Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިތުބާރު ކެމްޕޭން

މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕޭނަށް ކާށިދޫއާއި ގާފަރަށް ކުރެއްވި ދަތުރުގައި މީކާއިލް އަހުމަދު ނަސީމް ވަނީ ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި އިންސާފުވެރި ޕްރައިމަރީއެއް ކަށަވަރުކޮށްދޭނެ ވެރިއަކު ހޮވުމުގެ މުހިންމުކަން ފާހަގަކުރައްވާފަ. އާންމު މެންބަރުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ މެންބަރުން ބޭނުންވަނީ ޕާޓީގެ އަސާސްތަކުގައި ސާބިތުވެ ހުންނާނެ އިތުބާރު ހުރި ޗެއަރޕާސަނެއް ކަމަށް. މީގެ އިތުރުން، މިހާރުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އިހުމާލުވަމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުންދާކަމަށްވެސް މީކާއިލް ވިދާޅުވި.

މަޚްތޫމް
މަޚްތޫމް | 18 މެއި 2026 | ހޯމަ 14:21
މީކާއިލް ކާށިދޫގައި ކެމްޕޭންގައި.

މީކާއިލް ކާށިދޫގައި ކެމްޕޭންގައި. | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި ވާދަކުރާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކާށިދޫ އަދި ގާފަރު އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކޮށްފި އެވެ. 

ހޯމަ ދުވަހު އެ ދެ ރަށަށް ވަޑައިގެން މީކާއިލް ވަނީ ކާށިދޫ އަދި ގާފަރުގެ އެމްޑީޕީ ސަޕޯޓަރުންނާއި ބައްދަލުކޮށް ކުރިއަށް އޮތް އިންތިހާބުގައި އޭނާއަށް ތާއިދު ހޯދުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ވެސް ބާއްވާފަ އެވެ.  

Advertisement - newsAdvertisement

ކެމްޕޭން ހަރަކާތާއި ގުޅިގެން ރާއްޖެޓީވީއާއި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ އިތުބާރު ކެމްޕެއިނުގެ ކާށިދޫ އަދި ގާފަރުގެ ދަތުރު ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. އަދި ކާށިދޫއާއި ގާފަރުންވެސް އެމް.ޑީ.ޕީގެ ޢާއްމު މެންބަރުން ހަމަ ތަކުރާރުކޮށް އެއް އަޑަކުން ބުނަމުންދަނީ ޕާޓީ ބައިބައިވިޔަ ނުދިނުމަށް ކަމަށާއި، ޕާޓީގެ އެއްބައިވަންތަކަން ގެއްލުނަ ނުދިނުމަށް ކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ޕްރައިމަރީއަކީ، ހުރިހާ ކެޑިޑޭޓުންނަށްވެސް އިންސާފުވެރި، ހަމަހަމަ ފުރުޞަތެއް އޮންނާނެ، ޕްރައިމަރީއަކަށް ހަދައިދޭނެ ޗެއަރޕަރސަނެއް ހޮވަން އެ ބޭފުޅުން ބޭނުންވާ ކަމަށެވެ. 

ކާށިދޫ އިންވެސް އަދި ގާފަރުންވެސް އެ ބޭފުޅުން އެއް ކަމެއް އެބަ ޔަޤީންކޮށްދޭ. އެ ބޭފުޅުން ބޭނުންވަނީ ޕާޓީގެ ހުންގާނު ހަވާލުކުރަން. ކުރިންވެސް ދެންވެސް އަދި ފަހުންވެސް އެ ބޭފުޅުންނާއެކު ހުންނާނެކަމުގެ އިތުބާރު އެ ޔަޤީންކަން އޮތް މީހަކާކަން އެ ބޭފުޅުން ހަމަ ތަކުރާރުކޮށް އެބަ ވިދާޅުވަމުންގެންދެވޭ. އެހެންވީމާ، އިތުބާރަށް ކާށިދޫ އަދި ގާފަރުން ބޯކޮށް ވޯޓު އަޅާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ އެމް.ޑީ.ޕީގެ އާއްމު މެންބަރުން ބޭނުންވަނީ އެމް.ޑީ.ޕީއާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން އޮތް ޗެއަރޕާސަނެއް ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އެމް.ޑީ.ޕީގެ ޢާއްމު މެންބަރުންނަށް ފާހަގަވަނީ ގޭހެއް ނުލިބޭ، ބޭހެއް ނުލިބޭ، ނޫސްވެރިކަމުގެ މިނިވަންކަން ނައްތާލަމުންނޭ މި ދަނީ ބުނަމުން އަންނަ މީހަކު ކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު އޮތީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. 

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީކ. ކާށިދޫކ.ގާފަރު

އިތުރަށް ކިޔާލަން

18 މެއި 2026

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ
18 މެއި 2026

އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

18 މެއި 2026
އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!
18 މެއި 2026

މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް

18 މެއި 2026
މުހިއްމު މަސައްކަތް ހުރި ކަމަށް ބުނެ މަޖިލީހުގެ ދައުރު ދަންމާލުމަށް ފަހު ތާވަލު ކުރި ފުރަތަމަ ޖަލްސާ ވެސް ކެންސަލް
18 މެއި 2026

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

18 މެއި 2026
މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން
17 މެއި 2026

ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި

17 މެއި 2026
 ޖަލަށް ލާއިފަވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީ އިން ކުރި އިހުތިޖާޖަށް ފުލުހުން ހުރަސް އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު