Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަނގަބަންދު އަމުރު

ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދު އަދި ޔާމީން، "އަނގަބަންދު" އަމުރާ ހިލާފުވި މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފި

މި މައްސަލާގައި އެ ބޭފުޅުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައިވާއިރު، އަމުރާ ހިލާފުވި ކަމަށް ބެލެވޭ ހެކިތައް ވެސް ވަނީ ހުށަހަޅާފަ. ކޯޓު އަމުރުގައިވާ ގޮތުން އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް ސީދާކޮށް ނުވަތަ ނުސީދާކޮށް ދެއްކުމަކީ މަނާކަމެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 12:29
ކުރީގެ 3 ރައީސުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކުރީގެ 3 ރައީސުން ބޭއްވި ބައްދަލުވުމުގެ ތެރެއިން | އެމްޑީޕީ

އަދަދު ނޫހުން އާއްމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު "އަނގަބަންދު" އަމުރާ، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހިލާފުވެފައިވާ ކަމަށް ބުނެ އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައި ފިއެވެ. އަމިއްލަ ފަރާތަކުން ހޯމަ ދުވަހު މި މައްސަލަ ހުށަހެޅީ އެ ދެ ބޭފުޅުން ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެވެ.

މި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރައީސް ނަޝީދު އެކި ސްޕީޗުތަކުގައި ތަކުރާރުކޮށް އެ އަމުރާ ހިލާފުވަމުން އަންނަ އިރު، ރައީސް ޔާމީން ވެސް ގެންދަވަނީ އެ ޑޮކިއުމެންޓްރީގެ ވާހަކަތައް ދައްކަވަމުންނެވެ. މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެ އަމުރާ ހިލާފުވި ކަމަށް ބެލެވޭ ހެކިތަކެއް ވެސް ކޯޓަށް ހުށަހަޅާފަ އެވެ.

Advertisement - newsAdvertisement

ކުރީގެ ދެ ރައީސުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އިތުރު ސިޔާސީ ބޭފުޅުން ވެސް މި އަމުރާ ހިލާފުވެފައިވާ ކަމަށް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ހިމެނެއެވެ. މީގެ އިތުރުން ރައީސް މުހައްމަދު މުއިއްޒު ވެސް ކޯޓު އަމުރާ ހިލާފުވެފައިވާ ކަމަށް އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ "އައިޝާ" ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށްފަ އެވެ. އަދި އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން ވެސް އެ އަމުރުން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، އެ މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުން މަނާކޮށް، މުޅި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުން ވަނީ އެ އަމުރުގެ ދަށުން ހިފަހައްޓާފަ އެވެ. މި އަމުރާ ހިލާފުވާ ފަރާތްތަކާމެދު ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގައި ފިޔަވަޅު އެޅުމުގެ ބާރު ކޯޓަށް ލިބިގެންވެ އެވެ.

ކްރިމިނަލް ކޯޓްއައިޝާ ޑޮކިއުމެންޓްރީކުރީގެ ރައީސް މުހައްމަދު ނަޝީދުކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

އުންމީދު ވަރަށް ބޮޑު، ޤައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ: ތިން ރައީސުންގެ ކޮމެޓީ

އުންމީދު ވަރަށް ބޮޑު، ޤައުމުގެ މިސްރާބު ރަނގަޅު ކުރުމަށް އެކުގައި މަސައްކަތް ކުރެވޭނެ: ތިން ރައީސުންގެ ކޮމެޓީ

18 މެއި 2026
މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

މި ސަރުކާރުގެ ޣައްދާރުކަމާއި ހިޔާނަތްތެރިކަން މާ ބޮޑު، އެމްޑީޕީވިއްޔާ ޙައްޤުތައް ހޯދައިދޭން މަގުތަކަށް ނުކުމެ އެބަ އުޅޭ: ރައީސް ޔާމީން

18 މެއި 2026
ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ގެގް އަމުރު ނިސްބަތްވާ މައްސަލައިގައި ދައުވާ އުފުލާފައިވާ ފިޔާޒުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

17 މެއި 2026
ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

ފިޔާޒާއި ހަސަނުގެ މައްޗަށް ކުރާ ޤަޛުފުގެ ދައުވާގެ ޝަރީއަތް އޮބްޒަރވް ކުރުމުގެ ފުރުސަތުދޭން ނޫސްވެރިންގެ ޖަމިއްޔާއިން އެދިއްޖެ

17 މެއި 2026
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު

ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައި، ފުރަތަމަ ބައްދަލުވުން ހޯމަ ދުވަހު

17 މެއި 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު