Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި

ހޯކިންސް ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާ ތަކުގައި އީރާންގެ އަސްކަރީ އުފެއްދުންތައް އުފައްދާ މަރުކަޒު ތަކާއި، މިސައިލް އާއި ޑްރޯން ފޮނުވުމުގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައި. އީރާން އަކީ ކުރިން އޮތް ފަދަ ނުރައްކަލެއް ނޫން ކަމަށާއި، ސަރަހައްދީ ބައިވެރިންނާ ގުޅިގެން ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 18 މެއި 2026 | ހޯމަ 14:17
މިއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އެކްސް އެކައުންޓް މެދުވެރިކޮށް އާންމު ކޮށްފައިވާ ފޮޓޯއެއް.

މިއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ އެކްސް އެކައުންޓް މެދުވެރިކޮށް އާންމު ކޮށްފައިވާ ފޮޓޯއެއް. | ސޯޝަލް މީޑިއާ

އެމެރިކާ އިން އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ހާމަ ކޮށްފި އެވެ. 

އަލް އަރަބިއްޔާ ނޫހަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓާން ޓިމް ހޯކިންސް ވިދާޅުވީ، އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަން ތަކަކީ ވަރަށް ކާމިޔާބު އޮޕަރޭޝަން ތަކެއް ކަމަށެވެ. އަދި އީރާންއާ ދެކޮޅަށް ކުރިމަތިލުންތައް ފެށުނުއިރު، ކަނޑައެޅި އަސްކަރީ ލަނޑު ދަނޑިތައް މިހާރު ހާސިލު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހޯކިންސް ވިދާޅުވި ގޮތުގައި، އެމެރިކާގެ ހަމަލާ ތަކުގައި އީރާންގެ އަސްކަރީ އުފެއްދުންތައް އުފައްދާ މަރުކަޒު ތަކާއި، މިސައިލް އާއި ޑްރޯން ފޮނުވުމުގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް ދަށްކޮށްލައިފަ އެވެ. އީރާން އަކީ ކުރިން އޮތް ފަދަ ނުރައްކަލެއް ނޫން ކަމަށާއި، ސަރަހައްދީ ބައިވެރިންނާ ގުޅިގެން ވައިގެ ދިފާއީ ނިޒާމުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

މީގެ އިތުރުން އީރާން އިން އާންމުންނަށް އަމާޒުކޮށް ގަސްދުގައި ހަމަލާ ދޭ ކަމަށާއި، މިސައިލްތައް ފޮނުވަނީ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދު ތަކުން ކަމަށް ވެސް ހޯކިންސް ވަނީ ތުހުމަތު ކުރައްވައިފަ އެވެ. 

ހޮރްމޫޒް ކަނޑު އޮޅީގެ މިނިވަން ކަމަށް ހުރަސް އަޅައި، އެ ސަރަހައްދު ހަތިޔާރެއްގެ ގޮތުގައި އީރާން އިން ބޭނުން ކުރާތީ އެމެރިކާ އިން މިހާރު އަންނަނީ އީރާން ބްލޮކޭޑް، ނުވަތަ ބަންދު ކުރުމުގެ މަސައްކަތް ތަަންފީޒު ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް 80 އަށް ވުރެ ގިނަ އުޅަނދެއްގެ މިސްރާބު ބަދަލު ކޮށްފައިވާ ކަމަށް ހޯކިންސް ވިދާޅުވި އެވެ. އީރާން އަށް އެތެރެ ކުރާ އަދި ބޭރު ކުރާ ހުރިހާ ތަކެއްޗެއް އެމެރިކާގެ އަސްކަރިއްޔާ އިން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާ ކަމަށާއި، ކޮންމެ ވަގުތަކު ކުރިމަތި ވެދާނެ ޙާލަތަކަށް ވެސް އެމެރިކާގެ ފައުޖުތައް އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ދުނިޔޭގެ ތެލުގެ އެކްސްޕޯޓުގެ ފަސްބައި ކުޅަ އެއް ބައި ހުރަސް ކުރާ ކަނޑު އޮޅީގައި މަސްރަހު ގޯސްވުމާ ގުޅިގެން، ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރަށް ވެސް އޭގެ އަސަރު ކޮށްފައިވެ އެވެ. ގިނަ ކުންފުނި ތަކަކުން މިހާރު ދަނީ އެމީހުންގެ ދަތުރު ފަތުރުގެ މަގުތައް މުރާޖައާ ކުރަމުންނެވެ. މި މައްސަލައިގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ، ހޮރްމޫޒް ކަނޑު އޮޅީގެ ހަމަޖެހުމަކީ ޗައިނާގެ މަސްހަލަތާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ، އީރާން އަށް ފިއްތުންތައް ކުރިމަތި ކުރުވުމުގައި ޗައިނާ އިން މިއަށްވުރެ ބޮޑު ދައުރެއް އަދާ ކުރުމަަށް ގޮވާލައްވައިފަ އެވެ. 

ސެންޓްކޮމްގެ ތަރުޖަމާނު އިތުރަށް ހާމަ ކުރެއްވި ގޮތުގައި، އެމެރިކާގެ އޮޕަރޭޝަން ތަކުގެ ސަބަބުން އީރާން އަށް ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތް ތަކަށް ހަތިޔާރު ފޯރުކޮށްދޭ މަގުތައް ވަނީ ބަންދު ކޮށްފަ އެވެ. ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވިޔ ނުދީ، އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނާޒުކު އެއްބަސްވުން ދެމެހެއްޓުމަށް ބައިނަލްއަޤުވާމީ މެދުވެރިން މަސައްކަތް ކުރަމުންދާއިރު، އެމެރިކާ ސަރުކާރުން ބުނަނީ އަދިވެސް ޑިޕްލޮމެޓިގް މަގުން މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތް ކަަމަށެވެ. ނަމަވެސް، އަސްކަރީ ގޮތުން އެމެރިކާ އޮތީ އެންމެ މަތީ ތައްޔާރީ ޙާލަތުގައި ކަމަށް ހާމަކޮށްފައިވެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސެންޓްރަލް ކޮމާންޑްސެންޓްކޮމް

ކޮމެންޓް

އިތުރަށް ކިޔާލަން

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

18 މެއި 2026
ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

18 މެއި 2026
ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ

ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ

18 މެއި 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"

18 މެއި 2026
ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

18 މެއި 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު