Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި ސަރުކާރުން ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އަގު ވައްޓާލަނީ ޕީއެންސީން ކަމަށް މެންބަރު ޑރ. ޝަމްހީދު ވިދާޅުވެއްޖެ. ޝަމްހީދު ވިދާޅުވީ މިއީ ގަޒުފުގެ ތުހުމަތުތަކަކާ ގުޅިގެން އުފަންވެފައިވާ މައްސަލައެއް ކަމަށާއި، ނޫސްވެރިކަމުގެ މިނިވަންކަން ހުއްޓުވުމުގެ ބާރު ރައީސަށް ލިބިވަޑައިގެންފައި ނުވާ ކަމަށް. އަދި ޖިންސީ ފުރައްސާރައިގެ ވާހަކަ ދެއްކުމަކީ ކުށެއް ނޫން ކަމަށާއި، މިފަދަ ގަރާރުތައް މަޖިލީހަށް ގެނައުމަކީ ރައީސްގެ އަގު ވެއްޓުމަށް މަގުފަހިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 6 މެއި 2026 | ބުދަ 04:33
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު.

ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު. | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަގު ވައްޓާލަމުން ދަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ، ޕީއެންސީ އިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

Advertisement - newsAdvertisement

މި ގަރާރަށް ބަހުސް ކުރައްވަމުން ޝަމްހީދު ވަނީ މި މައްސަލައިގެ އަސްލަށް ވާހަކަދައްކަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މިއީ ގަޒުފްގެ ތުހުމަތު އެޅިގެން އުޅޭ މައްސަލައެއް ކަމަށާ މި ވާހަކަ ދައްކަނީ އިދިކޮޅުން ނޫން ކަމަށް ވެސް ޝަމްހީދު ވިދާޅުވި އެވެ. 

މެންބަރު ވިދާޅުވީ މައްސަލައިގެ އަސްލަށް ބަލާއިރު މި މައްސަލައާ ގުޅިގެން ކޯޓުތަކުން ނެރެފައިވާ އަމުރުތަކުގައި ވެސް އަދި ފުލުހުން ދީފައިވާ ބަޔާންތަކުން ވެސް ގަޒްފު ގެ ތުހުމަތުގައި ތަހުގީގުތަކެއް ފަށައިގެން އުޅޭ ކަމަށާ މިއީ އެ ހިސާބުން އުފަންވެގެން އުޅޭ މައްސަލައެއް ކަން ހާމަވާ ކަމަށެވެ. 

މެންބަރު ގަރާރަށް ބަހުސް ކުރައްވަމުން ދިޔަ އިރު ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އާއި ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އައިފާން ވަނީ ހުރަސްއަޅުއްވާފަ އަޑުގަދަ ކުރައްވާފަ އެވެ. 

އެކަމަށް ރައްދުދެއްވައި ޝަމްހީދު ވިދާޅުވީ މި ގަރާރަކީ ޕީއެންސީ އިން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. 

މި މަޖިލީހުގައި އަޅުގަނޑު ފަލާހުގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރީމާ މި މަޖިލިސް އިދާރާގައި ތިބި މުވައްޒަފުން ކުށްވެރިވޭތޯ އޭ؟ މި މަޖިލީހުގައި މީޑިއާ ބޭނުންކޮށްގެން އެ ތުހުމަތު ކުރާއިރަށް މި މަޖިލީހުގެ މިހިރަ މައިކާ މިތާނގަ މިހިރަ ހާޑް ޑްރައިވް އާ މި ތަކެތި ކުށްވެރިވޭ ތޯ އޭ؟
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ ރާއްޖޭގައި މީހަކަމަށް ޖިންސީ ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށާ އެކަމަށް ގާނޫނެއް ވެސް އޮންނަ ކަމަށެވެ. ނަމަވެސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ދެއްވަމުންދާ މެސެޖަކީ މީހަކަށް ޖިންސީ ފުރައްސާރަ އެއް ކޮށްފިނަމަ އެ ވާހަކަ ނުދެއްކޭނެ ކަމަށް ދޭހަވާ މެސެޖެއް ކަމަށާ އެފަދަ ވާހަކައެއް ދެއްކުމަކީ އެއީ ކުށެއް ކަމަށް ބުނުން ކަމަށެވެ. ނަމަވެސް އެއީ ކުށެއް ނޫން ކަމާ ލިބޭ އަނިޔާ އެއްގެ ވާހަކަ ދެއްކިދާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.  

ރާއްޖޭގައި އެތައް ފަހަރަކު އެތައް ދިވެހި ރައްޔިތަކަށް ދިމާވެފައިވާ ހާލަތްތަކުގެ ވާހަކަ ލިޔެ، މީޑިއާ މެދުވެރިކޮށް އެ ވާހަކަ ހިއްސާ ކޮށްފައިވާ ކަމަށް ޝަމްހީދު ވިދާޅުވުމާއެކު އަނެއްކާ ވެސް މެންބަރު ފަލާހު އާއި މެންބަރު އައިފާން ވަނީ އަޑުގަދަ ކުރައްވާ މެންބަރަށް ހުރަސްއަޅުއްވާފަ އެވެ. 

އެކަމަށް ރައްދު ދެއްވައި ޝަމްހީދު ވިދާޅުވީ މަޖިލީހުގައި ރައީސް ގެ އަގު ވައްޓާލަމުން ދަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީ ޕީއެންސީ އިން ކަމަށެވެ. 

މިފަދަ ގަރާރުތައް ލައިގެން މި މަޖިލީހުގައި ޕީއެންސީ އިން ރައީސުލްޖުމްހޫރިއްޔާގެ އަގު މި ވައްޓާލަނީ. މި މަޖިލީހުގައި އަޅުގަނޑުމެން މި ވާހަކަ ނުދައްކަމޭ މިއަދާ ހަމައަށް އައިއިރު. މި މަޖިލީހަށް މި މައްސަލަ ގެނައި ޕީއެންސީ އިން. އަޅުގަނޑުމެންނެއް ނޫން މި މައްސަލަ ގެނައި. މިއީ އަޅުގަނޑުމެން ހުށަހަޅައިގެން އުޅޭ މައްސަލައެއް ނޫން. 
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ މީޑިއާއަކުން މިކަހަލަ ކަމެއް ރިޕޯޓް ކުރީމާ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއާ 81 ވަނަ މާއްދާ، 82 ވަނަ މާއްދާ އަދި 612 ވަނަ މާއްދާގެ ދަށުން ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގޭއިރު ރައީސުލްޖުމްހޫރިއްޔާ އަށް ރާއްޖޭގެ ނޫސް މީޑީއާތައް ނުހުއްޓުވޭނެ ކަމަށެވެ. ގާނޫނު އަސާސީގެ 28 ވަނަ މާއްދާ އިން  ނޫސް މީޑިއާ އަށް ލިބިފައިވާ މި ހައްގު ރައީސް އަށް ނުހުއްޓުވޭނެ ކަމަށް ޝަމްހީދު ތަކުރާރު ކޮށް ވިދާޅުވި އެވެ. 

ޕީއެންސީ އިން ހުށަހަޅާފައިވާ ގަރާރުގައި ވަނީ ގާނޫނު އަސާސީގެ 67 ވަނަ މާއްދާގައި ކޮންމެ މީހަކަށް ލިބޭ ހައްގުތަކާ މިނިވަންކަމާ އެ މީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމުގައިވާ އިރު އަނެކުންގެ ހައްގުތަކާ މިނިވަންކަމަށް ރައްކާތެރިވެ އެ ހައްގުތަކާ މިނިވަންކަމަށް އިހުތިރާމް ކުރުމާއި އެންމެހައި މީސްކަތުންގެ މެދުގައި އަދި ޖަމާއަތްތަކުގެ މެދުގައި އެކުވެރިކަމާ އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކުރުމުގެ މަސައްކަތް ކުރުމާއި ދިވެހިރާއްޖޭގެ ސިޔާދަތާ ރައްޔިތުންގެ އެއްބައިވަންތަކަމާއި އަމަންއަމާންކަމާ ރައްކާތެރިކަމާއި ގައުމުގެ ޝަރަފް ހިފެހެއްޓުމަށްޓަކައި މަސައްކަތްކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތުގެ މަތިން ދިމިގްރާތީ އުސޫލުތަކާއި ގޮތްތައް ކުރިއެރުވުމަކީ ކޮންމެ ރައްޔިތެއްގެ މަސްއޫލިއްޔަތެެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުޕީއެންސީއަހްމަދު ޝަމްހީދުއިބްރާހިމް ފަލާހްއަހްމަދު އައިފާންރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

ހަނގުރާމައާއި ގުޅިގެން ރައީސް މުއިއްޒުގެ ސަރުކާރުން އުޅެނީ ކަންކަމުގައި މަތިޖަހަން: ނަޝީދު

05 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

"ރައްޔިތުންނަށް ބޭސް ނުލިބޭކަން ގަބޫލު ކުރަން، މިއީ ގައުމީ މައްސަލައެއް"

05 މެއި 2026
މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

މެންބަރު ޒިޔާދުގެ ރައްދެއް ޕީއެންސީ އަށް: އަލިފާން ނެތިއްޔާ ދުމެއް ނާރާނެ

05 މެއި 2026
ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

05 މެއި 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު