Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވެމްކޯ މުވައްޒަފު ވަކިކުރުން

ވެމްކޯ އެމްޑީގެ ނުފޫޒުން، އެޕްރައިޒަލް އިން އެންމެ މަތީ މާކްސް ހޯދާ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ވެމްކޯގެ ހިންގުން ހަރުދަނާކޮށް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ރ. ވަންދޫ ފެސިލިޓީގައި 8 އަހަރު މަސައްކަތްކުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ސިޔާސީ ނުފޫޒުން ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފަ. ކައުންސިލް އިންތިޚާބަށްފަހު އަލުން ވަޒީފާ ދޭނެ ކަމުގެ ޔަގީންކަން ކުރިން ދީފައިވީ ނަމަވެސް، އެ މުވައްޒަފު ވަކިކުރިއިރު އެތަނަށް ސިޔާސީ ނުފޫޒުން އާ މުވައްޒަފުން އައްޔަންކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ. މި މައްސަލައިގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި ސިޔާސީ ބައެއް ބޭފުޅުންގެ ނުފޫޒު އޮތް ކަމަށް އެތަނުގެ މުވައްޒަފުން ތުހުމަތުކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 21 މެއި 2026 | ބުރާސްފަތި 14:10
ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީހު އަދި ރައީސް މުއިއްޒު

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީހު އަދި ރައީސް މުއިއްޒު | ވެމްކޯ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ ނުފޫޒުން، ރ. ވަންދޫ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކު ވަޒީފާ އިން ވަކިކޮށްފި އެވެ.

މި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވަނީ އެ ފެސިލިޓީގައި މަސައްކަތް ކުރަމުންދިޔަ މުޙައްމަދު ސަމީހު އެވެ. އޭނާ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން ވެމްކޯގެ ހެޑް އޮފީހުން ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.

Advertisement - newsAdvertisement

ސަމީހަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ، އޭނާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާ ގުޅިގެން، ކުންފުނީގެ އުސޫލުގެ ދަށުން 2025 ޑިސެންބަރު 19 އިން ފެށިގެން އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމާ ހަމައަށް މުސާރަ ލިބޭގޮތަށް އޭނާ ހުރީ ސަސްޕެންޝަންގައި ކަމަށެވެ. އަދި އިންތިޚާބަށްފަހު އެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ އެންގުމާ އެއްގޮތަށް ކުންފުނީގެ ހިންގުން ހަރުދަނާކޮށް މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ސިޔާސަތުގެ ދަށުން، 2026 މޭ 20 އިން ފެށިގެން އޭނާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މިކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މަޢުލޫމާތު ދެމުން ސަމީހު ބުނީ، އޭނާ ރ. ރަސްމާދޫ ކައުންސިލް އިންތިޚާބުގައި ވާދަކުރީ ކުންފުނީގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އިންތިޚާބުން ނާކާމިޔާބުވެއްޖެ ނަމަ އެކަން އެޗްއާރަށް އެންގުމުން އަލުން ވަޒީފާ ރުޖޫޢަވާނެ ކަމަށް ކުރިން ދީފައިވާ ލިޔުމުގައި އޮތް ނަމަވެސް، އިންތިޚާބަށްފަހު އޭނާ ހުށަހެޅި ސިޓީއަށް އެއްވެސް ޖަވާބެއް ނުދީ މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ބޭއްވުމަށްފަހު، ކުއްލިއަކަށް ފޮނުވީ ވަޒީފާ އިން ވަކިކުރި ލިޔުން ކަމަށް އޭނާ ކިޔައިދިނެވެ.

ވެމްކޯ އެމްޑީގެ ނުފޫޒުން މުވައްޒަފަކު ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމުގެ ތުހުމަތު!
Raajje.mv

ވެމްކޯ އެމްޑީގެ ނުފޫޒުން މުވައްޒަފަކު ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމުގެ ތުހުމަތު!

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ވެމްކޯގެ އެހެން މުވައްޒަފަކު ބުނީ، ސަމީހަކީ ވޭތުވެދިޔަ 8 އަހަރު ދުވަހު އެ ކުންފުނީގައި ނަމޫނާ މަސައްކަތްތަކެއް ކުރި މުވައްޒަފެއް ކަމަށެވެ. އަދި މުވައްޒަފުންގެ ފެންވަރު ބަލާ އެޕްރައިޒަލްތަކުން ކޮންމެ ފަހަރަކުވެސް އެންމެ މަތީ މާކްސް ހޯދަނީ ސަމީހު ކަމަށްވާއިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި އެފަދަ ގާބިލް މުވައްޒަފަކު ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން، ސަމީހު ސަސްޕެންޝަންގައި ހުރި މުއްދަތުގެ ތެރޭގައިވެސް ވަންދޫ ފެސިލިޓީއަށް އަލަށް 5 މީހަކު ވަޒީފާއަށް ނަގާފައިވާކަން އެ މުވައްޒަފު ފާހަގަކުރިއެވެ. އަދި މި ސަރުކާރު އައިފަހުން އެތަނަށް އަލަށް އައްޔަންކުރި 20 މުވައްޒަފުންގެ ތެރެއިން ގިނަ މީހުންނަކީ މަހަކު 15 ދުވަހުވެސް ވަޒީފާއަށް ހާޒިރުނުވާ މީހުން ކަމަށާއި، އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ހެޑް އޮފީހަށް ފޮނުވާ ސިޓީތަކަށް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

މި މުވައްޒަފު އިތުރަށް ބުނި ގޮތުގައި، ވަޒީފާއަށް ނުކުމެ މަސައްކަތް ނުކުރާ މީހުންނަށް ފިޔަވަޅު ނޭޅި ސަމީހު ފަދަ މުވައްޒަފުން ވަކިކުރަމުންދަނީ ސިޔާސީ ނުފޫޒުންނެވެ. އެގޮތުން މިހާރު އެތަނުގައި ތިބި ގިނަ މުވައްޒަފުންނަކީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހުގެ ނުފޫޒުން ވަޒީފާ ދީފައިވާ ބައެއް ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އެ މުވައްޒަފުންނާ ދޭތޭރޭ ފިޔަވަޅެއް ނާޅާ، ރަގަޅަށް މަސައްކަތްކުރާ މުވައްޒަފުން މިގޮތަށް ވަކި ކުރުމަކީ ސަރުކާރުން ނިކަމެތި ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާ އެއް ކަމަށް އޭނާ ބުންޏެވެ. 

ވެމްކޯމުޖުތަބާ ޖަލީލްޕީސީބީއިބްރާހިމް ފަލާހްރ. ވަންދޫ ވޭސްޓްމެނޭޖްމެންޓް ފެސިލިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

15 މެއި 2026
ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

13 މެއި 2026
ވެމްކޯ އެމްޑީގެ ނުފޫޒުން މުވައްޒަފަކު ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމުގެ ތުހުމަތު!

ވެމްކޯ އެމްޑީގެ ނުފޫޒުން މުވައްޒަފަކު ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމުގެ ތުހުމަތު!

12 މެއި 2026
މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

11 މެއި 2026
މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

07 މެއި 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު