމަވެސް ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ: ޚުތުބާ

ރަމަޟާން މަސް ނިމުނު ނަމަވެސް ހެޔޮ އަމަލުތައް ކުރުންމަތީ ދެމިތިބުމަށާއި، ކުރެވޭ އަޅުކަންތަކާ މެދު ބޮޑާވެ ފަޚުރުވެރިނުވުމަށް ހުކުރު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައި. މީގެ އިތުރުން ޝައްވާލު މަހުގެ ހަ ރޯދަ ހިފުމަށާއި ގިނަގިނައިން ތައުބާވެ އިސްތިޣުފާރު ކުރުމަށް ގޮވާލައި، ސީދާ މަގުގައި ދެމިތިބޭ މީހުންނަށް ސުވަރުގޭގެ އުފާވެރިކަން ލިބޭނެކަން ޚުތުބާގައި ފާހަގަކުރި. އަދި އިންސާނާގެ އެންމެ ފަހުގެ މަންޒިލަކީ ސުވަރުގެ ކަމުގައި ހެދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ބާރުއަޅާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 13 މާރިޗު 2026 | ހުކުރު 08:27
ފިތުރު އީދު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން - ފައިލް ފޮޓޯ

ފިތުރު އީދު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން - ފައިލް ފޮޓޯ

ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން އޭގެ ފަހުގައި އެ އަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭ ކަމަށާއި، ކުރެވުނު އަމަލެއްގެ ގިނަކަމަކުން ސުވަރުގެ ޔަގީންވީ ކަމަށް ދެކިގެން ނުވާނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

''ރަމަޟާންމަހަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިތިބޭށެވެ'' މިމައުޟޫއަށް މުޅި ރާއްޖެއަށް އިއްވި ޚުތުބާގައި ވަނީ ރަމަޟާން މަސް ނިމޭކަން ހަނދާންކޮށްދީފަ އެވެ. އަދި ރަމަޟާން މަސް ނިމުނު ނަމަވެސް ހެޔޮ އަމަލު ކުރުންމަތީގައި ދެމިތިބުމަށާއި، ޝައްވާލު މަހުގެ ހަ ރޯދައިގެ ޚިފުމުގެ އިތުރުން ގިނަގިނައިން ތައުބާވެ، މާތް ﷲއަށް އިސްތިޣުފާރު ނަސޭހަތްތެރިވެފައިވެ އެވެ.

ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ އަމަލު ތަކެއްކަމުގައި ދެކިގެން ނުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެހެނީ ކުރެވުނު ހެޔޮ އަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަޚުރުވެރިވެ، އެއީ މާގިނަ ހެޔޮ އަމަލު ތަކެއްކަމުގައި ދެކޭ ނަމަ އެ އަމަލުތައް ބާތިލު ވެދާނެ ކަމަށެވެ. 

ޚުތުބާގައި ބުނީ، އަހަރެމެންނަށް ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ ޢަމަލުތައްކުރުން މަތީގައި ދެމިތިބޭން ޖެހޭ ކަމަށެވެ. އަދި ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަގީންވީކަމަށް ދެކިގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ.

ގުރްއާނުގައި މާތްﷲ ވަޙީ ކުރެއްވި އާޔަތުގެ މާނާގައި ވަނީ: ހަމަކަށަވަރުން، ތިމަންމެންގެ ވެރިރަސްކަލާނގެއީ ﷲއޭ ބުނެ، ދެން ސީދާމަގުގައި ދެމިތިބި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެތެވެ. (ވިދާޅުވަމުންނެވެ.) ތިޔަބައިމީހުން ބިރުނުގަންނާށެވެ! އަދި ހިތާމަނުކުރާށެވެ! އަދި ތިޔަބައިމީހުންނަށް ވަޢުދުކުރައްވާކަމުގައިވާ ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ލިބިގަންނާށެވެ!" ބިރުވެރިކަމާއި، ހިތާމަކުރުން ނޯންނާނީ ކޮން ބަޔަކަށްހެއްޔެވެ؟ އެއީ މާތް ﷲއީ އެ މީހުންގެ ވެރިރަސްކަލާނގެއޭ ބުނެ، ހެޔޮ ޢަމަލުކުރުން މަތީ އަބަދާއި އަބަދު ދެމިތިބޭ މީހުންނަށެވެ. މުސްލިމް އަޚުންނޭވެ! ބިރެއްނެތް، ހިތާމަކުރުމެއްނެތް ތަނަކީ ސުވަރުގެ އެވެ.
ހުކުރު  ޚުތުބާ 

މީގެ އިތުރުން ޚުތުބާގައި ވަނީ އަހަރެމެންގެ އެންމެ ފަހުގެ މަންޒިލަކީ ކޮބައިކަން ހަނދާން ކޮށްދީފަ އެވެ. އަދި ސުވަރުގެ ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރުމަށް ގޮވާލާފައިވެ އެވެ. 

ހުކުރު ޚުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

06 މާރިޗު 2026
ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

27 ފެބުރުއަރީ 2026
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

20 ފެބުރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

13 ފެބުރުއަރީ 2026
ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާ ގައި ގޮވާލައިފި

ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާ ގައި ގޮވާލައިފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު