Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ރޫބިއޯ ޕޯސްޓު ކުރެއްވި ކެމްޕެއިން ސްޓައިލްގެ ވީޑިއޯ އާއެކު، ރިޔާސީ ރޭހަށް އޭނާ ނިކުންނަވާ ކަމުގެ އަޑުތައް ގަދަވެއްޖެ

އެއް މިނެޓުގެ އެ ވީޑިއޯގައި ރޫބިއޯގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ފެނޭ. އަދި އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ މަތިން އުދުހޭ ޖެޓުތަކާއި، އެކި ނަސްލު ތަކުގެ އެމެރިކާ ރައްޔިތުންާއި، ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ފޮޓޯތައް އެ ވީޑިއޯގައި ހިމަނާފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 09:49
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ. | ގެޓީ އިމޭޖަސް

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މި އަޑުތައް ގަދަވެފައި ވަނީ، ރޫބިއޯ އޭނާގެ އެކްސް އެކައުންޓުގައި ޕޯސްޓު ކުރެއްވި ވީޑިއޯއެއްގެ ސަބަބުންނެވެ. އެމެރިކާއާ މެދު އުންމީދީ ތަސައްވުރެއް ހުށަހަޅައިދޭ މި ވީޑިއޯ އަކީ، ރޫބިއޯގެ ރިޔާސީ ކެމްޕެއިން ނުރަސްމީކޮށް ފެށުން ކަމަށް ގިނަ ބަޔަކު އަންނަނީ ސިފަ ކުރަމުންނެވެ. އެ ވީޑިއޯ އަކީ، ކެމްޕެއިން ސްޓައިލެއްގެ ވީޑިއޯ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 

އެއް މިނެޓުގެ އެ ވީޑިއޯގައި ރޫބިއޯގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ފެނެ އެވެ. އަދި އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ މަތިން އުދުހޭ ޖެޓުތަކާއި، އެކި ނަސްލު ތަކުގެ އެމެރިކާ ރައްޔިތުންނާއި، ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ފޮޓޯތައް އެ ވީޑިއޯގައި ހިމަނާފައިވެ އެވެ. 

މި ވީޑިއޯގައި ބޭނުން ކޮށްފައިވާ އޯޑިއޯ އަކީ މިދިޔަ ހަފުތާގައި ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރޫބިއޯ ދެއްކެވި ވާހަކަފުޅެކެވެ. އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރޫބިއޯ ބައިވެރިވެ ވަޑައިގެންފައި ވަނީ، ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިހެއުމުގެ ޗުއްޓީގައި ހުންނެވުމުގެ ސަބަބުންނެވެ. 

ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރޫބިއޯ ވިދާޅުވީ، އެމެރިކާ އަކީ ކޮންމެ ތަނަކުން އައި ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ޙާލަތަށް ބެލުމެއް ނެތި، ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ތަނަކަށް ވުމަކީ އަބަދު ވެސް އޭނާ އުންމީދު ކަމަށެވެ. އެމެރިކާގެ ތާރީޚަކީ ފުރިހަމަ ތާރީޚެއް ނޫން ނަމަވެސް، އެއީ އެހެން ކޮންމެ ޤައުމަކަށް ވުރެ ރަނގަޅު އަދި މެދު ނުކެނޑި އިސްލާޙު ވަމުންދާ ތާރީޚެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ޖީލަކުން ވެސް މަސައްކަތް ކުރަނީ އަންނަން އޮތް ޖީލަށް މިނިވަން، ތަނަވަސް އަދި ރައްކާތެރި ޤައުމެއް ފޮރުކޯށްދިނުމަށް ކަމަށް ވެސް ރޫބިއޯ ވިދާޅުވެފައިވެ އެވެ. 

މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި މިކަަމަށް ބޮޑު ސަމާލު ކަމެއް އަދި ތަރުހީބެއް ލިބެމުންދާއިރު، މަހުޖަނު އީލޮން މަސްކް ވެސް ވަނީ މި ވީޑިއޯ ހިއްސާ ކޮށްފަ އެވެ. ބައެއް އެކްޓަރުންނާއި، ސިޔާސީ ދާއިރާގެ ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، ރޫބިއޯ އަކީ އެމެެރިކާގެ ދެން އޮތް ރިޔާސީ ދައުރުގެ ރައީސް ކަމަށެވެ. ފްލޮރިޑާގެ ކުރީގެ ސެނެޓަރު ރޫބިއޯ ވަނީ، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވަން މަސައްކަތް ކުރައްވާފަ އެވެ. އެފަހަރު އޭނާ އަށް ނާކާމިޔާބާ ކުރިމަތިލައްވަން ޖެހުނު ނަމަވެސް، ފާއިތުވި 10 އަހަރުގެ ތެރޭގައި އޭނާގެ މަޤުބޫލުކަން އިތުރު ވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ. 

މިދިޔަ މާޗު މަހު ބޭއްވި ކޮންޒަވޭޓިވް ޕޮލިޓިކަލް އެކްޝަން ކޮންފަރެންސް (ސީޕީއޭސީ)ގެ ސާވޭ އަކުން ދައްކާ ގޮތުގައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީ އިން ބާއްވާ ރިޔާސީ ޕްރައިމަރީގައި، މިހާރުގެ ނައިބު ރައީސް ޖޭޑީ ވޭންސް އަށް 53 އިންސައްތަ ތާއީދު އެބަ އޮތެވެ. އަދި ރޫބިއޯ އަށް 35 އިންސައްތަ ތާއީދު އެބަ އޮތެވެ. ނަމަވެސް، އީރާން ހަނގުރާމައާ ގުޅިގެން ޓްރަމްޕް އާއި އޭނާގެ ނައިބު ރައީސް ވޭންސްއާ ދެމެދު ޚިޔާލު ތަފާތުވުން ތަކެއް އޮތް ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

ރޫބިއޯގެ މި ވާހަކަ ތަކަށް ބައެއް ފަރާތްތަކުން ވަނީ ފާޑު ކިޔުން ވެސް ކުރިމަތި ކޮށްފަ އެވެ. ކޮންގްރެސްގެ ކުރީގެ މެމްބަރު ޖޯ ވޯލްޝް ވިދާޅުވީ، ރޫބިއޯ އެ ވިދާޅުވާ އުންމީދީ ވާހަކަ ތަކާއި ޓްރަމްޕްގެ ސިޔާސަތުތަކާ ދިމާ ނުވާ ކަމަށެވެ. އަދި ޑިމޮކްރަސީ އަށް މަސައްކަތް ކުރާ ގޭރީ ކަސްޕަރޯވް ވިދާޅުވީ، ރޫބިއޯ އަކީ ފަންނީ ބޭފުޅެއް ނަމަވެސް، ޚިދުމަތް ކުރައްވަނީ އޭނާ އެ ވިދާޅުވާ ހުވަފެން ތަކަށް ހުރަސް އަޅާ ސަރުކާރަކަށް ކަމަށެވެ. މި ހުރިހާ ފާޑު ކިޔުންތަކާ އެކު ވެސް، ރޫބިއޯ ފެންނަނީ ޓްރަމްޕްގެ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރުގެ ގޮތުގަ އެވެ. 

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް އަށް ވާދަ ކުރުމުގެ ފުރުސަތެއް ނޯންނާނެ އެވެ. އެމެރިކާގެ ޤާނޫނު އަސާސީ ބުނާ ގޮތުގައި، ދެ ދައުރަށް ވުރެ ގިނަ ދައުރު އެއްވެސް ބޭފުޅަކަށް ވެރިކަމެއް ނުކުރެވޭނެ އެވެ. މިއީ ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރު ކަމަށްވާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީ އިން ވާދަ ކުރައްވާނީ އައު ކެންޑިޑޭޓެކެވެ.

މަސްދަރު: ދި ގާޑިއަން

އެމެރިކާރިޕަބްލިކަންް ޕާޓީ - އެމެރިކާމާކޯ ރޫބިއޯ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

އެމެރިކާގެ ނައިބު ރައީސް އަށް ޤަތަރުގެ ބޮޑު ވަޒީރު ގޮވާލެއްވީ، އީރާން އާއެކު މަޝްވަރާތައް ފެށުމަށް

09 މެއި 2026
ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

ރަޝިޔާ އާއި ޔޫކްރެއިން އިން ތިން ދުވަހަށް ހަނގުރާމަ މެދު ކަނޑާލަން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

09 މެއި 2026
ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

ޓްރަމްޕް އާއި އެމެރިކާ އޮތީ އީރާން އިން ދޭނެ ޖަވާބެއްގެ އިންތިޒާރުގައި

09 މެއި 2026
ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް

ހަމަލާ ތަކެއް ބަދަލު ކުރި ނަމަވެސް، ޓްރަމްޕް ވިދާޅުވީ މަޝްވަރާތައް ކުރިއަަށްދާ ކަމަށް

08 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަަލައިގައި ފްރާންސްގެ ރައީސް މެކްރޮން އާއި އީރާންގެ ރައީސް ޕެޒެޝްކިއާން މަޝްވަރާ ކުރައްވައިފި

07 މެއި 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު