Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީކާއިލް ނަސީމް

2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް

އެމްޑީޕީއަށް އަލުން ވެރިކަން ހޯދައިދިނުމަށްޓަކައި ޕާޓީގެ އެތެރޭގެ ބައިބައިވުންތަކަށް ފުރުސަތު ނުދީ، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުން މުހިންމު ކަމަށް މީކާއީލް ނަސީމް ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 20 މެއި 2026 | ބުދަ 18:44
ހިންނަވަރުގައި ބޭއްވި އިތުބާރު ކެމްޕެއިން ޖަލްސާގައި މީކާއިލް ނަސީމް އަދި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އާއި އިތުރު ބައެއް ބޭފުޅުން 20.05.2026

ހިންނަވަރުގައި ބޭއްވި އިތުބާރު ކެމްޕެއިން ޖަލްސާގައި މީކާއިލް ނަސީމް އަދި ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އާއި އިތުރު ބައެއް ބޭފުޅުން 20.05.2026 | ރާއްޖެ އެމްވީ

2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައިދޭންޖެހޭކަން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ  އެފަދައިން ވިދާޅުވީ ޅ. ހިންނަވަރުގައި ބޭއްވި "އިތުބާރު" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމްޑީޕީ އަށް 2023 ވަނަ އަހަރު ގެއްލުނު ވެރިކަން އަލުން އެމްޑީޕީ އަށް ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ވަރަށް ރަނގަޅަށް ކަންކަން ރާވާލެވިގެން ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ. ބައިބައިވުމާއި ރޫޅުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެމްޑީޕީ އަށް ވެރިކަން ހޯދާދޭން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން 2028 ކާމިޔާބު ކުރާނީ އެންމެން އެކުގައި ނުކުމެ އެއް ބަސް ކިޔާ، އެއް މަސައްކަތެއް ކޮށްގެން." މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އެމްޑީޕީގެ އާއްމު މެމްބަރުން ވަރަށް ބޮޑު މުހިންމު ކަމެއް ދޭން ޖެހޭ ކަމަށެވެ. އަދި ޕާޓީގެ ކަންކަން ވިލަރެސް ކުރުމުގައި އަތޮޅު ތެރޭގެ ބަސް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވަނީ އެމްޑީޕީގައި ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވާ އެއީ އެ ޕާޓީގެ މުއްސަނދިކަން ކަމަށް ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން މީކާއިލް ވަނީ އެމްޑީޕީ އާއްމު މީހާ އަށް މުހިންމީ ވަޒީފާގެ ހައްގު ފަދަ އަސާސީ ހައްގުތައް ލިބުން ކަމަށާއި އެކަން ކުރެވޭނީ އެމްޑީޕީގެ ވެރިކަމެއް އަލުން ޤާއިމް ވެގެން ކަމަށް ވިދާޅުވެފަ އެވެ. 

މީކާއިލް ނަސީމްއެމްޑީޕީހިންނަވަރުއިތުބާރު ކެމްޕެއިން

އިތުރަށް ކިޔާލަން

20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
20 މެއި 2026

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

20 މެއި 2026
ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!
19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
19 މެއި 2026

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

19 މެއި 2026
ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް
19 މެއި 2026

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

19 މެއި 2026
3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު