Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނާޒިމް ވަކިކުރުން ނިންމުން

ނާޒިމް ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީ އިން ނިންމައިފި

މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ޕީއެންސީން ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އާއި ޕީޖީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕްތަކުން އޭނާ ބޭރުކޮށްލުމަށްފަހުގައި. މީގެ ކުރިން މަޖިލީހުގެ މުހިންމު ކޮމިޓީތަކުން ވެސް ނާޒިމް ވަކިކޮށްފައިވާއިރު، މި ފިޔަވަޅުތައް އަޅަން ނިންމި ސަބަބެއް ސަރުކާރު ހިންގާ ޕާޓީން ރަސްމީކޮށް ހާމަކޮށްފައެއް ނުވޭ.

މަޚްތޫމް
މަޚްތޫމް | 13 މެއި 2026 | ބުދަ 10:40
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް | ރާއްޖެއެމްވީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕުން ބުދަ ދުވަހު ނިންމައިފި އެވެ.

މި ގޮތަށް ނިންމާފައިވަނީ ބުދަ ދުވަހުގެ ހެނދުނު 11:15 ގައި ބޭއްވި އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ނާޒިމް މަގާމުން ދުރުކުރުމަށްޓަކައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމާފަ އެވެ. އަދި އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅޭނީ މަދުވެގެން 24 މެންބަރުންގެ ސޮޔާއެކުގަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގައި މިހާރު 75 މެންބަރުން ތިއްބަވަ އެވެ.

ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕީޖީން ނިންމާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މެންބަރުންނަށް އިރުޝާދު ދެއްވުމަށް ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން އޭނާ ބޭރުކޮށްލެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ. ރައީސްގެ އެ ގްރޫޕުން ނާޒިމް ބޭރުކޮށްލާފައިވަނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު އެވެ. ނަމަވެސް އޭނާ ގްރޫޕުން ބޭރުކުރި ސަބަބެއް ނުވަތަ ނައިބު ރައީސްކަމުން ވަކިކުރަން އުޅޭ ސަބަބެއް މިހާތަނަށް އެ ޕާޓީން އިންވެސް ޕީއެންސީ ޕީޖީ އިން ވެސް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ނާޒިމާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާއިރު، މިދިޔަ މަހުގެ ތެރޭގައި ވަނީ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވެސް އޭނާ ވަކިކޮށްފަ އެވެ. މީގެ އިތުރުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ވަޓްސްއެޕް ގްރޫޕުން ވެސް މިހާރު ވަނީ އޭނާ ބޭރުކޮށްލާފަ އެވެ.

ފަހަކަށް އައިސް ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ނާޒިމް މަގާމުން ވަކިކުރަން އުޅޭ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފަ އެވެ. އެހެންނަމަވެސް އެ ދުވަސްވަރު ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. ނަމަވެސް މިއަދުގެ ނިންމުމާ ގުޅޭގޮތުން ޕީއެންސީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.

އަހްމަދު ނާޒިމްޕީއެންސީޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސްއިބްރާހިމް ފަލާހްދިއްގަރު ދާއިރާ

އިތުރަށް ކިޔާލަން

13 މެއި 2026

ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!

13 މެއި 2026
ޖަލްސާ ކެންސަލް ކުރީ ޕީއެންސީ އެތެރޭގެ ކޯޅުންގަނޑެއްގައި ނާޒިމްގެ ރިޔާސަތުގައި ޖަލްސާ ނުބޭއްވުމަށް އަންގައިގެން!
13 މެއި 2026

ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި

13 މެއި 2026
ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ ޖަލްސާގެ ކޯރަމް ހަމަ ނުވެގެން ކެންސަލް ކޮށްލައިފި
13 މެއި 2026

މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި

13 މެއި 2026
މަޖިލީހުގެ ނައިބު ރައީސް ނާޒިމް ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްލައިފި
13 މެއި 2026

ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި

13 މެއި 2026
ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ފެށުން ފަސްކޮށްފި
12 މެއި 2026

އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި

12 މެއި 2026
އޭޑީއެޗްޑީ ބޭސް ނުލިބޭ މައްސަލަ އެމްޑީޕީގެ މެންބަރު ކުޑޫ ހުށަަހަޅައި މަސައްކަތް ކުރިއަށްދަނިކޮށް ކުއްލިގޮތަކަށް ރައީސް މުއިއްޒުގެ ގަރާރަކުން އެކަން ކުރައްވަން ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު