Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމުގެ އުންމީދު އައު ވެފައި ވަނިކޮށް، ހޮރްމޫޒް ކަނޑު އޮޅިން ޗައިނާގެ ދެ ޓޭންކަރެއް ހުރަސްކޮށްފި

ޝިޕިން ޑޭޓާ ތަކުން ދައްކާ ގޮތުގައި ގާތް ގަނޑަކަށް ހަތަރު މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ ހިފައިގެން މި ދެ އުޅަނދު ކަނޑު އޮޅި ހުރަސްކޮށްފައި މި ވަނީ، މަސްރަހު ފިނި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ނައިބު ރައީސް ޖޭޑީ ވޭންސް ދެއްކެވި ވާހަކަ ތަކަށް ފަހު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 މެއި 2026 | ބުދަ 06:31
މުސަންދަމްގެ ކައިރިން ހޮރްމޫޒް ކަނޑު އޮޅީގައި ދަތުރު ކުރަމުންދާ އުޅަނދު ފަހަރު.

މުސަންދަމްގެ ކައިރިން ހޮރްމޫޒް ކަނޑު އޮޅީގައި ދަތުރު ކުރަމުންދާ އުޅަނދު ފަހަރު. | ރޮއިޓާސް

އެމެރިކާ އާއި އީރާާންއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުން ތަކަށް ސުލްޙަވެރި ޙައްލެއް ލިބިދާނެ ކަމުގެ އުންމީދު ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ތެޔޮ ބަރު ކޮށްގެން ދަތުރު ކުރި ޗައިނާގެ ދެ ޓޭންކަރެއް ބުދަ ދުވަހު ހޮރްމޫޒް ކަނޑު އޮޅިން ބޭރުވެއްޖެ އެވެ. 

ޝިޕިން ޑޭޓާ ތަކުން ދައްކާ ގޮތުގައި ގާތް ގަނޑަކަށް ހަތަރު މިލިއަން ފީފާގެ ސާފު ނުކުރާ ތެޔޮ ހިފައިގެން މި ދެ އުޅަނދު ކަނޑު އޮޅި ހުރަސްކޮށްފައި މި ވަނީ، މަސްރަހު ފިނި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ނައިބު ރައީސް ޖޭޑީ ވޭންސް ދެއްކެވި ވާހަކަ ތަކަށް ފަހު އެވެ. 

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ، އީރާން އާއެކު ކުރިއަށްދާ ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އަދި ހަމަނުޖެހުންތައް ހުއްޓާލުމަށް އީރާން އިން ހުށަހަޅާފައިވާ އައު ހުށަހެޅުމަކާ ގުޅިގެން، އަލުން ހަމަލާ ދޭން ނިންމާފައި އޮތް އޮތުން މަޑުޖައްސާލާފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާންގެ ވެރިން މިހާރު ތިއްބެވީ އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބޭނުންވެފަ އެވެ. ނަމަވެސް، ވަކި މުއްދަތެއްގެ ތެރޭގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ކުރިއަށް އޮތް ދުވަސް ތަކުގައި އެމެރިކާ އިން ވަރުގަދަ ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވައިފަ އެވެ. 

މި މަޝްވަރާތަކާ ގުޅޭ ގޮތުން އެމެރިކާގެ ނައިބު ރައީސް ވޭންސް ވިދާޅުވީ، މަޝްވަރާ ތަކުގައި އެދެވޭ ކުރިއެރުން ތަކެއް ލިބެމުންދާ ކަމަށާއި، މިހާރު އޮތީ ވަރަށް އުންމީދީ ޙާލަތެއް ކަމަށެވެ. އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާންއާ ދެކޮޅަށް ފެށި މި ހަނގުރާމަ އަށް ތިން މަސް ވާން ކައިރިވާއިރު، ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ސަރުކާރުން ވަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. 

އެމެރިކާގެ ރައީސް ޓްރަމްޕް އަށް މިވަގުތު އެތެރެވަރީގެ ސިޔާސީ ބޮޑު ފިއްތުން ތަކެއް ކުރިމަތި ވެފައި ވަނީ، ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައި ކުރާ މައި މަގު ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅި ބަންދުވުމާ ގުޅިގެންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް މީގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާ ވަރުގެ ބޮޑު ހުރަސް ތަކެއް ކުރިމަތިވެ، އެތައް ސަތޭކަ ޓޭންކަރެއް ވަނީ ގަލްފު ސަަރަހައްދުން ނުނިކުމެވި ތާށިވެފަ އެވެ. މީގެ އިތުރުން ސަރަހައްދުގެ ބައެއް ތެޔޮ ވަސީލަތް ތަަކަށް ވަނީ ގެއްލުން ލިބިފަ އެވެ. 

އެމެރިކާގައި ތެލުގެ އަގު އިންތިހާ އަށް އުފުލިފައިވާއިރު، އަންނަ ނޮވެމްބަރު މަހު އޮންނަ މިޑް ޓާމް އިންތިޚާބު ގާތް ވަމުން އަންނައިރު، ޓްރަމްޕް އަށް އޮތް ތާއީދު ދަށްވަމުން ދިޔުމަކީ އީރާން އާއެކު އަވަސް އެއްބަސްވުމަކަށް އައުމަށް އެމެރިކާ އަށް މަޖުބޫރުވެފައިވާ ސަބަބު ތަކެވެ. މި އުންމީދީ ޚަބަރުތަކާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ކޮންމެ ވެސް ވަރަކަށް ދަށަށް ދާން ފަށައިފަ އެވެ. އެގޮތުން ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 110.16 އެމެރިކާ ޑޮލަރަށް ވެއްޓުނު ނަމަވެސް، ފަހުން ވަނީ އަގު ކުޑަކޮށް މައްޗަށް ޖެހިލައިފަ އެވެ. 

ފުޖިޓޯމީ ސެކިއުރިޓީޒްގެ އެނަލިސްޓް ތޮޝިޓަކާ ތަޒާވާ ވިދާޅުވި ގޮތުގައި، އިންވެސްޓަރުން މިހާރު ބަލަމުން ދަނީ އެމެރިކާ އާއި އީރާންއާ ދެމެދު ހަގީގީ ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެތޯ އެވެ. ނަމަވެސް އެމެރިކާގެ ސިޔާސަތު ކޮންމެ ދުވަހަކު ބަދަލުވަމުން ދާތީ، މަސްރަހު އޮތީ އަދިވެސް ނުތަނަވަސް ކަމެއްގެ ތެރޭގަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހޮރްމޫޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

20 މެއި 2026

އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި

20 މެއި 2026
އީރާން ހަނގުރާމަ ހުއްޓާލުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ގޮވާލައްވައިފި
20 މެއި 2026

އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް

20 މެއި 2026
އީރާންގެ މަޝްވަރާތައް ކާމިޔާބު، އެކަމަކު ހަމަލާ ދޭން މި ތިބީ ތައްޔާރަށް: އެމެރިކާގެ ނައިބު ރައީސް
19 މެއި 2026

އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ

19 މެއި 2026
އީރާން ހަމަލާ ދިނުން ފަސްކޮށްލި ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު ތެލުގެ އަގު ދަށަށް ހިނގައްޖެ
19 މެއި 2026

އީރާާނުގެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަން ހާމަ ކޮށްފި

19 މެއި 2026
އީރާާނުގެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަން ހާމަ ކޮށްފި
19 މެއި 2026

އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް

19 މެއި 2026
އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު