Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ

ސަރުކާރު ވައްޓާލަން ނުކުތުމަށްވުރެ ޕާޓީގެ އިންތިޒާމުތަކާއި އެތެރޭގެ ހަމަޖެހުން ގާއިމްކޮށް 2028 އަށް ތައްޔާރުވާންޖެހޭ: މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކޮށް، އިންސާފުވެރި ޕްރައިމަރީއެއް ކަށަވަރުކުރަންޖެހޭ ކަމަށް. ޕާޓީގެ ހިންގުން ޒަމާނީކޮށް، ވަކި ކެންޑިޑޭޓަކަށް ބުރަނުވާނެ ތެދުވެރި ޗެއަރޕާސަނަކު އިސްކުރުމަކީ ބައިބައިވުން ނައްތާލުމަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވި. އަދި ސަރުކާރު ވައްޓާލުމުގެ ބަދަލުގައި، ޕާޓީގެ ސަފުތައް ބަދަހިކޮށްގެން ނޫނީ ސިޔާސީ ކާމިޔާބީއެއް ނުލިބޭނެ ކަމަށް މީކާއިލް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 18:26
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް. | ރާއްޖެ އެމްވީ

އެމްޑީޕީގެ އެތެރޭގެ އިންތިޒާމުތައް ހަރުދަނާކޮށް، ޕާޓީގެ ހަމަޖެހުން ގާއިމްކުރުމަށް ފަހު 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވާންޖެހޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މީކާއިލް މިހެން ވިދާޅުވީ ބޮނޑިބަތް ޕާކުގައި ބޭއްވި އޭނާގެ "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ ޗެއަރޕާސަންގެ އިންތިޚާބުގެ ކެމްޕޭނަށް މިހާތަނަށް 34 ރަށަކަށް ދެވުނުއިރު، ކޮންމެ ރަށަކުން ވެސް އާންމު މެންބަރުން އެދެނީ ތެދުވެރި އަދި ބަހުގެ އިތުބާރު ހިފޭ ޗެއަރޕާސަނަކަށް ކަމަށެވެ. އަދި ޕާޓީގެ ކާމިޔާބީގައި ވެސް އަދި ނާކާމިޔާބީގައި ވެސް އެމްޑީޕީ ނޫން އެހެން ގޮތެއް އޭނާއަށް ނެތް ކަމަށާއި، އޭނާގެ މުޅި އުމުރު ހޭދަކުރީ އެ ޕާޓީގައި ކަމަށް މީކާއިލް ފާހަގަކުރެއްވި އެވެ. އޭނާ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ ޕާޓީގެ ތިލަފަތުގެ ހަމަހަމަކަން މެންބަރުންނަށް ހޯދައިދީ، އެމްޑީޕީއަކީ ބާރުވެރި ޕާޓީއަކަށް ހެދުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑު އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައިގެން މިހިރީ މި ޕާޓީގެ ތިލަފަތުގެ ހަމަހަމަކަން މި ޕާޓީގެ މެންބަރުންނަށް ގެނެސްދޭން. ތިލަފަތުގެ ހަމަހަމަކަން މި ޕާޓީގެ އާއްމު މެންބަރުންނަށް ގެނެސްދޭން މި ޕާޓީއަކީ ބާރުވެރި ޕާޓީއަކަށް ހަދައިދޭން. އަޅުގަނޑު އެމް.ޑީ.ޕީގެ ޗެއަރޕާސަން ކަމަށް ނުކުމެ މިހިރީ ކުރިއަށް އޮތް ދެހާސް އަށާވީހުގެ ރިޔާސީ އިންތިޚާބު އަޅުގަނޑުމެންނަށް ކާމިޔާބުވާނީ އެ ރިޔާސީ އިންތިޚާބަށް ބާއްވާ ޕްރައިމަރީއަކީ މި ޕާޓީގެ އާއްމު މެންބަރުން ގަބޫލުކުރާ، މި ޕާޓީގެ އާއްމު މެންބަރުންނަށް އިންސާފުވެރިކަމާއި ހަމަހަމަކަން އޮތްކަން ގަބޫލުކުރެވޭ އެ ޕާސެޕްޝަން އޮތް ރިޔާސީ ޕްރައިމަރީއަކަށް ހަދައިދޭން. އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން. ތަކުރާރުކޮށް އަޅުގަނޑު ދަންނަވަން، ހަމަޔާއި އިންސާފު ގަބޫލުކުރައްވާ އެމް.ޑީ.ޕީގެ އާއްމު މެންބަރުން، އުސޫލެއްގައި ތިއްބަވާ އެމް.ޑީ.ޕީގެ އާއްމު މެންބަރުން ނިކަން ވިސްނަވައި، މީކީ ވަކި ބޭފުޅަކަށް ދަންނަވަންޖެހޭ ބަހެއް ނޫން. ރައްދުކުރާ ބަހެއް ނޫން. އެހެންނަމަވެސް، ހަމަ ބުއްދިން ވިސްނައިލާއިރު އަޅުގަނޑުމެންނަށް އިނގޭ މެޗެއްގެ ރެފްރީއަކަށް ވަކި ކޮޅެއް ނުނެންގެވޭނެ.
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް 

ޕާޓީގެ އެތެރޭގެ ކަންކަން ހުރިގޮތުގެ ސަބަބުން 2028 ގައި ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ލިބިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް މީކާއިލް ވިދާޅުވި އެވެ. އެހެންކަމުން، ޕާޓީގެ އެއްބައިވަންތަކަން ގެއްލުވައިނުލުމަށާއި، މެންބަރުން މަގުމަތިވިޔަ ނުދިނުމަށް އޭނާ ވަނީ އާދޭހާއެކު އެދިވަޑައިގެންފަ އެވެ. މީކާއިލް ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ ކުރިން ޕާޓީގެ ސަފުތައް ބަދަހިކޮށް، އެތެރޭގެ އިންތިޒާމުތައް ރަނގަޅުކުރަންޖެހޭ ކަމަށެވެ. ސަރުކާރެއް ނިންމާލުމަކުން އެކަނި ގައުމަށް ނުވަތަ ޕާޓީއަށް ހަމަޖެހުމެއް ނާންނާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންވީމާ، އަޅުގަނޑު އާދޭސް ދަންނަވަ އެމް.ޑީ.ޕީގެ އާއްމު މެންބަރުންނަށް އަޅުގަނޑު އާދޭސް ދަންނަވަން، މި ފަހަރު ތި ބޭފުޅުން މަގުމަތިކުރިޔަނުދެއްވާތި. މި ފަހަރު ތި ބޭފުޅުން މަގުމަތިކޮށްލިޔަނުދެއްވާތީ. މި ފަހަރު ދެހާސް އަށާވީހަށް މި ޕާޓީގެ އެއްބައިވަންތަކަން ގެއްލުވައިލިޔަނުދެއްވާތީ. އަޅުގަނޑުމެން އެމް.ޑީ.ޕީއަށް މިހާތަނަށް އިންތިޚާބުތައް ކާމިޔާބުވެފައި އޮތީ މި ޕާޓީގެ ހުރިހާ ބޭފުޅުން، ހުރިހާ ބޭފުޅުން އެކުއެކީ މަސައްކަތްކުރައްވައިގެން އަޅުގަނޑުމެންނަށް އިންތިޚާބުތައް ކާމިޔާބުވެފައި އޮތީ، ސަރުކާރު ވައްޓާލަން ނުކުމެއްކަމަށްވުރެ އެއަށްވުރެ ކުރިއަށް މި ޕާޓީގެ އިންތިޒާމުތައް، މި ޕާޓީގެ އެތެރޭގެ ހަމަޖެހުން އަޅުގަނޑުމެން ގާއިމުކޮށްގެން. ރަނގަޅު؛ ދެހާސް އަށާވީސްގެ ކުރިއަށް އަޅުގަނޑުމެންނަށް ފަހަރުގައި މުޢިއްޒުގެ ސަރުކާރު ނިންމާލެވިދާނެ. އެކަމަކު ދެން ވަނީ ކީއްތޯ؟ އަޅުގަނޑުމެން ވިސްނާލަންޖެހޭ. ސަރުކާރެއް ނިންމާލުމަކުން އަދި ހަމަޖެހުމެއް މި ޤައުމަކަށް ނާދޭ، މި ޕާޓީއަށް ހަމަޖެހުން އޭގެ ކުރިއަށް އަޅުގަނޑުމެން ގެންނާންޖެހޭ. މި ޕާޓީގެ ސަފުތައް ބަދަހިކުރަންޖެހޭ. މި ޕާޓީ ތެރޭގައި އިންތިޒާމުތައް ރަނގަޅުކުރަންޖެހޭ. 
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް 

މީގެ އިތުރުން، އެމްޑީޕީއަށް 21 އަހަރު ފުރެންދާއިރު ޕާޓީގެ އަސާސީ ކަންކަން ފުރިހަމަވެފައި ނެތުމުން މީކާއިލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ކަންމަތީ ފިހާރައެއްގައި ވެސް ހުންނަ މިންވަރަށް ޕާޓީގެ ރެކޯޑްތަކާއި، އާކައިވް އަދި އިންވެންޓްރީ ބެލެހެއްޓޭނެ ނިޒާމެއް މިހާތަނަށް ގާއިމްވެފައި ނެތް ކަމަށެވެ. މީކާއިލް ވިދާޅުވީ އޭނާ ޗެއަރޕާސަން ކަމަށް ކުރިމަތިލެއްވީ ޕާޓީގައި ހުރި މިފަދަ އަސާސީ މައްސަލަތައް ހައްލުކޮށް، ޕާޓީގެ ހިންގުން ޒަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކަމަށެވެ.

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީޑރ. މުއިއްޒު2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު

ކޮމެންޓް

އިތުރަށް ކިޔާލަން

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

3 ރައީސުން ގުޅިގެން ނެރުއްވި ގުޅިފައިވާ ބަޔާނުގައި ފާހަގަ ކޮށްފައިވާ މަސައްކަތްތަކަށް ތަންފީޒު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި

19 މެއި 2026
ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

ޚަރަދު ކުޑަކުރުމުގެ ބަހަނާއަށްފަހު އަނެއްކާވެސް އަތޮޅު އޮފީސް

19 މެއި 2026
ހުރިހާ ރައްޔިތުން މިތިބީ ބޮޑު ޖަލެއްގެ ތެރޭގައި ގޮތް ހުސްވެފައި: ޣަފޫރު

ހުރިހާ ރައްޔިތުން މިތިބީ ބޮޑު ޖަލެއްގެ ތެރޭގައި ގޮތް ހުސްވެފައި: ޣަފޫރު

19 މެއި 2026
އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

19 މެއި 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު