Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މީކާއިލްގެ ހޫނު ރައްދުތަކެއް ސަރުކާރަށް: ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދާނެ

ސިޔާސީ ޕާޓީތަކުން ހިންގާ ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ގަރާރަކީ ޕީއެންއެފްގެ އިހުތިޖާޖުތަކާއި "އަދަދު" ނޫހުގެ ޑޮކިއުމަންޓްރީއާ ގުޅިގެން ހުށަހެޅި އެއްޗެއް ކަމަށް ބުނެ މެންބަރު މީކާއިލް ނަސީމް ފާޑުވިދާޅުވެއްޖެ. މަޖިލީހުގެ ބަހުސްގައި މީކާއިލް ވިދާޅުވީ މިއީ ސޯފާއެއް ބަހައްޓައިގެން ކުރާ މުޒާހަރާ ހުއްޓުވަން އުޅުމުގެ ބަދަލުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށް. ނަމަވެސް، ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ވާތީ އެ ވާހަކަ ނުދެއްކުމަށް ރިޔާސަތުން އެންގުމުން، މަޖިލީހުގެ މިނިވަންކަމަށް ކޯޓުތަކަށް އަތްނުބޭނޭނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 11 މެއި 2026 | ހޯމަ 06:25
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހިންގާ ޕީއެންސީގެ ފަރާތުން ހުށަހަޅާފައިވާ ގަރާރަކީ ސޯފާއެއްގެ މައްސަލައެއްގައި ހުށަހެޅިފައިވާ ގަރާރެއް ކަމަށާއި އެފަދަ މައްސަލައެއްގައި ސޯފާގެ ވާހަކަ ނުދައްކާ ވާހަކަ ކުރިއަށް ނުދާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް ސަރުކާރަށް ވަރުގަދަ ރައްދުތަކެއް ދެއްވައިފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސިޔާސީ ޕާޓީގެ ގާނޫނާ ޚިލާފަށް ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހުއްޓުވައި އެ ފަރާތްތަކާމެދު ގާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ގޮވާލާ، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކޮށްފައިވެ އެވެ. އެ ގަރާރަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ މި ސަރުކާރުން ސިޔާސީ ޕާޓީތަކުގެ ހަރަކާތް ހުއްޓުވަން އުޅެނީ ބަޔަކު ސޯފާ ސެޓަކާއެކު އިހުތިޖާޖު ކުރާތީ ކަމަށެވެ. 

Advertisement - newsAdvertisement

މި ހުރިހާ ކަމެއްގެ އަސްލަަށް ބަލާއިރު މިއީ ޑޮކިއުމަންޓްރީ އަކާ ގުޅޭ މައްސަލައެއް ކަމަަށާ އެ ޑޮކިއުމަންޓްރީ އާ ބެހޭ ވާހަކައާ އޭގެ އަޑު ދެއްކުމާ ހިއްސާ ކުރުން ހުއްޓުވައި، ކޮންޓްރޯލް ކުރުމަށް ކްރިމިނަލް ކޯޓުން ހުރިހާ ރައްޔިތުންގެ މައްޗަށް އަމުރެއް ނެރެފައިވާ ކަަމަށެވެ. 

އެއާއެކު ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަނީ ހުށަހެޅިފައިވާ ގަރާރަށް ބަހުސް ކުރެއްވުމަށް ވިދާޅުވެފަ އެވެ. 

އެ ވާހަކައަށް ރައްދު ދެއްވައި މީކާއިލް ވިދާޅުވީ މި ގަރާރަކީ ބައެއް ސިޔާސީ ޕާޓީތަކުން ހިންގަމުންދާ ގާނޫނާ ޚިލާފު ހަރަކާތްތައް ހިންގާ ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އެހެން ކަމުން ގަރާރު ހުށަހެޅިފައިވާ ސަބަބަށް ވިސްނާލާއިރު މި ގަރާރު ހުށަހެޅިފައިވާ ސަބަބަކީ އަދި މި ގަރާރުގެ މަގްސަދަކީ ސިޔާސީ ޕާޓީ އަކުން ސޯފާއެއް ބަހައްޓައިގެން އިހުތިޖާޖު ކުރަމުންދާތީ އެކަން ހުއްޓުވުން ކަމަށެވެ. 

މެންބަރު ވާހަކަދައްކަވަމުން ދަނިކޮށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާ މީކާއިލް ދައްކަވަނީ ގަރާރާ ނުގުޅޭ ވާހަކައެއް ކަަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ބެހޭ ގޮތުން ދޮގު ވާހަކަ ފެތުރުމަށް އެއްވެސް ފުރުސަތެއް މި މަޖިލީހުގައި ދެވިގެން ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. 

ރިޔާސަތުން އެއީ ނިޒާމީ މައްސަލައެއް ކަމަށް ބަލައިނުގަނެ، މެންބަރު މީކާއިލް އަށް ފުރުސަތު ދިނުމުން ދެވަނަ ފަހަރަށް ވެސް މީކާއިލް ވިދާޅުވީ މެންބަރުގެ ވާހަކައިގައި ރިއާޔަތް ކުރަމުންދަނީ ގަރާރު ހުށަހެޅި ސަބަބަށް ކަމަށެވެ.

ގަރާރު ހުށަހެޅިފައިވާ ސަބަބު މި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ މެންބަރުންނަށާ އަދި ދިވެހި ރައްޔިތުންނަށް ވެސް ސާފު. މިއުޅެނީ ޕީއެންއެފް އިން ސޯފާ ސެޓެއް ގެންގޮސްގެން މުޒާހަރާ ކުރާތީ އެކަން ނުހުއްޓުވިގެން. އެކަން ނުހުއްޓުވިގެން މި ގަރާރު މަޖިލީހަށް މި ހުށަހެޅީ. އެކަމާ ގުޅުން އޮތް ވާހަކައެއް އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް ދައުވާ ކުރަން ދިވެހި ދައުލަތުން ނިންމި ނިންމުން. އެއީ މިކަމާ ގުޅުން އޮތް ވާހަކައެއް. 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް

މެންބަރުގެ ވާހަކަ ކުރިއަށް ދަނިކޮށް އަނެއްކާވެސް ފަލާހު ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީ އިން މި ފަހުން މަޖިލީހުގައި ކުރަމުންދަނީ ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ. އެކަމަކާމެދު ކޯޓުން ވެސް ހުކުމެއް ކޮށްފައިވާ  ތާކުން ތާކުން ނުޖެހޭ މައްސަލައެއްގައި ދައްކާ ނުބައި ވާހަކަތަކެއް މީކާއިލް ދައްކަވަމުން ދާތީ އެ ވާހަކަދައްކަން ފުރުސަތު ނުދިނުމަށް ރިޔާސަތަށް ދަންނަވާ ކަމަށް ފަލާހު ވިދާޅުވި އެވެ. 

ފަލާހު އެހެން ވިދާޅުވުމާއެކު ނާޒިމް ވަނީ އެއީ ނިޒާމީ މައްސަލައެއް ކަމަށް މިފަހަރު ބަލައިގަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި ކޯޓުގައި ހިނގަމުންދާ ކަމެއް ކަމަށް ވުމާއެކު އެކަމުގެ ވާހަކަ ނުދެއްކުމަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި އެ ވާހަކަ ނުދެއްކުމަށް ބުނުމަށްފަހު މީކާއިލް އަށް ފުރުސަތު ދެއްވި އެވެ.

މީކާއިލް ތަކުރާރު ކޮށް ވިދާޅުވީ ވާހަކަދައްކަވަނީ ގަރާރު ހުށަހެޅިފައިވާ އަސްލު ސަބަބަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ކޯޓަކަށް އެގޮތަށް އަމުރު ނުކުރެވޭނެ ކަމަށާ މަޖިލީހުގައި ވަކި ގޮތަކަށް ވާހަކަ ބައްޓަން ކުރަން ޖެހޭ ކަމަށް ކޯޓަކަށް ނުބުނެވޭނެ ކަމަށެވެ. 

މި ނޫނިއްޔާ ނޯންނާނެ އަޅުގަނޑުމެންނަށް ކޯޓުން އަމުރު ނުކުރެވޭނެ ތަނެއް. މިތަނުގައި ވަކިގޮތަކަށް ވާހަކަ ބައްޓަން ކުރަން. އެ މިނިވަންކަން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ އިން މި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އަޅުގަނޑުމެންނަށް ލިބިދޭ. ތިހެން ނަހައްދަވާ. މި މުއައްސަސާގެ އަގު ތިޔަހެން ވައްޓަވާ ނުލައްވާ. މި މުއައްސަސާ އަކީ މިނިވަން ތަނެއް. މިއީ ޝަރީއަތަށް އަތް ބޭނެން އޮތް ތަނެއް ނޫން. މިއީ ރައްޔިތުންގެ މަޖިލިސް. މިތާ އަޅުގަނޑުމެން މި ވާހަކަ ދައްކާނެ. މިތަނަށް ގަރާރު ހުށަހަޅައިގެން މިއުޅެނީ ސޯފާ އެއްގެ މައްސަލައިގަ. ސޯފާއެއްގެ މައްސަލައިގައި ހުށަހެޅިފައިވާ ގަރާރަކަށް ސޯފާގެ ވާހަކަ ނުދައްކާ ކުރިއަކަށް ނުދެވޭނެ. ދުލުގެ މިނިވަންކަމަކު ތަޅެއް ނޭޅުވޭނެ. ނޫސްވެރިންނަކަށް ބިރެއް ނުދެއްކޭނެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ މި ގަރާރު ހުށަހެޅިފައި ވަނީ ސިޔާސީ ޕާޓީ އަކުން ސޯފާ އެއް ގެންގޮސްގެން ސޯފާއެއްގައި އިހުތިޖާޖު ކުރަމުންދާތީ އެވާހަކަ ދައްކަވާނެ ކަމަށެވެ. އަދި އެ ސޯފާގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ލައިގެން ނުހުއްޓުވޭނެ ކަމަށާ ދިވެހި ރައްޔިތުން ވެސް އެވާހަކަ ދައްކާނެ ކަމަށް މީކާއިލް ވަނީ ތަކުރާރު ކޮށް ވިދާޅުވެފަ އެވެ. 

މީކާއިލް އަހުމަދު ނަސީމްޕީއެންސީއަހްމަދު ނާޒިމްއިބްރާހިމް ފަލާހްރައްޔިތުންގެ މަޖިލިސްޕީއެންއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް

އިދިކޮޅު ޕާޓީތަކުން ގާނޫނާ ޚިލާފު ހަރަކާތް ހިންގާ ކަމަށާއި، އެ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލާ ސަރުކާރުން ހުށަހެޅި ގަރާރު ކޮމިޓީއަށް

11 މެއި 2026
"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާއި ޕީއެންއެފް އަށް އަންގައިފި

10 މެއި 2026
އެމްޑީޕީ ވުޖޫދަށް ގެނައުމަށް ގުރުބާންވީ އެންމެ މީހެއް ކަމަށް ބުނުމަކީ އެ މަސައްކަތުގައި ހަރަކާތްތެރިވި އެހެން މީހުންނަށް ވެވޭ ބޭއިންސާފެއް: މީކާއިލް

އެމްޑީޕީ ވުޖޫދަށް ގެނައުމަށް ގުރުބާންވީ އެންމެ މީހެއް ކަމަށް ބުނުމަކީ އެ މަސައްކަތުގައި ހަރަކާތްތެރިވި އެހެން މީހުންނަށް ވެވޭ ބޭއިންސާފެއް: މީކާއިލް

10 މެއި 2026
''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ރޭ ލޯންޗު ކުރަނީ

''އިތުބާރު ކެމްޕޭން މެނިފެސްޓޯ'' އަންނަ ބުރާސްފަތި ދުވަހު ރޭ ލޯންޗު ކުރަނީ

10 މެއި 2026
ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

ސަރުކާރުން މަސައްކަތް ކުރީ މިއީ ނޫސްވެރިންނާ ގާތް ސަރުކާރެއް ކަމަށް ދައްކަން، އެކަމަކު ހެދި ނޫސްވެރިންގެ ފެންޑާ ވެސް މިހާރު ނެތް: ތަޒްމީލް

10 މެއި 2026

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު