Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު 2026

ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް މެންބަރު މީކާއީލް ވައުދުވެވަޑައިގެންފި

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއީލް ނަސީމް ވަނީ ޕާޓީގެ މާލީ ހާލަތު ވަރުގަދަކޮށް، ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ފީ އަނބުރާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި. އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ޕާޓީގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، އޭނާގެ އަމާޒަކީ އެމްޑީޕީއަކީ މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ދެފުށް ފެންނަ ޕާޓީއަކަށް ހެއްދެވުން ކަމަށް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މެއި 2026 | ބުރާސްފަތި 08:09
އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި، އެޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވާހަކަދައްކަވަނީ.

އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި، އެޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވާހަކަދައްކަވަނީ. | އެމްޑީޕީ

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވައުދުވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް ނެރުއްވި ވީޑިއޯއެއްގައި ވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންގެ އިންތިޚާބީ ފީ އަނބުރާ ހަވާލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

މީކާއީލް ވިދާޅުވީ، ޕާޓީގެ މިހާރުގެ މާލީ ހާލަތު ބަލިކަށިވުމުގެ ސަބަބުން މި ނިމުނު ކައުންސިލްގެ އިންތިޚާބުގެ ފީތައް ކެންޑިޑޭޓުންނަށް ދެއްކިފައިނުވާ ކަމަށެވެ. އަދި މައިގަނޑު އަމާޒަކީ ޕާޓީގެ މާލީ މެނޭޖްމަންޓް ވަރުގަދަކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ޕާޓީއަކީ މާލީގޮތުން ތަނަވަސް އަދި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޕާޓީއަކަށް އެމްޑީޕީ ހެދުން ކަމަށް މީކާއީލް ވިދާޅުވި އެވެ.

މީގެ އިތުރުން މީކާއީލް ގެންދަވަނީ އިތުބާރުގެ ނަމުގައި މުޅި ރާއްޖޭގައި ކެންޕޭން ކުރައްވަމުންނެވެ. 

މީކާއީލް ވިދާޅުވީ އިންތިޚާބެއްގެ ނަތީޖާ ނުކުންނަ ގޮތުން އެމްޑީޕީގައި ދެމި ތިބޭނެތޯ ޕާޓީގެ އާއްމު މެންބަރުން ވަރަށް ގިނައިން ސުވާލު ކުރަމުންދާ ކަމަށާއި، އެއީ ވަރަށް ދެރަވަރުގެ ކަމެއް ކަމަށެވެ. އަދި މިއަދު އެ ސުވާލު އުފައްދަނީ އެސުވާލުތައް އުފަދައްދާނެ ޖާގަ އޮތުމުން ކަމަށާއި، މާޒީގައި ކަންކަން ހިނގާފައިވާ ގޮތުން ކަމަށެވެ.

ނަމަވެސް ކޮންމެ ގޮތަކަށް ނަތީޖާ އައިކަމުގައި ވީ ނަމަވެސް އަބަދުވެސް އެމްޑީޕީގައި ދެމިތިބޭނެ ކަމަށާއި، ޕާޓީއަށް ޚިދުމަތް ކުރުމުގައި ދެމިތިބޭނެކަމާއި، ޕާޓީ ކުރިއެރުވުމުގެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މީކާއީލް ދެއްވި އެވެ.

މީކާއިލް ނަސީމްއެމްޑީޕީލޯކަލް ކައުންސިލް އިންތިޚާބު 2026ޗެއަރޕާސަން އިންތިހާބު

އިތުރަށް ކިޔާލަން

20 މެއި 2026

އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު

20 މެއި 2026
އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު
20 މެއި 2026

2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް

20 މެއި 2026
2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
20 މެއި 2026

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

20 މެއި 2026
ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!
19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު