Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާާނުގެ ހުށަހެޅުމުގައި ހިމަނާފައިވާ ކަންކަން ހާމަ ކޮށްފި

މި ހުށަހެޅުމާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން އީރާންގެ ސަރުކާރުން ބުނެފައި ވަނީ، މިއީ ދެ ޤައުމުގެ ދެ މެދުގައި އުފެދިފައިވާ މައްސަލަ ތަކަަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 މެއި 2026 | އަންގާރަ 08:07
އީރާންގެ ފޮރިން މިނިސްޓަރުގެ ނައިބު.

އީރާންގެ ފޮރިން މިނިސްޓަރުގެ ނައިބު. | ރޮއިޓާސް

އެމެރިކާގެ ހުށަހެޅުމަށް ޖަވާބުދީ، އީރާން އިން ހުށަހަޅާފައިވާ ކަންކަން ހާމަ ކޮށްފި އެވެ. 

އެކަން ހާމަ ކޮށްފައި ވަނީ އީރާންގެ ފޮރިން މިނިސްޓަރުގެ ނައިބު އެވެ. އީރާންގެ ރަސްމީ ނިއުސް އެޖެންސީ ކަމަށްވާ، އިރްނާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މި ހުށަހެޅުމަކީ ދެ ޤައުމުގެ ދެ މެދުގައި އޮތް ނުތަނަވަސްކަން ކުޑަ ކުރުމަށް އީރާން އިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުން ތަކެކެވެ. 

އީރާންގެ ފޮރިން މިނިސްޓްރީގެ ނައިބު މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އީރާނުން އެމެރިކާ އަށް ފޮނުވި މި ހުށަހެޅުމުގައި މައިގަނޑު ތިން ކަމަކަށް ވަނީ ބާރު އަޅައިފަ އެވެ. އޭގެ ތެރޭގައި އީރާންއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އެކި ޤައުމު ތަކުގައި ފްރީޒް ކޮށްފައިވާ ނުވަތަ ހިފަހައްޓާފައިވާ އީރާާންގެ ފައިސާ މިނިވަން ކުރުމުގެ އިތުރުން، އެ ޤައުމާ ދެކޮޅަށް ހިންގަމުންދާ ބްލޮކޭޑް ނުވަތަ ހުރަސްތައް ނައްތާލުން ހިމެނެ އެވެ. 

މި ހުށަހެޅުމާ ގުޅޭ ގޮތުން އިތުރު ތަފްސީލު ދެއްވަމުން އީރާންގެ ސަރުކާރުން ބުނެފައި ވަނީ، މިއީ ދެ ޤައުމުގެ ދެ މެދުގައި އުފެދިފައިވާ މައްސަލަ ތަކަަށް ސުލްޙަވެރި ޙައްލެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ވަކިން ޚާއްސަކޮށް، ބޭރުގެ ބޭންކު ތަކުގައި ހުރި އީރާންގެ ފައިސާ ދޫކޮށްލުމަކީ، އެ ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް މިވަގުތު ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އީރާން އިން ދެކެ އެވެ. 

އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅަން ފަށާފައި ވަނީ، 2015 ވަނަ އަހަރު ޤާއިމު ކުރި ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ހިސާބުންނެވެ. އޭގެ ފަހުން އީރާންގެ ތެލުގެ ވިޔަފާރި އަށާއި، ބޭންކިން ނިޒާމަށް އަމާޒުކޮށް ގިނަ ފިޔަވަޅު ތަކެއް ވަނީ އަޅައިފަ އެވެ. މީގެ ސަބަބުން އީރާންގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެ، ބައިނަލްއަޤުވާމީ ބާޒާރުގައި މުއާމަލާތް ކުރުމަށް ވަނީ ހުރަސް ތަކެއް ކުރިމަތިވެފަ އެވެ. 

އީރާން އިން މިފަދަ ހުށަހެޅުމެއް އެމެރިކާ އަށް ހުށަހަޅާފައި މި ވަނީ، ދެ ޤައުމުގެ ދެ މެދުގައި ނުސީދާކޮށް މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް، މި ހުށަހެޅުމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ނުވަތަ ސްޓޭޓް ޑިޕާޓްމަންޓް އިން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. 

މި މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުން އުންމީދު ކުރަމުން ދަނީ، މި ހުށަހެޅުމުގެ ސަބަބުން މެދު އިރުމަތީގެ މަސްރަހަށް ހަމަޖެހުމެއް އައިސް، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ވެގެން ދިއުމަށެވެ. އީރާން އިން ބުނަމުން ދަނީ އެ ގައުމުގެ ހުށަހެޅުމަކީ އިންސާފުވެރި އަދި އަމަލީ ގޮތުން ތަންފީޒު ކުރެވޭނެ ކަންތައް ތަކެއްގެ މައްޗަށް ބިނާވެފައިވާ ހުށަހެޅުމެއް ކަމަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ

އިތުރަށް ކިޔާލަން

19 މެއި 2026

އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް

19 މެއި 2026
އީރާން އާއެކު ނިއުކްލިއާ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ވަރަށް ބޮޑު: ޓްރަމްޕް
19 މެއި 2026

އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދޭން ނިންމިން، މަޑު ޖައްސާލީ ގަލްފުގެ ވެރިން އެދިގެން: ޓްރަމްޕް

19 މެއި 2026
އަންގާރަ ދުވަހު އީރާން އަށް ހަމަލާ ދޭން ނިންމިން، މަޑު ޖައްސާލީ ގަލްފުގެ ވެރިން އެދިގެން: ޓްރަމްޕް
19 މެއި 2026

ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް އޮންނާނެ: ރަޝިޔާގެ ފޮރިން މިނިސްޓަރު

19 މެއި 2026
ސުލްޙައިގެ ބޭނުން ތަކަށް ޔުރޭނިއަމް މުއްސަނދި ކުރުމުގެ ހައްގު އީރާން އަށް އޮންނާނެ: ރަޝިޔާގެ ފޮރިން މިނިސްޓަރު
18 މެއި 2026

އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި

18 މެއި 2026
އެމެރިކާގެ އަސްކަރީ ހަތިޔާރު ހިފައިގެން  ދަތުރު ކުރި ބޯޓެއް އިޒްރޭލް އަށް ޖައްސައިފި
18 މެއި 2026

އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި

18 މެއި 2026
އީރާންގެ އަސްކަރީ ޤާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް އެމެރިކާގެ ސެންޓްކޮމް އިން ބުނެފި
18 މެއި 2026

ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން

18 މެއި 2026
ހިސޯރު ހުއްޓާނުލައިފި ނަނަ، އޮމާން ކަނޑަކީ އެމެރިކާ އަށް ސަހަރާ އަކަށް ވާނެ: އީރާން
18 މެއި 2026

ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި

18 މެއި 2026
ޕާކިސްތާން މެދުވެރިކޮށް، އީރާންގެ ހުށަހެޅުން އެމެރިކާއާ ހިއްސާ ކޮށްފި
18 މެއި 2026

ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ

18 މެއި 2026
ދެ ދުވަހުގެ ތެރޭގައި އެމެރިކާ އިން ހަނގުރާމަ ފަށައިފާނެ: ޕްރޮފެސަރު މުޙައްމަދު އަލްމަސްރީ
18 މެއި 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"

18 މެއި 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް އީރާން އަށް، "ސުލްޙަ ނުވެއްޖެ ނަމަ އެކައްޗެއް ވެސް ނުބަހައްޓާނަން!"
18 މެއި 2026

ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި

18 މެއި 2026
ޗައިނާ އާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް، ޚާއްސަ މަންދޫބަކަށް ޣަލިބާފް ހަމަޖައްސަަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު