Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހުކުރު ޚުތުބާ

ރޯދަމަހުގެ ފަހު ދިހައިގެ ރޭތަކުގެ ދަރުމަ ހޯދުމަށް މަސައްކަތް ކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް: ޚުތުބާ

ރަމަޟާން މަހުގެ ފަހު ދިހައިގެ މާތްކަން ހާސިލުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައި. ޚާއްސަކޮށް ލައިލަތުލްޤަދުރި ރޭގެ ދަރުމަ ހޯދުމަށް އިސްކަންދިނުމަށާއި ފިޠުރު ޒަކާތް ދެއްކުމަށް ހަނދާން ކޮށްދީފައިވޭ. މީގެ އިތުރުން އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެއްބައިވަންތަކަން އިސްކުރުމަށް ޚުތުބާގައި ބާރުއަޅާފައިވޭ. އަދި އިސްލާމީ ހަޟާރަތު އިއާދަކުރުމަށްޓަކައި ޒުވާން ޖީލު އިޚުލާސްތެރި އަޒުމަކާއެކު މަސައްކަތްކުރުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 މާރިޗު 2026 | ހުކުރު 08:53
ހުކުރު ޚުތުބާ އަޑު އެހުމަށް ޖަމާއަތް ހަދައިގެން.

ހުކުރު ޚުތުބާ އަޑު އެހުމަށް ޖަމާއަތް ހަދައިގެން. | އިސްލާމިކް މިނިސްޓްރީ

ކުރިއަށް އޮތީ އެންމެ ހެޔޮކަން ބޮޑުވެގެންވާ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް ކަމަށާއި، އެރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް ކަމަށް ހުކުރު ޚުތުބާގައި ބުނެފި އެވެ. 

''ރަމަޟާން މަހުގެ ފަހު ދިހައެއް'' މިމައުޟޫއަށް މުޅި ރާއްޖެއަށް އިއްވި ޚުތުބާގައި ބުނީ، ރަހުމަތުގެ މައްސަރު ވަކިވުމުގެ ވަގުތު ކުޑަތަންވާ ކަމަށާއި، ކުރެވުނު ހެޔޮ އަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ އަމަލުކުރުމުގައި ދެމިތިބުމަށް ކުރެވޭން ހުރީ ކޮން ކަންތަކެއްތޯ ބަލަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ކުރިއަށް އޮތީ ފަހު ދިހައެއްގެ ދުވަސްތައް ކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އަހަރުގެ ތެރޭގައި މައްސަރުތަކާއި ދުވަސްތަކާއި ރޭތައް ﷲ تَعَالَى ޚާއްސަ ކުރައްވައިފައިވާ ކަމަށެވެ.

ޚުތުބާގައި ބުނީ، ރަމަޟާންމަހު ފަހު ދިހައިގެ ރޭތަކަކީ ކާއިނާތުގެވެރި اللهُ سُبْحَانَهُ وَتَعَالَى ގެ ރަހުމަތާއި ފުއްސެވުމާއި ރުއްސެވުމާއި ދިންނެވުން، އޭގެ އިންތިހާއަށް އަޅުތަކުންނަށް ދެއްވާނެކަން އަންގަވައިފައިވާ ރޭތަކެއް ކަމަށާއި، އެ ރޭތަކުގެ މާތްކަމާއި ދަރުމަ ލިބިގަތުމަށް މަސައްކަތްކުރުމަކީ ސުވަރުގެ އެދޭ ކޮންމެ މީހަކު ކުރާން ޖެހޭ ކަމެއް ކަމަށެވެ. 

ލައިލަތުލްޤަދުރިއަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތް ﷲއަށް އަޅުކަން ކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއަށްވާއިރު، މި ދަރުމައާއި ސަވާބު ހާސިލުވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ. 

ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި ލައިލަތުލްޤަދުރި ހޯދުމަށް މަސައްކަތްކުރުމާ ބެހޭ ގޮތުން اِبْنُ عُمَر رَضِيَ اللهُ عَنْهُمَاގެ އަރިހުން ރިވާވެގެން ވެ އެވެ. (أَنَّ رِجَالًا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أُرُوْا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الْأَوَاخِرِ، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الْأَوَاخِرِ، فَمَنْ كَانَ مُتَحَرِّيَهَا، فَلْيَتَحَرَّهَا فِي السَّبْعِ الْأَوَاخِرِ). މާނައީ: "މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ އަޞްޙާބުން ކުރެ ބައެއް ބޭކަލުންނަށް (ރަމަޟާންމަހު) ފަހު ދިހައިގެ ހަތްރެއިން ރެއެއްގައި، ހުވަފެންފުޅުގައި ލައިލަތުލްޤަދުރި ދެއްކެވުނެވެ. ފަހެ، (މި ކަން އެނގިވަޑައިގެން) ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިޔަބޭކަލުންނަށް، ފަހު ދިހައިގެ ހަތް ރެއިން ރެއެއްގައި އެއް ކަހަލަ ހުވަފެންފުޅެއް ފެނިވަޑައިގަތްކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. ފަހެ، އެ ރޭ ލިބިގަތުމަށް އެދޭ މީހާ، ފަހު ދިހައިގެ ހަތްރޭ ގަދައަޅައި މަސައްކަތްކުރާ ހުށިކަމެވެ.
ހުކުރު ޚުތުބާ 

ރަމަޟާންމަހަކީ ދީލަތިކަމުގެ މައްސަރުކަން ފާހަގަކޮށް ޚުތުބާގައި ވަނީ ފިޠުރު ޒަކާތް ވެސް ދެއްކުމަށް ހަދާން ކޮށްދީފަ އެވެ. 

މީގެ އިތުރުން އިސްލާމީ އުންމަތަށް އިޝާރާތް ކޮށް ޚުތުބާގައި ބުނީ، މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުން މިދަނީ އުންމަތުގެ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްގެ ތެރޭގައި ކަމަށާއި، އިސްލާމީ އުންމަތުގެ ދުޝްމަނުން، މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ގައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފެންނަމުންދާ ކަމަށާއި، މި ހާލަތުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ އަޚުވަންތަ ބަޔަކަށްވާން ޖެހޭ ކަމަށެވެ. 

ޚުތުބާގައި ބުނީ، މުސީބާތާއި ނުރައްކާތެރިކަންކަމުގެ ކުރިމަތީގައި ކެތްތެރިކަން އިސްކޮށް ހިކުމަތްތެރިވާން ޖެހޭ ކަމަށާއި، އިސްލާމީ އުންމަތަށް ނަސްރެއް ލިބޭނީ އުންމަތް އެކަތިގަނޑަކަށްވެގެން ކަމަށެވެ. އަދި ބައިބައިވެއްޖެ ނަމަ އުންމަތް ބަލިކަށިވެދާނެ ކަމަށް ޚުތުބާގައި ބުނެފައިވެ އެވެ. 

އެހެންކަމުން އުންމަތުގެ މުސްތަގުބަލަށް ޓަކައި، އިސްލާމީ ޙަޟާރަތު އަލުން އިއާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާސްތެރިކަމާ އެކު އެއަޒުމް ކަނޑައެޅުމަށް ޚުތުބާގައި ގޮވާލާފައިވެ އެވެ.

ހުކުރު ހުތުބާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

ރަމަޟާން މަހަކީ ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުތުބާ

27 ފެބުރުއަރީ 2026
ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

ރަމަޟާންމަހަކީ ހެޔޮކަމާއި ބަރަކާތާއި ފާފަފުއްސެވުމުގެ މޫސުން، ދުއާ ކުރުން ގިނަ ކުރޭ: ޚުތުބާ

20 ފެބުރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

13 ފެބުރުއަރީ 2026
ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާ ގައި ގޮވާލައިފި

ޝަރުއީ އަދި ސިއްހީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުތުހަމަވާ އެންމެން ލޭ ހަދިޔާ ކުރުމަށް ޚުތުބާ ގައި ގޮވާލައިފި

06 ފެބުރުއަރީ 2026
ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހޭ: ޚުތުބާ

ތައުލީމީ ސިޔާސަތުތައް ޒަމާނާ ގުޅޭ ގޮތަށް މުރާޖައާކޮށް ހަރުދަނާ ކުރަން ޖެހޭ: ޚުތުބާ

30 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު