Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިފްކޯ ސީއީއޯ

މިފްކޯގެ ސީއީއޯ އަދި އެމްޑީ އަކަށް، ޕީސީބީގެ ރައީސް ކަމުން އިސްތިއުފާދެއްވި އަނަސް އައްޔަންކޮށްފި

މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ޕީސީބީގެ ކުރީގެ ރައީސް މުޙައްމަދު އަނަސް މިހާރު ވަނީ އައްޔަންކުރައްވާފަ. މީގެ ކުރިން ފައިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރެއްވި އަނަސް މި މަގާމާ ހަވާލުވެވަޑައިގަތީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމާއި ތެލާއި އައިސްގެ އަގު ބޮޑުވުމުގެ ޝަކުވާތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ. ކުރު މުއްދަތެއްގެ ތެރޭގައި މިފްކޯގެ ހިންގުމަށް ތަކުރާރުކޮށް ބަދަލުތައް އަންނަމުންދާތީ، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މި ބަދަލާއެކު ހައްލެއް ލިބޭނެތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 17:04
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރެެއްވި މުޙައްމަދު އަނަސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އައްޔަންކުރެެއްވި މުޙައްމަދު އަނަސް | ޕީސީބީ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްކަން ކުރެއްވި މުޙައްމަދު އަނަސް އައްޔަންކޮށްފި އެވެ.

ޕީސީބީ އިން ބުރާސްފަތި ދުވަހުގެ ރޭ ހާމަކުރި ގޮތުގައި، މިފްކޯގެ ހިންގުމާ ބުރާސްފަތި ދުވަހުން ފެށިގެން އަނަސް ވަނީ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓާ މައި އިދާރާ ކަމަށްވާ ޕީސީބީގެ ރައީސްގެ މަގާމުގަ އެވެ.

Advertisement - newsAdvertisement

މިފްކޯގެ އެމްޑީގެ މަގާމުގައި އަނަސްގެ ކުރިން ހުންނެވީ ފަރުހަތު ޝަހީރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. ފަރުހަތު މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. ފަރުހަތުގެ ކުރިން އެ މަގާމު ފުރުއްވީ ސްވިޒަލޭންޑަށް ނިސްބަތްވާ ޑރ. ލިއުބިމޮވް އެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ މި ސަރުކާރުގައި އެކި ތުހުމަތުތަކަކާ ގުޅިގެން ދެ ފަހަރެއްގެ މަތިން މަގާމުން ވަކިކުރި އަހުމަދު ޝަމާހު އެވެ.

މިފްކޯގެ އެންމެ އިސް މަގާމާ ހަވާލުވެވަޑައިގެންނެވި އަނަސް އަކީ މީގެ ކުރިން ވެސް ސަރުކާރުގެ އިސް އެކި މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފަ އެވެ.

މި ސަރުކާރުން މިފްކޯގެ ވެރިންގެ މަގާމަށް ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް ބަދަލުތައް ގެންނަމުންދާއިރު، މަސްވެރިންގެ ޝަކުވާތަކަށް އެދެވޭ ހައްލެއް ނުލިބޭތީ ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ވަނީ އަމާޒުވެފަ އެވެ. ޚާއްސަކޮށް މަސްވެރިން ބާނާ މަހަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ހަމަ އަގު ނުލިބުމާއި، މަސްވެރިންނަށް ބޭނުންވާ ތެލާއި އައިސް ހެޔޮ އަގުގައި ނުލިބުމަކީ މިއަދު ވެސް މަސްވެރިން ކުރަމުންދާ އެންމެ ބޮޑު ޝަކުވާ އެވެ.

މުހައްމަދު އަނަސްޕީސީބީމޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކުންފުނި

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީސީބީ ރައީސް ކަމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި

ޕީސީބީ ރައީސް ކަމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި

30 އެޕްރީލު 2026
ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

29 އެޕްރީލު 2026
ޕީސީބީ ޖަވާބުދާރީ ކުރުވުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް!

ޕީސީބީ ޖަވާބުދާރީ ކުރުވުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް!

21 އެޕްރީލު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026
މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި

މިފްކޯގެ ސީއީއޯގެ މަގާމުން ފަރުހަތު އިސްތިއުފާ ދެއްވައިފި

12 އެޕްރީލު 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު