Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީސީބީ

ޕީސީބީ ރައީސް ކަމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި

ނިޒާރު މި މަގާމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް އިސްތިއުފާ ދެއްވުމާ ގުޅިގެން. ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނިޓަކޮށް ހިންގުން ހަރުދަނާކުރުމުގެ ޒިންމާ އޮންނަ ޕީސީބީގެ ރައީސް ކަން ނިޒާރު ވަނީ މީގެ ކުރިން ވެސް 5 އަހަރު ދުވަހު ކުރައްވާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 16:35
ޕީސީބީ ގެ ރައީސްކަ މަށް އަލުން އައްޔަންކުރި މުޙައްމަދު ނިޒާރު

ޕީސީބީ ގެ ރައީސްކަ މަށް އަލުން އައްޔަންކުރި މުޙައްމަދު ނިޒާރު | ޕީސީބީ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު އަނަސް ބުރާސްފަތި ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް މުހައްމަދު ނިޒާރު އަލުން އައްޔަންކުރައްވައިފި އެވެ.

ނިޒާރު އަކީ މީގެ ކުރިން ވެސް މި މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

Advertisement - newsAdvertisement

ޕީސީބީ އިން ބުނި ގޮތުގައި، އަނަސް މަގާމުން އިސްތިއުފާ ދެއްވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގަ އެވެ. އަނަސް ޕީސީބީގެ ރައީސްގެ މަގާމަށް އައްޔަންކުރެވުނީ މި އަހަރުގެ މާޗު މަހުގެ ތޭރަ ވަނަ ދުވަހު އެވެ. އަނަސްގެ އިސްތިއުފާއާ ގުޅިގެން ހުސްވި ރައީސްކަމުގެ މަގާމަށް މުހައްމަދު ނިޒާރު އައްޔަންކޮށްފައި ވާކަން އެ އިދާރާ އިން ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފަ އެވެ.

ނިޒާރު އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގައި ފުޅާ ދާއިރާއެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ނިޒާރު ވަނީ 2015 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމަ އަށް ވެސް ޕީސީބީގެ ރައީސްކަން ކުރައްވާފަ އެވެ. 

ސަރުކާރުގެ ޓްރޭޑް ކުންފުނި އެސްޓީއޯ ގައި ނިޒާރު ވަނީ 20 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފަ އެވެ. އެ ކުންފުނީގެ މުހިންމު ދާއިރާތަކުގެ ޖެނެރަލް މެނޭޖަރުކަމާއި ޑެޕިއުޓީ ޑިރެކްޓަރުކަން ފަދަ އިސް މަގާމުތައް ނިޒާރު ފުރުއްވާފައިވާއިވެ އެވެ.

ނިޒާރު އަކީ ޔުނިވާސިޓީ އޮފް ސައުތު އޮސްޓްރޭލިއާ އިން އެމްބީއޭ، އަދި ގްރެޖުއޭޓް ސެޓްފިކެޓް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ.

ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ. ޕީސީބީގެ ބޯޑު އެކުލެވެނީ ރައީސާއި ނައިބު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ޖުމުލަ 7 މެމްބަރުންގެ މައްޗަށެވެ. ބޯޑުގެ މެމްބަރުކަމަށް މެމްބަރުން އައްޔަންކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން ފޮނުވަން ޖެހެ އެވެ.

މުޙައްމަދު ނިޒާރުޕީސީބީޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު

ކޮމެންޓް

އިތުރަށް ކިޔާލަން

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

29 އެޕްރީލު 2026
ސްޓެލްކޯގެ އެމްޑީ އަކަށް ޑރ. އަޒްވަރު އައްޔަންކޮށްފި

ސްޓެލްކޯގެ އެމްޑީ އަކަށް ޑރ. އަޒްވަރު އައްޔަންކޮށްފި

28 އެޕްރީލު 2026
ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

ރައީސް މުއިއްޒުގެ ސަރުކާރުގައި އެމްޕީއެލަށް އައްޔަންކުރި ތިންވަނަ ސީއީއޯގެ މަގާމަށް ހުސައިން ޝަފީގް!

22 އެޕްރީލު 2026
ޕީސީބީ ޖަވާބުދާރީ ކުރުވުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް!

ޕީސީބީ ޖަވާބުދާރީ ކުރުވުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް!

21 އެޕްރީލު 2026
ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 މުވައްޒަފުން އެބަތިބި: ޒަމީރު

19 އެޕްރީލު 2026

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު