Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ލީޑަރޝިޕް

އެމްޑީޕީގެ ލީޑަރޝިޕް އައު ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް: ރައީސް ސޯލިހު

އެމްޑީޕީއަކީ ލީޑަރުން އުފައްދާ ޕާޓީއެއްކަން ފާހަގަކުރައްވައި، އެ ޕާޓީގެ ހިންގުން އައު ޖީލަކާ ހަވާލުކުރާ މަންޒަރު ދެކެން ބޭނުންވެލައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ. ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅުންގެ ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ ޒުވާން ލީޑަރުންނަށް ފުރުސަތު ދިނުމަކީ ޕާޓީ އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށް. އެހެންކަމުން ޕާޓީގެ ކުރީގެ ލީޑަރުންގެ ހާޒިރުގައި އައު ޖީލަކަށް ބެޓަން ފޯރުކޮށްދިނުމަކީ ޕާޓީއަށް ލިބޭނެ ބޮޑު ފަޚުރެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވި.

މަޚްތޫމް
މަޚްތޫމް | 20 މެއި 2026 | ބުދަ 20:00
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީކާއިލް ނަސީމާއެކު ހިންނަވަރު ޖަލްސާގައި.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީކާއިލް ނަސީމާއެކު ހިންނަވަރު ޖަލްސާގައި. | ރާއްޖެ އެމްވީ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރޝިޕްގެ ބެޓަން އައު ޖީލަށް ފޯރުކޮށްދޭ މަންޒަރު ދެކެން ބޭނުންވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޅ. ހިންނަވަރުގައި ބޭއްވި "އިތުބާރު" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއަށް ވޭތުވެދިޔަ 21 އަހަރު ދުވަހުގެ ތެރޭގައި އެ ޕާޓީން ރާއްޖޭގެ ވެރިކަން ކުރެއްވި ދެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ތިން ބޭފުޅުންނާއި، މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ތިން ބޭފުޅުން އުފައްދާފައިވާ ކަމަށެވެ. މީގެ އިތުރުން ޕާޓީގެ ޗެއަރޕާސަންކަމާއި ލީޑަރުކަން ކުރެއްވި އެތައް ސިޔާސީ ޝަހުސިއްޔަތުންނެއް އެމްޑީޕީން ނެރެދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އެގޮތުން ޕާޓީގެ އިސް މަގާމުތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅުންގެ ނަންތައް ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ އިބްރާހީމް އިސްމާޢީލް، ޑރ. އިބްރާހީމް ދީދީ، ޑރ. މުހައްމަދު މުނައްވަރު، މާރިޔާ އަހުމަދު ދީދީ، މޫސާ މަނިކު އަދި އަލީ ވަހީދުގެ ނަން ފާހަގަކުރައްވާފަ އެވެ. އަދި ހަސަން ލަތީފާއި، މިހާރުގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލާއި، މިހާރު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކުރައްވާ އިބްރާހީމް ނާޒިލް އަދި މެންބަރު ޣަފޫރު އަކީ ގައުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑު ބޭނުންވަނީ ޕާޓީއަށް އެކާވީސް އަހަރު ފުރޭ ދުވަހު. އަޅުގަނޑު މި ދެންނެވި މި ސަޚްޞިއްޔަތުތައް، މި ލީޑަރުންތައް އެއް ތަނެއްގައި އެއް ސްޓޭޖެއްގައި އަތުރައިލާފައި އަޅުގަނޑުމެންގެ އާ ލީޑަރޝިޕަކާ އެކީގައި މި ޕާޓީގެ މަސައްކަތް ފަށައިގަންނަން. ކޮންފަދަ ފަޚުރުވެރި ޕާޓީއެއްގެ ގޮތުގައި އެ ދުވަހު ފެންނާނެ. ދެ ރައީސުންނާއި، ތިން ރައްޔިތުންގެ މަޖިލީހުގެ ރައީސުންނާއި، ރައްޔިތުންގެ މަޖިލީހުގެ ތިން ނައިބު ރައީސުންނާ، މި ދެންނެވި އިތުރަށް ސިޔާސީ އެތައް ސުހުސިއްޔަތެއް އެ ދުވަހު އެއް ތަނަކުން ފެނިގެންދާނެ. އެކަން ކުރާއިރުގައި އަޅުގަނޑުމެންގެ ކުރިމަތީގައި އަޅުގަނޑުމެން އެ ބެޓުން އާ ޖީލަށް ޕާސްކޮށްލާ ތަން ފެނިގެންދިޔުމަކީ އަޅުގަނޑު ދެކެން ބޭނުންވާ ކަމެއް. އެއީ އަޅުގަނޑު މީކާއިލްއަށް ތާއިދުކުރައްވާ ކަމަކީ.  
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީއަކީ ލީޑަރުން އުފައްދާ ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދަކީ އަނެއްކާވެސް އައު ލީޑަރުންނަށް ފުރުސަތު ދޭންވީ ވަގުތު ކަމަށެވެ. އެމަނިކުފާނު ބޭނުންފުޅުވަނީ ޕާޓީއަށް 21 އަހަރު ފުރޭ ދުވަހު، ޕާޓީގެ ކުރީގެ ހުރިހާ ލީޑަރުންނާއި ޝަހުސިއްޔަތުން އެއް ސްޓޭޖަކުން ފެނިގެންދިޔުން ކަމަށް ވިދާޅުވި އެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ވަނީ އެމްޑީޕީގެ ކުރިމަގު ބިނާކުރުމުގައި ޒުވާން ލީޑަރުންނަށް ފުރުސަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުއްވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޕާޓީގެ މަސައްކަތްތައް އައު ލީޑަރޝިޕަކާއެކު ފަށައިގަތުމަކީ ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.

އިބްރާހިމް މުހައްމަދު ސޯލިހުއެމްޑީޕީޅ. ހިންނަވަރުމީކާއިލް އަހުމަދު ނަސީމް

އިތުރަށް ކިޔާލަން

20 މެއި 2026

2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް

20 މެއި 2026
2023 އިން ލިބޭ ފިލާވަޅަކީ އެންމެން އެކުގައި ނުކުމެ އެމްޑީޕީ އަށް ވެރިކަން ހޯދައި ދޭންޖެހޭކަން: މީކާއިލް
20 މެއި 2026

ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި

20 މެއި 2026
ކުރީގެ ސަރުކާރުން އެދިފައިވާ ގޮތަށް ޔޫކޭ. އިން ރާއްޖޭގެ ކަނޑުމަހަށް ނަގާ ޑިއުޓީ މާފުކުރުމުން އެކަމުގެ ކްރެޑިޓް މުއިއްޒު ނަންގަވަން މަސައްކަތް ކުރައްވައިފި
20 މެއި 2026

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް

20 މެއި 2026
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ބޭއިންސާފެއް، އެމްޑީޕީން އެފަރާތްތަކަށް އެހީވާނެ: މައުރޫފް
20 މެއި 2026

ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!

20 މެއި 2026
ބީއެމްއެލްއިން ރާވައިގެން ހިންގިކަމަށް ރައީސް ވިދާޅުވި ބޮޑު ބަޣާވަތް: ޖިނާއީ މައްސަލައެއް ނެތުމުން މައްސަލަ ފައިލްކޮށްފި!
19 މެއި 2026

އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު

19 މެއި 2026
އަޅުގަނޑުގެ މަސްއޫލިއްޔަތު ވަރަށް ސާފު، އެއީ މި ވެރިކަން ބަދަލުކުރުން: ރައީސް ނަޝިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު