Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

އެގޮތުން އެއްވެސް ޤައުމަަކަށް ހޮރްމޫޒް ކަނޑު އޮޅި ފަދަ ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރުގެ ސަރަހައްދު ތަކުން ފީ ނެގުމުގެ ފުރުސަތު ނުދެވޭނެ ކަމަށް، ދެ ޤައުމުގެ ބައެއް އޮފިޝަލުން އެއްބަސްވެފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 މެއި 2026 | ބުދަ 06:14
ހޮރްމޫޒް ކަނޑު އޮޅީގައި ދަތުރު ކުރަމުންދާ އުޅަނދު ފަހަރު.

ހޮރްމޫޒް ކަނޑު އޮޅީގައި ދަތުރު ކުރަމުންދާ އުޅަނދު ފަހަރު. | ރޮއިޓާސް

އީރާން އިން ބަންދު ކޮށްފައިވާ ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އިން އެއްބަސްވުމަކަށް އައިސްފައިވާ ކަަމަށް ހާމަ ކޮށްފި އެވެ. 

މިކަން ހާމަ ކޮށްފައި ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިންނެވެ. އެގޮތުން އެއްވެސް ޤައުމަަކަށް ހޮރްމޫޒް ކަނޑު އޮޅި ފަދަ ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރުގެ ސަރަހައްދު ތަކުން ފީ ނެގުމުގެ ފުރުސަތު ނުދެވޭނެ ކަމަށް، ދެ ޤައުމުގެ ބައެއް އޮފިޝަލުން އެއްބަސްވެފައިވާ ކަމަށް ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައިވެ އެވެ. 

މި އެއްބަސްވުމަކަށް ދެ ޤައުމުން ވެސް އައިސްފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވަނިކޮށެވެ. މި ބައްދަލުވުމުގައި އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ކޮންޓްރޯލް ކުރަމުން ގެންދާ މައްސަލައިގައި މަޝްވަރާ ކުރާނެ ކަމަށް ބެލެވެ އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އީރާން އިން ވަނީ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފަ އެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަނީ ބޮޑު ނުތަނަވަސް ކަމެއް ކުރިމަތިވެފަ އެވެ. 

ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައިވާ ގޮތުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކުރި ފޯނު ކޯލުގައި ވަނީ އެ މައްސަލަ އަށް މަޝްވަރާ ކުރައްވައިފަ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ބުނެފައިވާ ގޮތުގައި، ހޮރްމޫޒް ކަނޑު އޮޅި ފަދަ ބައިނަލްއަޤުވާމީ ކަނޑު ދަތުރު ފަތުރުގެ ސަރަހައްދު ތަކުން ދަތުރު ކުރުމަށް އެއްވެސް ޤައުމަކަށް ނުވަތަ ޖަމާއަތަކަށް ފީ ނެގުމުގެ ފުރުސަތު ނުދެވޭނެ ކަަމަށް ދެ ބޭފުޅުން ވެސް ވަނީ އެއްބަސްވެފަ އެވެ. 

ޗައިނާގެ އެމްބަސީ އިން ވެސް އެމެރިކާގެ ބަޔާނާ ދެކޮޅު ހަދާފައި ނުވެ އެވެ. އެމްބަސީގެ ތަރުޖަމާނު ލިއު ޕެންގިޔޫ ބުނެފައިވާ ގޮތުގައި ހޮރްމޫޒް ކަނޑު އޮޅީގެ ދަތުރު އާންމު ޙާލަތަކަށް އަނބުރާ ގެނައުމަށް ހުރިހާ ފަރާތް ތަކަކުން އެކުގައި މަސައްކަތް ކުރުމަކީ އެދެވޭ ގޮތެކެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅިއެމެރިކާ-ޗައިނާ ގުޅުންއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް

އިތުރަށް ކިޔާލަން

13 މެއި 2026

އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް

13 މެއި 2026
އީރާނުގެ މައްސަލައިގައި ޗައިނާގެ އެހީ ބޭނުމެއް ނޫން: ޓްރަމްޕް
12 މެއި 2026

އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި

12 މެއި 2026
އީރާންގެ ހަގީގަތް ހާމަ ކުރުމަށް، އެމެރިކާާ އިން ޕާކިސްތާން އަށް އަންގައިފި
12 މެއި 2026

ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

12 މެއި 2026
ހަމަލާ ދީފި ނަމަ، ވަރުގަދަ ފިލާވަޅެއް ދަސްކޮށްދޭނަން: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
12 މެއި 2026

އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި

12 މެއި 2026
އީރާންއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމުގެ މަޝްވަރާ ކުރުމަށް، ޓްރަމްޕް އެޑްވައިޒަރުންނާ ބައްދަލު ކުރައްވައިފި
11 މެއި 2026

އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން

11 މެއި 2026
އީރާން މައްސަލައިގައި ޓްރަމްޕް ބޭނުން ވަނީ ޗައިނާގެ ރައީސް އަށް ޕްރެޝަރު ކުރިމަތި ކުރުވަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު