Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަން މެންބަރުންގެ އިސްތިއުފާއަށް ގޮވުން

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

އިދިކޮޅު ފަރާތްތަކުން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތަކަށް ފިޔަވަޅު ނޭޅޭނަމަ، އިލެކްޝަންސް ކޮމިޝަނުގެ ވެރިން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ. ދައުލަތުން ބޮޑު ބަޖެޓެއް ހޭދަކުރާ މުއައްސަސާތަކުން ރައްޔިތުންގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށާއި، އެ ޒިންމާ އަދާނުކުރެވޭ ނަމަ މަގާމުގައި ތިބުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، މަގުމަތީގެ ހަރަކާތްތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިވާތީ، ފުލުހުންގެ މުއައްސަސާއިން ވެސް އެކަންކަން ހުއްޓުވަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 5 މެއި 2026 | އަންގާރަ 14:11
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު | މަޖިލިސް

ސަރުކާރާ އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގެ މަގުމަތީގައި ހިންގާ ހަރަކާތްތަކަށް ފިޔަވަޅު ނޭޅޭނަމަ، އިލެކްޝަންސް ކޮމިޝަނުގެ ވެރިން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވެ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އިންޒާރު ދެއްވައިފި އެވެ. 

ފަލާހު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

Advertisement - newsAdvertisement

މި ބަހުސްގައި ފަލާހު ވަނީ މިނިވަން މުއައްސަސާތަކުގެ، ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުގެ ދައުރާ މެދު ސުވާލު އުފައްދަވާފައެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް އުނިކަން ލިބޭ ފަދަ ގޮތަކަށް މަގުމަތީގައި ހަރަކާތްތައް ހިންގާނަމަ ފިޔަވަޅު އެޅުމަކީ އެ ކޮމިޝަނަށް ލާޒިމް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެފަދަ ފިޔަވަޅުތައް އެޅުމުގެ ގާބިލުކަމާއި ކުޅަދާނަކަން ނެތް ނަމަ، އެ މުއައްސަސާތަކުގެ ވެރިން އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި މަގާމުން ވަކިވާންޖެހޭނެ ކަމަށް ފަލާހު އިންޒާރު ދެއްވި އެވެ.

މީހަކާ ދިމައެއް ނުކިޔާނެ އެއްޗެއް ނުގޮވާނެ މަލާމާތެއް ނުކުރާނެ އެއްޗެއް. އެހެންނަމަވެސް، މީގައި ހިތާމަޔަކީ އިއްޒަތްތެރި ރައީސް ކޮބައިތޯ؟ ހިތާމަޔަކީ ސިޔާސީ ޕާޓީތައް ހިންގުމަށްޓަކައި އެ ޕާޓީތައް ޢަމަލުތައް ހުންނަ ގޮތް ބެލުމަށްޓަކައި އަޅުގަނޑުމެން އުފައްދާފައި ހުރި މިނިވަން މުއައްސަސާތަކެއް އެބަހުރި އިއްޒަތްތެރި ރައީސް. ކޮބައިތޯ އިލެކްޝަންސް ކޮމިޝަނަށް؟ ކޮބައިތޯ؟ އިލެކްޝަންސް ކޮމިޝަނަށް ލާޒިމްވާނެ އިއްޒަތްތެރި ރައީސް، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެ ސިޔާސީ ޕާޓީތަކުން ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު ގެއްލޭ މިންވަރަށް ސިޔާސީ ޕާޓީތަކުން ނުގުމޭ މަގުމަތީގައި އެ ހަރަކާތްތައް ގާނޫނާ ޚިލާފަށް ހިންގާ ކަމަށް ވަންޏާ ފިޔަވަޅު އަޅަން، އިއްޒަތްތެރި ރައީސް. ފިޔަވަޅު ނޭޅޭ ކަމަށް ވަންޏާ އެ ތަންތާ ވެރިން ޖެހޭނީ އިސްތިޢުފާދީ ވަޑައިގަންނަވަން. އަމިއްލަފުޅަށް ދީ ވަޑައިގަންނަވަން ޖެހޭނީ. އެ ކެޕޭސިޓީ، އެ ކުޅަދާނަކަން، އެ ޤާބިލުކަން ނެތް ކަމަށް ވަންޏާމު، އެ ތަންތާ ވެރިކަމަށް، އެ ތަންތާގެ ވެރިންގެ ގޮތުގައި ތިބެގެން ނުވާނެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު 

މީގެ އިތުރުން ފުލުހުންގެ މުއައްސަސާއަށް ވެސް ފަލާހުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭނާ ވިދާޅުވީ ފުލުހުންނަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ މުއައްސަސާއެއް ކަމަށާއި، ކޮންމެ ސަރުކާރެއް އޮތް ކަމުގައި ވިޔަސް ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާސް ކުރެވެން ޖެހޭނެ ކަމަށެވެ. ރައްޔިތަކަށް އޭނާގެ ދަރިފުޅު ގޮވައިގެން ސްކޫލަށް ނުދެވޭ ހިސާބަށް ކަންކަން ދިއުމަކީ މިނިވަން ގައުމެއްގެ އިހުސާސް ގެއްލިގެންދާނެ ކަމެއް ކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން މި މަޖިލީހުން ގައިމު ފުލުހުންގެ މުއައްސަސާ ވިޔަސް، އިލެކްޝަންސް ކޮމިޝަން ވިޔަސް، ދެން ހުރި ކޮމިޝަނެއް ވިޔަސް، ދެން ހުރި މުއައްސަސާ ވިޔަސް، އެ ބޭފުޅުން ކޮންމެ އަހަރަކު އެ ބޭފުޅުންގެ ޚަރަދުތަކާ އޭތި މީޗަށް ޖަހައި ފޮނުވާ ހުރިހާ ބަޖެޓެއް މި މަޖިލީހުން އެބަ ފާސްކޮށްދޭ. އެތައް މިލިއަން ރުފިޔާއިން މިއިން ކޮންމެ މުއައްސަސާއަކަށް ޚަރަދުކުރެވިފައި. އެ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ، ކޮންމެ ރައްޔިތެއްގެ، ކޮންމެ ރަށެއްގެ، ކޮންމެ ބޭފުޅެއްގެ މިނިވަންކަމާއި ސިޔާދަތާ އިސްތިޤުލާލު ރައްކާތެރިކޮށް ބެލެހެއްޓުން އިއްޒަތްތެރި ރައީސް. މި ކަންކަން ނުކުރެވޭ ކަމަށް ވަންޏާމު ކޮންމެހެން މުސާރަކޮޅުގެ ބޭނުމުގައި އެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބޭނުން ކަމެއް ނޫން އިއްޒަތްތެރި ރައީސް. 
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު 

ފަލާހު އިތުރަށް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ މުއައްސަސާ ފަދަ ތަންތަނަށް ބޭނުންވާ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކު ފާސްކޮށްދެނީ އެތައް މިލިއަން ރުފިޔާއަކުން ކަމަށެވެ. އެ މުއައްސަސާތަކުގެ އެންމެ ބޮޑު ޒިންމާއަކީ ކޮންމެ ފަރުދެއްގެ މިނިވަންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށްވާއިރު، އެ ޒިންމާ އަދާނުކުރެވޭ ނަމަ ހަމައެކަނި މުސާރަ ހޯދުމުގެ ބޭނުމުގައި އެ ތަންތަނުގެ ވެރިންގެ ގޮތުގައި ތިބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން މީގެ ކުރިން ހިންގި މަގުމަތީގެ ހަރަކާތްތައް މިއަދު ވެސް އެ ގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި ޕީއެންސީގެ އާޓިފިޝަލް ބީޗު ޖަގަހައިގައި ޖަލްސާއެއް ބާއްވަން އުޅުމުން، އެތަނުގެ ކުރިމައްޗަށް މަދު ބަޔަކު ފޮނުވައިގެން ޖަލްސާއަށް ހުރަސްއަޅަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ފަލާހު ސިފަކުރެއްވި ގޮތުގައި މިއީ ޔޫރަޕުގެ ގައުމުތަކުގައި ވެސް އަދި ދުނިޔޭގެ އެންމެ ނުލަފާ މީހުން އުޅޭ ސަރަހައްދުތަކުގައި ވެސް ނުހިންގާ ފަދަ ދަށު ދަރަޖައިގެ އަމަލުތަކެކެވެ.

އިބްރާހިމް ފަލާހްޕީއެންސީއިލެކްޝަންސް ކޮމިޝަންއަބްދުއްސައްތާރު މުހައްމަދުއަބްދުﷲ ޔާމީންމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން މަޖިލީހަށް ގަރާރެއް

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން މަޖިލީހަށް ގަރާރެއް

05 މެއި 2026
މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު.

މިދިޔަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭނެ ދުވަހެއް ކޮންސްޓްރަކްޝަން މިނިސްޓަރަކަށް ވިދާޅެއް ނުވެވުނު.

04 މެއި 2026
އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

03 މެއި 2026
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ ސޯބެ އާ ސައީދު

02 މެއި 2026
"އާދްމީ ހަތަމް، ކާމް ހަތަމް"

"އާދްމީ ހަތަމް، ކާމް ހަތަމް"

02 މެއި 2026

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު