Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސޯލިހު ނަޝީދު ތާއީދު

އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު: ރައީސް ސޯލިހު

ރައީސް ނަޝީދަކީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި، ނަމަވެސް މިއީ އެމަނިކުފާނު ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވަންވީ ވަގުތު ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި. ރައީސް ސޯލިހު ވިދާޅުވީ ގައުމު އިސްލާހުކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުން ފަށާފައިވާ މަސައްކަތުގައި ރައީސް ނަޝީދު ދެމިހުންނަވަން ޖެހޭ ކަމަށް.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 21 މެއި 2026 | ބުރާސްފަތި 14:02
ހިންނަވަރުގައި ރޭ ބޭއްވި އިިތުބާރު ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު .

ހިންނަވަރުގައި ރޭ ބޭއްވި އިިތުބާރު ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު . | އެމްޑީޕީ

އެމްޑީޕީގެ ލީޑަރޝިޕް އިތުރު ޖީލަކަށް ނުދެވޭ ނަމަ އަނެއްކާ ވެސް ގެއްލެނީ އިތުރު އެއް ޖީލަށް ޕާޓީގެ ލީޑަރޝިޕަށް އައުމުގެ ފުރުސަތު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެފަދައިން ވިދާޅުވި ހިންނަވަރުގައި އޮތް އިތުބާރު ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.  ދިގު 30 އަހަރުގެ ވެރިކަމުގެ ސަބަބުން ދެ ޖީލެއްގެ މޮޅެތި ލީޑަރުންނަށް ގައުމުގެ އެންމެ މަތީ މަގާމުތަކަށް އައުމުގެ ފުރުސަތު ގެއްލިގެން ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement - newsAdvertisement

2028 ވަނަ އަހަރު ވޯޓުލާ އާބާދީގެ 40 އަށް ވުރެ ގިނަ އިންސައްތަ އަކީ ޒުވާނުން ކަމަށާއި އެމްޑީޕީގެ ބޮޑު އިންސައްތަ އެއް ހިއްސާކުރަނީ ވެސް  ޒުވާނުން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ނުކުމެ ހުންނެވީ ޒުވާނުންނާއި އެހެނިހެން ފަރާތްތަކަށް ޕާޓީގެ ތެރެއިން ރަނގަޅު ފުރުސަތުތަކެއް ލިބޭނެ މަގު ފަހިކޮށްދިނުމުގެ މެނިފެސްޓޯއަކާއި އެކުގައި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ނަޝީދު އަކީ ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި މިއީ ރައީސް ނަޝީދު ޗެއަރޕަރސަންކަމުގެ އިންތިޚާބުގައި ވާދަކުރައްވަންވީ ވަގުތު ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. މިއީ ގައުމު އިސްލާހުކުރުމަށްޓަކައި މިއަދު ކުރިމަތިވެފައި އޮތް މަސައްކަތްތައް ކުރުމަށްޓަކައި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓުގައި ތިން ރައީސުން ފެށި މަސައްކަތުގައި ރައީސް ނަޝީދު ދެމިހުންނަވަންވީ ވަގުތު ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

" މި އަދު އަޅުގަނޑު މި ހުރީ މީކާއިލް އާއި އެކުގައި ނުކުމެ މީކާއިލް އަށް ތާއީދުކޮށްގެން. މާދަމާ ގޮސް އަޅުގަނޑު ހުންނާނީ ރައީސް ނަޝީދާއި އެކު މި ދެންނެވި މަސައްކަތް ކުރަން. އެކަން ކުރެވޭނެ އެގޮތަށް. " ރައީސް ސޯލިހު ވިދާޅުވި އެވެ.

30 އަހަރުގެ ދިގު ވެރިކަމުން ދިމާވި މައްސަލަތައް އެމްޑީޕީ އަށް ދިމާވާން ނޭދޭކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އަދި މިއަދު ނިންމާ ކޮންމެ ނިންމުމެއް ނިންމަން ވާނީ ވިސްނުމަށް ފަހު މާޒީ އިން ތަޖުރިބާ ހާސިލްކޮށްގެން ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީއިބްރާހިމް މުހައްމަދު ސޯލިހުމީކާއިލް ނަސީމްޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓު

އިތުރަށް ކިޔާލަން

21 މެއި 2026

މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް

21 މެއި 2026
މީކާއިލް ޗެއަރޕަރސަންކަމަށް އައުމަކީ ޕާޓީ ރަނގަޅަށް ރުކުރުވާލަން ލިބޭ ފުރުސަތެއް: ނާޒިލް
21 މެއި 2026

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް މެންބަރު މީކާއީލް ވައުދުވެވަޑައިގެންފި

21 މެއި 2026
ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް މެންބަރު މީކާއީލް ވައުދުވެވަޑައިގެންފި
20 މެއި 2026

އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު

20 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު
20 މެއި 2026

2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް

20 މެއި 2026
2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް
20 މެއި 2026

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު