Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރުން

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރުމާ ގުޅިގެން އެސްޓީއޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވިދާޅުވެއްޖެ. ވަޒީފާދޭ ފަރާތުގެ މަސައްކަތާ ގުޅުމެއް ނެތް ކަމެއްގައި އަމިއްލަ ހައިސިއްޔަތުން ފާޅުކުރާ ޚިޔާލަކާ ގުޅިގެން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްތޯ ކަނޑައެޅުމުގެ އިޚްތިޔާރު ކުންފުނިތަކަށް ލިބިގެން ނުވާ ކަމަށް އޭނާ ފާހަގަކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 މެއި 2026 | ބުދަ 08:33
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް | ރާއްޖެ އެމްވީ

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއްކަމަށާއި، އެގޮތަށް ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އެމްޑީޕީން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެއެވެ.

މައުރޫފް އެހެން ވިދާޅުވީ އައިޝާ ޑޮކިއުމެންޓަރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެފައިވާ ކަމަށް ނިންމައި އެސްޓީއޯގެ މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

Advertisement - newsAdvertisement

އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ކްރިމިނަލް ކޯޓުގެ އަމުރާއި ހިލާފުވެ، އެ ކުންފުނީގެ މުވައްޒަފުން ގެންގުޅެން ޖެހޭ އާންމު ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަމަށް ބުނެއެވެ. އަދި ރައީސްގެ ދެކަނބަލުންނަށް ފުރައްސާރަވާ ފަދަ އިބާރަތް އޭނާ ބޭނުންކޮށްފައިވާކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

އެކަމާ ގުޅިގެން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވީ، ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފުމަކީ، ވަޒީފާދޭ ފަރާތުގެ މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި ނަމަ، އެކަމާ ގުޅިގެން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މައުރޫފް ވިދާޅުވީ ވަޒީފާ އަދާކުރާ ތަނުގެ މަސައްކަތާ އެއްވެސް ގުޅުމެއް ނެތް ކަމެއްގައި، އަމިއްލަ ހައިސިއްޔަތުން ފާޅުކުރާ ޚިޔާލަކާ ގުޅިގެން ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމަކީ އިންތިހާއަށް ބޭއިންސާފު އަދި ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. ކޮންމެ ރައްޔިތަކަށްމެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކޮށްގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މައުރޫފް ވިދާޅުވީ، ވަކި ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތްތަކަށް ލިބިގެން ނުވާ ކަމަށެވެ. އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ކްރިމިނަލް ކޯޓުން ކަމަށާއި، އެފަދަ ނިންމުންތައް ނިންމުމަކީ ވަޒީފާދޭ ފަރާތްތަކުގެ މަސްއޫލިއްޔަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މައުރޫފް ވަނީ ވަޒީފާއިން ވަކިކުރި މީހަކީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށްވެސް އެދިވަޑައިގެންފައެވެ. އެގޮތުން އެ މީހަކީ ކާކުކަން އެނގޭ ފަރާތެއްވާނަމަ އެ މައުލޫމާތު ހިއްސާކޮށްދިނުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. މިއީ ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކާ ގުޅިގެން ބައެއް މުވައްޒަފުންނަށް ފިޔަވަޅު އަޅަމުންދާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މިފަދަ މައްސަލަތަކުގައި ގާނޫނީ މާހިރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް ލިބިދޭ ރައްކާތެރިކަމާއި، ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އިހުތިރާމް ކުރުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

 

 

އަހްމަދު މައުރޫފްއެމްޑީޕީއެސްޓީއޯކްރިމިނަލް ކޯޓްއައިޝާ ޑޮކިއުމެންޓްރީދުލާއި ގަލަމުގެ މިނިވަންކަން

އިތުރަށް ކިޔާލަން

20 މެއި 2026

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

20 މެއި 2026
ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!
19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
19 މެއި 2026

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

19 މެއި 2026
ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް
19 މެއި 2026

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

19 މެއި 2026
3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި
19 މެއި 2026

އަދަދު ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ

19 މެއި 2026
އަދަދު ނޫހުގެ ނޫސްވެރިން ޖަލަށްލި މައްސަލަ އެޗްއާރްސީއެމް އިން ތަހުގީގު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު