Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައްގުތައް ގެއްލުން ބިރު

މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި: ފައްޔާޒް

މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަމުންދާ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ކަންބޮޑުވުން ފާޅުކުރެއްވި. އަދި ރާއްޖޭގައި އަނެއްކާވެސް ޚުދުމުހުތާރު ވެރިކަމެއް އުފެދުމުގެ ބިރު އޮތްކަން ފާހަގަކުރައްވައި، ކުރިން ލިބިފައިވާ މިނިވަންކަން ދިފާއުކުރުމަށް ރައްޔިތުން އިތުރަށް ސަމާލުވުމަށް އޭނާ ވަނީ ގޮވާލެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 21 މެއި 2026 | ބުރާސްފަތި 18:53
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ 21.05.2026

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ 21.05.2026 | އެމްޑީޕީ

މިއަދު މިއޮތީ 20-30 އަހަރު ކުރިން ކުރި މަސައްކަތް އަލުން ކުރަން ޖެހޭ ހިސާބަށް ހައްގުތައް ގެއްލިފައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ. 

އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ބަދަލު ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ މި ސަރުކާރުން ދަނީ ހައްގަކުން ހައްގަކުން ފަހަރަކު ހަގެއް ދަމައިގަންނަމުން ކަމަށެވެ. ޚާއްޞަކޮށް ބަސް ބުނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަންނަމުންދާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. މިއަދު މި ތިބީ ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހޭ ހިސާބުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

"މިނިވަންކަމުގެ ތެރެއިން ވޯޓުފޮށި މެދުވެރިކޮށް މި ހައްގުތައް ގަބޫލު ނުކުރާ ބަޔަކަށް ވެރިކަން ލިބުމުގެ ފުރުސަތު ދިވެހި ރާއްޖެ އިން އެބަ ލިބޭ. އެކި ސަބަބުތަކަށްޓަކާ ޚުދުމުހާތު ވެރިކަން ބޭނުންވާ ބަޔަކަށް ރާއްޖޭގެ ވެރިކަމާއި ހިސާބަށް އެބަ އާދެވޭ. އެކަން ބަދަލުކުރުން މިހާރު އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ." ފައްޔާޒް ވިދާޅުވި އެވެ.

ދިވެހިން ބުރަ މަސައްކަތުން ހޯދާފައިވާ ހައްގުތައް ނުގެއްލޭނެ ގޮތަކަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން، ފައްޔާޒް ވިދާޅުވީ ދިވެހިންނަށް ހައްގުތައް ލިބުނީ ފެހި ޤާނޫނުއަސާސީ އާއި އެކުގައި ކަމަށާއި އެ ހައްގުތައް ހޯދުމަށް އެމްޑީޕީ އިން ވަރަށް ގިނަ މަސައްކަތްތަކެއް އޭރު ވެސް ކުރި ކަމަށެވެ. 

ފައްޔާޒް އިތުރަށް ވިދާޅުވީ ކުރިން ދިވެހިން ހައްގުތައް ހޯދަން ނުކުތް އިރު ދެއްކި ހިތްވަރު މިއަދު ދިވެހިންނަށް ނުދެއްކޭ ކަމަށާއި އެއީ ހަގީގަތް ކަމަށެވެ. އެ ހިތްވަރު ނެތުމުގެ މައިގަނޑު ސަބަބަކީ އެ ލިބުނު ހައްގުތަކުގެ ހިމާޔަތުގައި ތިބުމުން ކުރިން އޮތް އަނިޔާވެރިކަން ހަނދާން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަނިޔާވެރިކަމާއި ދިމާއަށް މިހާރު ގައުމު ދާ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފަ އެވެ.

ފައްޔާޒް އިސްމާއިލްއެމްޑީޕީބޮޑު ބަދަލުޤާނޫނުއަސާސީ

އިތުރަށް ކިޔާލަން

21 މެއި 2026

އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު

21 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު
21 މެއި 2026

މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް

21 މެއި 2026
މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް
21 މެއި 2026

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް މެންބަރު މީކާއީލް ވައުދުވެވަޑައިގެންފި

21 މެއި 2026
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް މެންބަރު މީކާއީލް ވައުދުވެވަޑައިގެންފި
20 މެއި 2026

އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު

20 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު
20 މެއި 2026

2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް

20 މެއި 2026
2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު