Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޗައިނާ

ޓްރަމްޕް ޗައިނާ އަށް ވަޑައިގެންފި، ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް

މިއީ އެމެރިކާގެ ރައީސް އަކު ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 02:18
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ އަށް ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާ އަށް ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޗައިނާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ޤައުމަށް ވަޑައިގެންފި އެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ޗައިނާގެ ވެރި ރަށް ބެއިޖިން އަށް ވަޑައިގެންފައިވާއިރު، ޗައިނާ އިން ވަނީ ޓްރަމްޕް އަށް ރަތް ދޫލައިގެ ފުރިހަމަ މަރުޙަބާއެއް ދަންނަވައިފަ އެވެ. މިއީ އެމެރިކާގެ ރައީސް އަކު ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. 

ޗައިނާ އަށް ޓްރަމްޕް ކުރައްވާ މި ދަތުރުފުޅުގައި، އެމެރިކާގެ ވިޔަފާރިތައް ޗައިނާ އަށް ހުޅުވާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންއާ މަޝްވަރާތައް ކުރައްވާނެ އެވެ. އަދި އެމެރިކާ އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ވެސް ޓްރަމްޕް އާއި ޝީ ޖިންޕިން މަޝްވަރާ ކުރައްވާނެ އެވެ. 

ޓްރަމްޕްގެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި ޗައިނާ އަށް ވަޑައިގެންނެވީ އެންވީޑިއާގެ ޖެންސަން ހުއާންގް އަދި ވިޔަފާރި ވެރިޔާ އީލޮން މަސްކް ހިމެނޭ ބޮޑު ވަފުދެކެވެ. މިއީ ޓްރަމްޕް އާއި މަސްކްއާ ދެމެދު މައްސަލަ ޖެހުނު ފަހުން، ޓްރަމްޕްގެ އަރިހުގައި މަސްކް މިފަދަ ދަތުރެއްގައި ބައިވެރިވާ ފުރަތަމަ ފަހަަރެވެ. 

އެއާފޯސް ވަން އިން ޓްރަމްޕް ފައިބައި ވަޑައިގެންނެވުމާ އެކު، ޗައިނާގެ އިސްވެރިންނާއި، ސިފައިން ވަނީ އޭނާ އަށް މަރުޙަބާ ދަންނަަވައިފަ އެވެ. މީގެ އިތުރުން އެމެރިކާ އާއި ޗައިނާގެ ދިދަ ހިފައިގެން ތިބި ދަރިވަރުން ވަނީ ޓްރަމްޕް އަށް މަރުޙަބާ ދެންނެވުމަށް ޚާއްސަ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. 

ޓްރަމްޕްގެ އަރިހުގައި ވަޑައިގަތް ވިޔަފާރީ ވެރިންގެ ތެރޭގައި ޗައިނާ އާއެކު ވިޔަފާރީގެ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ކުންފުނި ތަކުގެ އިސްވެރިން ހިމެނެ އެވެ. އެންވީޑިއާ އަކީ ޗައިނާގައި ބާރުގަދަ އެޗް200 ހުނަރުވެރި ސިކުނޑި ޗިޕްސް ވިއްކުމުގެ ހުއްދަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ. 

ޓްރަމްޕް ޗައިނާ އަށް ވަޑައިގެންނެވިއިރު، އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިންމުމަށް ކުރަމުން އައި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ. އީރާން އާއި ޗައިނާ އަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށްވާއިރު، ޓްރަމްޕް ވިދާޅުވީ އީރާން ހަނގުރާމައިގައި ޗައިނާގެ އެއްވެސް އެހީތެރި ކަމެއް ބޭނުން ނުވާ ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާ-ޗައިނާ ގުޅުންއެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޗައިނާގެ ރައީސް ޝީ ޖީންޕިންގް

އިތުރަށް ކިޔާލަން

13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
13 މެއި 2026

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް
12 މެއި 2026

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
12 މެއި 2026

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026
އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު