Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އެމްޑީޕީ ޖަލްސާ

އަޅުގަނޑާއި ރައީސް ނަޝީދު މި ތިބީ ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ތައްޔާރަށް: ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ، ސޯބެގެ ކެމްޕެއިންގައި ވީހާވެސް ބޮޑަކަށް ބައިވެރިވެވަޑައިގެން، އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ރައީސް ނަޝީދާއި އެމަނިކުފާނު ތިއްބެވީ ތައްޔާރަށް ކަމަށް. އަދި މިވަގުތު މާލޭގައި ތިއްބެވި ނަމަވެސް ކެމްޕެއިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު މި އިންތިޚާބު ސޯބެ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 19 މެއި 2026 | އަންގާރަ 01:19
ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ސޯބެގެ ދެ ފަރާތުން ކުރިީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް ސޯލިހު

ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގެ ތެރެއިން: ސޯބެގެ ދެ ފަރާތުން ކުރިީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް ސޯލިހު | އެމްޑީޕީ ސެކްރިޓޭރިއެޓް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) އަށް މި އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށްޓަކައި އެކުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވުމަށް އެމަނިކުފާނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިއްބެވީ ތައްޔާރަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ސޯބެގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ސޯލިހު ވިދާޅުވީ، ސޯބެގެ ކެމްޕެއިންގައި ވީހާވެސް ބޮޑަކަށް ބައިވެރިވެވަޑައިގެން، އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ރައީސް ނަޝީދާއި އެމަނިކުފާނު ތިއްބެވީ ތައްޔާރަށް ކަމަށެވެ. އަދި މިވަގުތު މާލޭގައި ތިއްބެވި ނަމަވެސް ކެމްޕެއިންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު މި އިންތިޚާބު ސޯބެ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފުރަތަމަވެސް ޔަޤީންކޮށް މި އަރުވަނީ، އަޅުގަނޑާއި، ރައީސް ނަޝީދު، މި ތިބީ ސޯބެ ގެ މި ކެމްޕެއިންގައި ޢަމަލީގޮތުން ވީހާވެސް ބޮޑަކަށް ބައިވެރިވި ސޯބެ އަށް މި އިންތިޚާބު ކާމިޔާބުކޮށްދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭން. އަޅުގަނޑުމެން މިތާ ތިބި ނަމަވެސް، ވަރަށް ކައިރިން ކެމްޕެއިން ކުރިއަށްދާގޮތް ބަލަމުން މި ގެންދަނީ. އަޅުގަނޑަށް ވަރަށް ސާފުކޮށް އެ ބައެއް އިރާދަކުރެއްވިއްޔާ މި އިންތިޚާބު ބޮޑުކޮށް ސޯބި ކާމިޔާބު ކުރާނެކަން.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ
ހޯމަ ދުވަހުގެރޭ މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، 2023 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން އާ ވެރިޔަކު އިންތިޚާބު ކުރީ އޭރު އޮތް ހާލަތަށް ވުރެ ރަނގަޅު ގޮތްތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ޖެހިގެން އައި 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރަށް ދިނީ ވެސް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ ފުރުސަތު ދިނުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިއަދު ގައުމު އޮތް ހާލަތަށް ބަލާއިރު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދަވާ ކަމަށާއި، ވެރިކަން މިހާރު ބަދަލުވެފައިވަނީ ޚުދުމުޚްތާރު ވެރިކަމަކަށް ކަމަށް ރައީސް ސޯލިހު ތުހުމަތު ކުރެއްވި އެވެ. މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން މުޅިން ގެއްލި، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމަށާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލި، މިނިވަން ނޫސްވެރިކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ޖާގަ ހަނިވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަން މިއަދު ވަނީ ޚުދުމުޚްތާރު ވެރިކަމަކަށް ބަދަލުވެފަ. މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން މުޅިން ގެއްލިއްޖެ. ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުން އެ ގެންދަވަނީ. އަސާސީ ޙައްޤުތައް މުޅިން ގެއްލި ހިނގައްޖެ. މިނިވަން ނޫސްވެރިކަމެއް ކުރާނެ ޖާގައެއް ނެތް. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނެތް. އެއްވެއުޅުމުގެ މިނިވަންކަމެއް ނެތް. މަޖިލީހުގެ ބާރު ކަނޑުވައިލައިފި.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރުން، އެއްވެއުޅުމުގެ މިނިވަންކަން ނެތިގޮސް، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ބަސްބުނާ ކޮންމެ މީހަކު ޖަލަށްލަމުންދާ ކަމަށް ވިދާޅުވެ، މިހާރު ބަންދުކޮށްފައި ތިބި ނޫސްވެރިންނާއި، އިހުތިޖާޖު ކުރުމުގެ ތެރެއިން ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ރައީސް ޑރ. މުއިއްޒަށް ރައީސް ސޯލިހު ވަނީ ގޮވާލައްވާފަ އެވެ.

އަބްދުﷲ ސާދިގުހިތަދޫ އުތުރުއެމްޑީޕީކުރީގެ ރައީސް މުހައްމަދު ނަޝީދުކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކޮމެންޓް

އިތުރަށް ކިޔާލަން

މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި

މީކާއިލްގެ "އިތުބާރު" ކެމްޕޭން ކާށިދޫ އަދި ގާފަރުގައި

18 މެއި 2026
ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

18 މެއި 2026
މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

މަޖިލީހަށް ބޭނުންވަނީ ކަންކަން ހާމަކޮށް، ސަރުކާރަށް ޕްރެޝަރ ކުރާނެ މެންބަރުން: ސޯބެ

18 މެއި 2026
އުންމީދު ވަރަށް ބޮޑު، ޤައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ: ތިން ރައީސުންގެ ކޮމެޓީ

އުންމީދު ވަރަށް ބޮޑު، ޤައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ: ތިން ރައީސުންގެ ކޮމެޓީ

18 މެއި 2026
އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

އައްޑޫ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ސޯބެ: ޖަލުގެ ތޭރިތަކުން ވެސް އިސްލާހީ މަސައްކަތުގައި ދެއްކެވީ ސާބިތުކަން!

18 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު