Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން މުއައްސަސާތަކަށް ނުފޫޒު

މިނިވަން މުއައްސަސާ ތަކަކީ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދައިފި: މާޒް ސަލީމް

ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހުއްޓުވައި، ޕާޓީތަކަށް ދޭންޖެހޭ ފައިސާ ހިފަހައްޓަމުންދާ ކަމަށް ވިދާޅުވެ، މާޒް ސަލީމް ވަނީ ފަލާޙް ރައްޔިތުންނަށް މަލާމާތާއި ފުރައްސާރަ ކުރައްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. މި ފާޑުކިޔުންތައް އަމާޒުވީ އިދިކޮޅު ހަރަކާތްތަކަށް ފިޔަވަޅު ނޭޅޭނަމަ އިލެކްޝަންސް ކޮމިޝަނުގެ ވެރިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ފަލާޙް ވިދާޅުވުމާ ގުޅިގެން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 7 މެއި 2026 | ބުރާސްފަތި 03:42
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާޒް ސަލީމް ވާހަކަ ދައްކަވަނީ

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މާޒް ސަލީމް ވާހަކަ ދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤާނޫނުތަކަށް ބަދަލު ގެނެސްގެން، ރާއްޖޭގެ މިނިވަން މުއައްސަސާ ތަކަކީ ވެރިކަން ކުރާ ޕީއެންސީގެ ޖަގަހަ ތެރެއިން އޮޕަރޭޓް ކުރާ ތަންތަނަށް ހަދާފައިވާ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރު އަޙްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ހުއްޓުވަން ޖެހޭނެ ކަމަށާއި، އެކަންކަން މިނިވަން މުއައްސަސާތަކުން ނުބަލާނަމަ އެ ތަންތަނުގެ ވެރިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވިދާޅުވުމަކީ ހައިރާންވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ މިހާރު ވެސް ހުރިހާ މިނިވަން މުއައްސަސާތަކެއް މި ވަނީ ޤާނޫނަށް ބަދަލު ގެނެސްގެން ޕީއެންސީގެ ޖަގަހަ ތެރެއިން ހިންގާ ތަންތަނަށް ބަދަލުކޮށްފައިވާތީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

Advertisement - newsAdvertisement
 އަޅުގަނޑުމެން މާ ބޮޑަކަށް ހާހެއްނުވޭ، ކަންބޮޑެއްނުވޭ... ފަލާޙު، ސިޔާސީ ޕާޓީތަކުން މި ހިންގާ ހަރަކާތްތައް ހުއްޓުވަންޖެހޭނެ ކަމާއި، އަދި މިނިވަން މުއައްސަސާތަކުން މިކަންކަން ބަލަންޖެހޭނެ ކަމާއި، ނުބަލާ ކަމުގައި ވަންޏާ، މިނިވަން މުއައްސަސާތަކުގެ ތިއްބެވި ބޭފުޅުން އިސްތިޢުފާދެއްވަންޖެހޭނެ ކަމެއް ވިދާޅުވުން. އެއީ، އެހެން އަޅުގަނޑު މި ދަންނަވަނީ، މި ހުރިހާ މިނިވަން މުއައްސަސާތައް ވެސް މި އޮތީ ގާނޫނުން ބަދަލުކޮށްފައި . ގާނޫނު ބަދަލުކުރެވޭނެ ކަންކަން ބަދަލުކޮށްފައި. މި އޮތީ ޕީއެންސީ ގެ ޖަގަހަތެރޭގައި ހިންގާ ތަންތަނަށް ހަދާފަ.
އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރު އަޙްމަދު ސަލީމް (މާޒް ސަލީމް)

ސަލީމް އިތުރަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށާއި، ނަމަވެސް ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތައް އުވާލައި، ބަންދުކުރުމަށް ކަމަށެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ވެސް ސަރުކާރުން ހިފަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް ވަނީ ޕީއެންސީގެ ޕީޖީ ލީޑަރު ފަލާޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ފަލާޙަކީ ޕީއެންސީގެ ތެރޭގައި "އަޅުވާފައި ހުރި ފަންޏެއް" ކަމަށް ގަބޫލުކުރެވޭ ކަމަށާއި، މާލޭގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ގޯތިގެދޮރުގެ މައްސަލައިގައި ފަލާޙް މަލާމާތާއި ފުރައްސާރަ ކުރައްވާފައިވާ ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓުން ރައްޔިތުންގެ 70 އިންސައްތަ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނީވެސް، ފަލާހު މެންފަދަ މީހުން ރައްޔިތުންނަށް ކުރި ފުރައްސާރަތަކަށް ބިނާކޮށްކަމަށް ސަލީމް ވިދާޅުވި އެވެ. 

ރައީސް މުޢިއްޒު އަށް ޙަޤީޤަތުގައި ޕާލަމެންޓްގެ ގުރޫޕަށް ލެވުނު އިރު، ފަލާޙު އަސްލު އަޅުގަނޑަށް ހީވަނީ އެނގިވަޑައި ނުގަންނަވަނީހެން. އެއީ ޙަޤީޤަތުގައިވެސް ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ނުވަތަ ޕީއެންސީ ގެ ތެރޭގައި އަޅުވާފައި ހުރި ފަންޏެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަނީ. އެއީ އެހެން އަޅުގަނޑު މި ދެންނެވީ ބައްލަވާ ދިވެހިރާއްޖޭގައި ފުރަ މާލޭގެ ރައްޔިތުންނަށް މަލާމާތްކުރި ވަރު؟ އަދި ރާއްޖޭގެ ކަންކޮޅު ތިބި ރައްޔިތުންނަށް މަލާމާތްކުރި ވަރު ފާޑުފާޑުގެ ވާހަކަ، ޚާއްޞަކޮށް މި ގޯތިގެދޮރުގެ މައްސަލައިގައި. ރައްޔިތުން ތިބި ނިކަމެތި ޙާލު އެތަނުގައި ބަޔާންކޮށް، މަލާމާތްކޮށް، ފުރައްސާރަކުރި ކުރުމުގެ މައްޗަށް ބިނާކޮށްދެއްތޯ. ރާއްޖޭގެ ރައްޔިތުން މި ފަހަރު ވޯޓު ދިނީ ހަތްދިހަ ޕަސެންޓުން ސަރުކާރަށް ނޫނެކޭ. 
އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރު އަޙްމަދު ސަލީމް (މާޒް ސަލީމް)

މީގެ އިތުރުން، ސިޔާސީ ޕާޓީތަކުން ދައްކަނީ ސަރުކާރުން ކުރާ ވައްކަންތަކާއި، ކުފޫ ހަމަނުވާ ކަންތައްތަކުގެ ވާހަކަ ކަމަށާއި، އެކަންކަން ހުއްޓުވުމަށް މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއް ވިއެވެ.

މި ވާހަކަތައް އަމާޒުވެފައިވަނީ އިދިކޮޅު ފަރާތްތަކުން މަގުމަތީގައި ހިންގާ ހަރަކާތްތަކަށް ފިޔަވަޅު ނޭޅޭނަމަ އިލެކްޝަންސް ކޮމިޝަނުގެ ވެރިން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ވިދާޅުވެ ވެރިކަން ކުރާ ޕީއެންސީ ގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އިންޒާރު ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ.  ފަލާހު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތަކަކީ ގާނޫނާ ހިލާފު ހަރަކާތްތަކެއް ކަމަށް ބުނެ، އެކަންކަން ހުއްޓުވައި ފިޔަވަޅު އެޅުމަށް ގޮވާލައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ޕީއެންސީއިބްރާހިމް ފަލާހްއިލެކްޝަންސް ކޮމިޝަންމާޒް ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން އެދިއްޖެ

06 މެއި 2026
މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

މަޖިލީހުގައި ރައީސް މުއިއްޒުގެ އަގު ވައްޓާލަނީ ޕީއެންސީ އިން: ޝަމްހީދު

06 މެއި 2026
އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

އިދިކޮޅު ޕާޓީތަކަށް ފިޔަވަޅު ނާޅާނަމަ އީސީ ވެރިން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ވިދާޅުވެ ޕީއެންސީ ޕީޖީ ލީޑަރުގެ އިންޒާރެއް!

05 މެއި 2026
ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

ސަރުކާރު މުއައްސަސާތަކުގައި ހޭވެރިކަމެއް ނެތް އިރު މިނިސްޓަރު އިހުސާންގެ މަސްއޫލިއްޔަތާމެދު ސުވާލު އުފެދޭ: ހުސެންބެ

05 މެއި 2026
އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޑަބްލިއުޑީސީގެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލައިފި

03 މެއި 2026

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު