Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލާހަށް ދައުވާކުރުން

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު މެންބަރު އައްބާސްގެ އަބުރަށް އަރައިގަތް ކަމަށް ބުނެ ދައުވާ ކުރަނީ

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އާއިލީ ދިރިއުޅުމާ ގުޅުވައި ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ އައްބާސް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި. ފަލާހުގެ މި ތުހުމަތުތަކާ ގުޅިގެން އޭނާގެ އަބުރަށް އުނިކަން ލިބިފައިވާތީ، އެ މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ވަކީލުންގެ ލަފާ ހޯދަމުންދާ ކަމަށް އައްބާސް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 15 މެއި 2026 | ހުކުރު 09:47
ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް.

ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް. | ރާއްޖެއެމްވީ

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްގެ އަބުރަށް އަރައިގެން ދެއްކެވި ވާހަކަތަކަކީ ދޮގު ކަމަށާއި އެ މައްސަލައިގައި ދައުވާކުރާނެ ކަމަށް އައްބާސް ވިދާޅުވެއްޖެ އެވެ. 

ބުރާސްފަތި ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންނަވައިގެން ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ފަލާހް ވަނީ 'އައިޝާ' ކިޔާ އަންހެން ކުއްޖަކު އެޕާޓްމަންޓެއް ކުއްޔަށް ނަގައިގެން އަށް މަސް ދުވަސް ވަންދެން ޢައްބާސް ގެންގުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެ އަންހެން ކުއްޖާގެ ކަންތައް އައްބާސްގެ ދަރިއަކަށް އެނގުމުން އެ މައްސަލާގައި އައްބާސްގެ އަނބިކަނބަލުން ވެސް އައްބާސް ދޫކުރައްވާފައިވާ ކަމަށް ފަލާހު ތުހުމަތު ކުރެއްވި އެވެ.

Advertisement - newsAdvertisement

މި ތުހުމަތުތަކާ ގުޅިގެން އައްބާސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލާހު އައްބާސްގެ އަބުރަށް ހުތުރުވާގޮތަށް އަދި އައްބާސްގެ އަނބި ދަރިންނާ ބެހޭ ގޮތުން ދެއްކެވި ހަޤީގަތާ ހިލާފު ދޮގު ހަޑި ހުތުރު ވާހަކަތައް އެންމެ ހަރުކަށި އިބުރާތުން ކުއްވެރި ކުރައްވާ ކަމަށެވެ.

އައްބާސް ވިދާޅުވީ އައްބާސްއާ ބެހޭ ގޮތުން ފަލާހު ވިދާޅުވި ހުރިހާ ވާހަކަތަކަކީ ވެސް ކަޑައެޅިގެން ދޮގު ކަމަށާއި އައްބާސްގެ އަނބި ދަރިން އާއިލާއާއި، އެކުވެރިން ހެކިވާނެ ކަމަށެވެ. އައްބާސްގެ އަނބި ދަރިންނާ އާއިލާއަކީ ވަރަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް އުޅެމުންދާ ބައެއް ކަން އައްބާސް ދަންނަ ކޮންމެ ރައްޔިތަކު ހެކިވާނެ ކަމަށް ވެސް އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މި ކަމުގައި ހޯދަން ޖެހޭ ޤާނޫނީ ލަފާ ހޯދުމަށް ފަހު އަބުރަށް އަރައިގެން ދައުވާކުރުމާ މެދު އައްބާސްގެ ޤާނޫނީ ޓީމުން ކުރަމުންދާ ވާހަކަ އެންމެ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

ފަލާހް ވިދާޅުވީ އެވާހަކަ އޮއްބާލުމުގެ ގޮތުން އެހެން މީހުންގެ ބޮލުގައި އެކަން އައްބާސް އަޅުވަނީ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިންނަވައިގެން ބޭއްވި މި ޖަލްސާގައި ފަލާހް ވަނީ ސަރުކާރުގެ ބައެއް މެންބަރުންނާ ގުޅޭގޮތުން ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. 

މުހައްމަދު އައްބާސްއިބްރާހިމް ފަލާހްޕީއެންސީޑރ. މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

15 މެއި 2026

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު
15 މެއި 2026

ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ

15 މެއި 2026
ރައީސް މުއިއްޒުގެ ކައިވެނި ރޫޅާލެވޭތޯ ވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އުޅޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ
14 މެއި 2026

ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ ފިންގަރ ޕްރިންޓްތައް ނަގާ ކަމެއް ސަރުކާރުގެ ތަރުޖަމާނަކަށް ނޭނގެ

14 މެއި 2026
ބިދޭސީންގެ ފިންގަރ ޕްރިންޓްތައް ސިސްޓަމް ތެރެއިން ގެއްލިގެން އަނެއްކާ ފިންގަރ ޕްރިންޓްތައް ނަގާ ކަމެއް ސަރުކާރުގެ ތަރުޖަމާނަކަށް ނޭނގެ
14 މެއި 2026

މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!

14 މެއި 2026
 މީދޫ އިންތިޚާބުގެ މައްސަލަ: ހައިކޯޓުގެ ނިންމުމާއެކު އެމްޑީއޭއާއި ޕީއެންސީ ކެންޑިޑޭޓާ ވޯޓު އެއްވަރުވެއްޖެ!
14 މެއި 2026

މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި

14 މެއި 2026
މަޖިލީހުގެ ނައިބު ރައީސް ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު