Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯގެ މުވައްޒަފުން

ވެމްކޯ އެމްޑީގެ ނުފޫޒުން މުވައްޒަފަކު ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމުގެ ތުހުމަތު!

12 މެއި 2026 | އަންގާރަ 12:32

ރ. ރަސްމާދޫ ކައުންސިލް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރުމަށް ފަހު، އަލުން ވަޒީފާއަށް ނުކުތުމަށް ވެމްކޯގެ އުސޫލުތަކާ އެއްގޮތަށް ހުށަހެޅި މުވައްޒަފަކަށް ވަޒީފާ ނުދީ ހިފަހައްޓަމުންދާ މައްސަލައެއް ފެންމަތިވެއްޖެ. އިންތިޚާބުން ނާކާމިޔާބުވުމުން ވަޒީފާއަށް ނުކުތުމުގެ ހުއްދައަށް އެދި ސިޓީ ހުށަހެޅި ނަމަވެސް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އެންގުމަކަށް އޭނާގެ ވަޒީފާ "ހޯލްޑް" ކޮށްފައިވާ ކަމަށް އެޗްއާރުން ބުނާ ކަމަށް އެ މުވައްޒަފު ތުހުމަތުކުރޭ. މިކަމާ ގުޅިގެން ވަޒީފާއިން ވަކިކުރިކަން ނުވަތަ ނޫންކަން ސާފުނުވެ، މަހަކަށްވުރެ ގިނަ ދުވަސްވެފައިވާތީ އެ މުވައްޒަފު ވަނީ ކަންބޮޑުވުން ފާޅުކޮށްފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 މެއި 2026 | އަންގާރަ 12:32
ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރަކީ މުޖްތަބާ ޖަލީލް، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ނުރައްކާތެރި ހާދިސާ ދިމާވެ އެ ވާހަކަތައް ކުންފުނިން ފޮރުވާފައިވޭ

ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރަކީ މުޖްތަބާ ޖަލީލް، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ނުރައްކާތެރި ހާދިސާ ދިމާވެ އެ ވާހަކަތައް ކުންފުނިން ފޮރުވާފައިވޭ | ވެމްކޯ

ރ ވަންދޫ ވޭސްޓް މެނޭޖްމަންޓު ފެސިލިޓީގައި މަސައްކަތް ކުރާ މުވައްޒަފަކު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލުގެ ނުފޫޒުން ވަޒީފާއަށް ނުނެރި މަޑުކުރުވަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އެކަމުގެ މައުލޫމާތު ހިއްސާ ކުރަމުން އެ މުވައްޒަފު ރާއްޖެއެމްވީއަށް ކިޔައިދިނީ، މުވައްޒަފުންގެ އުސޫލުގެ ދަށުން ހުއްދަކުރާ ގޮތަށް، އޭނާ ރ. ރަސްމާދޫ ކައުންސިލުކަމަށް ކުރިމަތިލީ ވެމްކޯގެ ވަޒީފާގައި ހުރެގެން ކަމަށެވެ. އޭނާ ވާދަކުރީ އަމިއްލަ ގޮތުންނެވެ.

Advertisement - newsAdvertisement

އެހިސާބުން ވެމްކޯއިން ވަނީ ސަސްޕެންޑްކުރި ކަމުގެ ލިއުން މުވައްޒަފަށް ދީފައެވެ. އެއީ އާންމު އުސޫލުން ވެސް އެކަން އޮންނަ ގޮތެވެ. އަދި އިންތިޚާބުން ނާކާމިޔާބުވެއްޖެނަމަ އެކަން ވެމްކޯގެ އެޗްއާރަށް އެންގުމަށާއި، އޭރުން ކުރިން ހުރި މަޤާމަށް އަލުން ރުޖޫއަ ކުރެވޭނެކަމަށް ލިއުމުގައިވެއެވެ.

 ވެމްކޯއިން އޭނާއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގައި ބަޔާންކުރާ އިންތިޚާބެއްގައި ވާދަކުރުމަށްޓަކައި ސިޔާސީ ޕާޓީއަކުން ބާއްވާ ޕްރައިމަރީއެއްގައި ވާދަނުކުރާ މުވައްޒަފުން އިންތިޚާބުގައި ވާދަކުރާނަމަ، އެ މުވައްޒަފު ސަސްޕެންޑު ކުރެވޭނީ އެ މުވައްޒަފުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ޤަބޫލުކުރާ ދުވަހުން ފެށިގެން އިންތިޚާބު ނިމި، ވަގުތީ ނަތީޖާ އީސީން އިއުލާނު ކުރާ ދުވަހާ ހަމައަށްކަމަށް މުވައްޒަފުން ސިޔާސީ ކަންކަމުގައި ޙަރަކާތްތެރި ވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން 19 ޖެނުއަރީން ފެށިގެން އޭނާ މުސާރަ ލިބޭގޮތަށް ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެވިފައިވާ ކަމަށާއި، އިންތިޚާބުން ބަލިވެއްޖެނަމަ އަނބުރާ މަސައްކަތަށް ނުކުމެވޭނީ އެކަން ބަޔާންކޮށް ސިޓީއަކުން ހުށަހެޅުމުންކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް އޭގެ ފަހުން ވެމްކޯއިން ފާހަގަކޮށްފައިވާ ގޮތަށް ސިޓީ ހުށަހެޅިނަމަވެސް، ވެމްކޯއިން އެ މުވައްޒަފު އަލުން ވަޒީފާއަށް ނެރެފައެއް ނުވެއެވެ. އެހެންވެ ކަންވީ ގޮތް ސާފު ކުރުމަށް މުވައްޒަފު މަސައްކަތްކުރިނަމަވެސް، މިއަދާހަމައަށްވެސް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

އޭނާ ކިޔާދިން ގޮތުގައި ވަޒީފާއިން ވަކިކުރިކަންވެސް ނުވަތަ ނޫންކަންވެސް އަންގާފައެއް ނުވެއެވެ. އަދި ވަޒީފާއަށް ނުކުންނަށް ނޭނގިނަމަވެސް، އޭނާ ހާޒިރުނުވާކަމަށް ދަނީ މާކް ކުރަމުންނެވެ.

އެ މައުލޫމާތު ސާފު ކުރުމަށް މުވައްޒަފު ގުޅުމުން އެޗްއާރުން ބުނަމުންދަނީ އޭނާ ވަޒީފާއަށް ނުކުތުން "ހޯލްޑް" ކޮށްފައިވާ ކަމަށެވެ. އަދި ހޯލްޑް ކޮށްފައިވަނީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ އެންގުމަކަށް ކަމަށްވެސް އެޗްއާރުން ގެންދަނީ ބުނަމުންނެވެ. ނަމަވެސް މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެފައިވާތީ، އެކަމާ ގުޅިގެން އެ މުވައްޒަފު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

 

ވެމްކޯމުޖުތަބާ ޖަލީލްކުލަބް ވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

01 މެއި 2026

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ވެމްކޯގެ ބައެއް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުލިބޭ

01 މެއި 2026
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރާއިރު ވެމްކޯގެ ބައެއް މުވައްޒަފުންނަށް އޭޕްރީލް މަހުގެ މުސާރަ އަދިވެސް ނުލިބޭ
26 އެޕްރީލު 2026

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

26 އެޕްރީލު 2026
ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު
19 އެޕްރީލު 2026

އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު

19 އެޕްރީލު 2026
އިހަވަންދޫގައި ވެސް އިންތިޚާބާ ގުޅިގެން ގިނަ ބަޔަކަށް ވަޒީފާ ދިން، ފެނަކައިގައި އެކަނި ވެސް ގާތްގަނޑަކަށް 160 މުވައްޒަފުން ތިބޭނެ: އިންތިޚާބީ ރައީސް އަލީ ފަވާޒު
18 އެޕްރީލު 2026

އިހަވަންދޫގެ ތަރައްގީ ހުއްޓި، ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި!

18 އެޕްރީލު 2026
އިހަވަންދޫގެ ތަރައްގީ ހުއްޓި، ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުވެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި!
09 އެޕްރީލު 2026

އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި

09 އެޕްރީލު 2026
އިންތިހާބާ ދިމާކޮށް އިމެއްނެތި ވަޒިފާތަކާ ޕްރޮމޯޝަން ދިނުމަށް ފަހު، ސަރުކާރު ކުންފުނިތަކަށް މީހުން ނެގުމާ ޕްރޮމޯޝަން ދިނުން ހުއްޓާލަން އަންގައިފި
03 އެޕްރީލު 2026

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭ

03 އެޕްރީލު 2026
ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުދޭ
18 މާރިޗު 2026

ވެމްކޯގެ ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސޭފްޓީއާ ގުޅޭ މައްސަލަތަކެއް އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ!

18 މާރިޗު 2026
ވެމްކޯގެ ކުނި އުކާލުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންގެ ސޭފްޓީއާ ގުޅޭ މައްސަލަތަކެއް އެޗްއާރްސީއެމްއިން ތަހުގީގުކުރަނީ!
07 މާރިޗު 2026

މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!

07 މާރިޗު 2026
މިދިޔަ މަހުގެ މުސާރަ އަދިވެސް ވެމްކޯ މުވައްޒަފުންނަށް ނުދޭ، ދޭނެ ދުވަހެއް ވެސް ނޭނގެ!
04 މާރިޗު 2026

ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި

04 މާރިޗު 2026
ވެންޓިލޭޓަރުގައި ފަރުވާ ދިން ވެމްކޯގެ މުވައްޒަފު ވޯޑަށް ބަދަލު ކޮށްފި
27 ފެބުރުއަރީ 2026

ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

27 ފެބުރުއަރީ 2026
ވެމްކޯގެ އިހުމާލުތައް ތަހުގީގު ކުރުމަށް މައުލޫމާތު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް