Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"

ޓްރަމްޕްގެ ޓުރުތު ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައި ވަނީ، އީރާން އަށް އޮތް ވަގުތު ހަމަވަމުން އަންނަ ކަމަށާއި، އެ ޤައުމުން ވަރަށް އަވަސް އަރުވާލައިގެން ކަންކަން ކުރަން ޖެހޭ ކަމަށް. އެހެން ނޫން ނަމަ، އީރާންގައި އެއްވެސް އެއްޗެއް ނުހުންނާނެ ކަމަަށް ޓްރަމްޕް އިންޒާރު ދެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މެއި 2026 | ހޯމަ 03:51
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއެކު ސުލްޙައިގެ އެއްބަސްވުމަކަށް ނުގޮސްފި ނަމަ، އީރާންގައި އެކައްޗެއް ވެސް ނުބަހައްޓާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ. 

ޓްރަމްޕްގެ ޓުރުތު ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައި ވަނީ، އީރާން އަށް އޮތް ވަގުތު ހަމަވަމުން އަންނަ ކަމަށާއި، އެ ޤައުމުން ވަރަށް އަވަސް އަރުވާލައިގެން ކަންކަން ކުރަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ، އީރާންގައި އެއްވެސް އެއްޗެއް ނުހުންނާނެ ކަމަަށް ޓްރަމްޕް އިންޒާރު ދެއްވި އެވެ. އެއާ އެކު ޓްރަމްޕް ވިދާޅުވީ، ވަގުތަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. 

އެކްސިއޯސް ނޫހުން އާދީއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހު ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއާ ޓްރަމްޕް ބައްދަލު ކުރައްވާނެ އެވެ. އެ ބައްދަލުވުމުގައި އެމެރިކާ އިން އީރާންއާ ދެކޮޅަށް އަޅާނެ އައު ފިޔަވަޅު ތަކަކާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ލަފާ ކުރެވެ އެވެ. އެކްސިއޯސް އިން މި ވާހަކަ ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ދެ އޮފިޝަލަކާ ހަވާލާދީ އެވެ. 

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ޓްރަމްޕް ބޭނުން ވަނީ ހަނގުރާމަ ނިންމުމާއި، ހަމަޖެހުމަކަށް އައުމަށެވެ. ނަމަވެސް، އެމެރިކާގެ ގިނަ ކަންކަމަށް އީރާން އިން ދެކޮޅު ހެދުމާއި، އީރާން އިން ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ގޮތް ދޫނުކުރުން ތަކެއް ގެންގުޅުމުގެ ސަބަބުން، އެމެރިކާ އިން އިތުރު ފިޔަވަޅު ތަކެއް އަޅަން ވިސްނާ ކަމަށް ބުނެފައިވެ އެވެ. 

އީރާންގެ ސަރުކާރާ ގުޅުން ހުރި މީޑިއާ ތަކުން އާދީއްތަ ދުވަހު ބުނެފައި ވަނީ، މަޝްވަރާ ތަަކަށް އީރާން އިން ހުށަހެޅި އެޖެންޑާ އަށް އެމެރިކާ އިން ދިން އެންމެ ފަހުގެ ޖަވާބުގައި އެއްވެސް ބުރަދަނެއް ހުރި ކަމެއް ނެތް ކަަމަށެވެ. 

އެކްސިއޯސް އިން އިތުރަށް ރިޕޯޓު ކޮށްފައިވާ ގޮތުގައި، އީރާންއާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރަމްޕް ވަނީ އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަކަ ދައްކަވައިފަ އެވެ. އިޒްރޭލްގެ ސަރުކާރުގެ ބްރޯޑްކާސްޓަރުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ފޯނު ކޯލުގައި ޓްރަމްޕް އާއި ނަތަންޔާހޫ ވަނީ އީރާންއާ ދެކޮޅަށް އަލުން ފިޔަވަޅޫ އެޅުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

18 މެއި 2026

ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

18 މެއި 2026
ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި
17 މެއި 2026

މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން

17 މެއި 2026
މެދުވެރިއެއްގެ ރޯލު އަދާކުރާއިރު، އީރާނުގެ އަސްކަރީ ބޯޓުތައް ބަހައްޓަން ޕާކިސްތާނުން ފުރުސަތު ދިން
17 މެއި 2026

326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް

17 މެއި 2026
326 ދުވަހަށް ފަހު، ޔޫއެސްއެސް ޖެރަލްޑް ފޯޑް އެނބުރި އެމެރިކާ އަށް
17 މެއި 2026

ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި

17 މެއި 2026
ހޮރްމޫޒް ކަނޑު އޮޅިން ދުޝްމަނުންގެ ހަނގުރާމައިގެ ސާމާނު ދަތުރު ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާން އިން ބުނެފި
17 މެއި 2026

އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި

17 މެއި 2026
އީރާން ހަނގުރާމައިގެ މައްސަލައިގައި ޕުޓިން އާއި ޔޫއޭއީގެ ރައީސް މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު