Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް އޮންނާނެ: ރަޝިޔާގެ ފޮރިން މިނިސްޓަރު

ރަޝިޔާގެ އިންޓަފެކްސް ނޫސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވާހަކަ ދައްކާ ފަރާތް ތަކުން އެއްބަސްވެ ޤަބޫލު ކުރާ ހައްލު ތަކަށް ރަޝިޔާ އިން ތާއީދު ކުރާނެ ކަމަށް ލަވްރޮވް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މެއި 2026 | އަންގާރަ 01:38
ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް.

ރަޝިޔާގެ ފޮރިން މިނިސްޓަރު ސާގޭ ލަވްރޮވް. | ގެޓީ އިމޭޖަސް

ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް ލިބިގެންވާ ކަމަށް، ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރގޭ ލަވްރޮވް ވިދާޅުވެއްޖެ އެވެ. 

ރަޝިޔާގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، އީރާން އަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އޮވެގެން ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. 

ރަޝިޔާގެ ވެރި ރަށް މޮސްކޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ލަވްރޮވް ވިދާޅުވީ، އީރާން އަކީ ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ އެއްބަސްވުމުގެ މެމްބަރެއް ކަމަށް ވުމުން، ސުލްޙައިގެ ބޭނުމުގައި ޔުރޭނިއަމް މުއްސަނދި ކުރުމުގެ ފުރިހަމަ ހައްގު އެ ޤައުމަށް ލިބިގެންވާ ކަމަށެވެ. 

ލަވްރޮވް އިތުރަށް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގެ މަރުހަލާ އަށް ރަޝިޔާ އިން ނުވަންނާނެ ކަމަށެވެ. ރަޝިޔާގެ އިންޓަފެކްސް ނޫސް އެޖެންސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ވާހަކަ ދައްކާ ފަރާތް ތަކުން އެއްބަސްވެ ޤަބޫލު ކުރާ ހައްލު ތަކަށް ރަޝިޔާ އިން ތާއީދު ކުރާނެ ކަމަށް ލަވްރޮވް ވިދާޅުވެފައިވެ އެވެ. 

މި މައްސަލައިގައި ވާހަކަ ދައްކާ ފަރާތް ތަކަކީ އެމެރިކާ އާއި، އިސްލާމިކް ރިޕަބްލިކް އޮފް އީރާން ކަމަަށް ލަވްރޮވް ފާހަގަ ކުރެއްވި އެވެ. ދެ ޤައުމުގެ ދެ މެދުގައި ޙައްލު ހޯދައި، ސުލްޙަ ޤާއިމު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ރަޝިޔާ އިން ފުރިހަމަ އަށް ތާއީދު ކުރާނެ ކަމަށް ވެސް ލަވްރޮވް ވަނީ ވިދާޅުވެފަ އެވެ. 

ރަޝިޔާގެ ފޮރިން މިނިސްޓަރު ލަވްރޮވް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރުން އީރާން އަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުން އަންނަ ވަގުތެއްގަ އެވެ. އެގޮތުން އެމެރިކާ އާއި ހުޅަނގުގެ ގިނަ ޤައުމު ތަކަކުން ބުނަނީ، އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. ނަމަވެސް، އީރާން އިން އެކަމަށް އިންކާރު ކުރާތީ އީރާން އާއި އެމެރިކާއާ ދެމެދު ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. 

ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމުގެ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ބައިވެރިވާ ޤައުމު ތަކަށް ސުލްޙަައިގެ ބޭނުމުގައި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ހައްގު ލިބިގެންވެ އެވެ. ރަޝިޔާ އިން އަންނަނީ އަބަދު ވެސް އެ ހައްގު ތަކަށް ވަކާލާތު ކުރަމުންނެވެ. އަނެއްކޮޅުން ރަޝިޔާ އަކީ އަބަދު ވެސް އީރާން އާއެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. 

ބައިނަލްއަޤުވާމީ މުޖުތަމައުގައި އީރާންގެ ނިއުކްލިއާ ޕްރޮގްރާާ ގުޅިގެން ދިގު މުއްދަތަކަށް ކަންބޮޑުވުންތައް ފާޅު ކުރަމުންދާއިރު، އީރާން އިން ބުނަނީ އެ ޤައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްޙައިގެ ބޭނުމުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. ރަޝިޔާގެ ފޮރިން މިނިސްޓަރުގެ ވާހަކަ ތަކުން އިނގެނީ، މި މައްސަލައިގައި ރަޝިޔާ އިން އީރާން އަށް ތާއީދު ކުރާ ކަމެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލެވްރޯވްރަޝިއާ-އީރާން

އިތުރަށް ކިޔާލަން

18 މެއި 2026

އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި

18 މެއި 2026
އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން  ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި
18 މެއި 2026

އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި

18 މެއި 2026
އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި
18 މެއި 2026

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

18 މެއި 2026
ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން
18 މެއި 2026

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

18 މެއި 2026
ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި
18 މެއި 2026

ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ

18 މެއި 2026
ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު